7/15/2007

18 އަހަރާއި 21 އަހަރާ ދެމެދުގެ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ލިބުނު ދަތި ގޮތުގެ މައްޗަށް ބަލައިލުމެއް.


ފޮޓޯ: ހަވީރު

ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ކަނޑައެޅުމަށް ރައްޔިތުންގެ މެދުގައި އާއްމު ވޯޓު ނެގުމަށް 2006 ވަނަ އަހަރުގެ ޖޫން މަހުގެ 18ވަނަ ދުވަހު ފާސްކޮށް ހާއްސަ މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގެ ދަށުން އެ ވޯޓު ނެގުމަށް ހަމަ އެދުވަހު އިދާރި ކޮމިޓީން ލަފާ ދީފައި ވެއެވެ. މިކަމާ ގުޅިގެން ބަހުސް ކުރިޔަށް ދިޔައިރު މަޖިލިސްގައި ހިޔާލު ތަފާތުވީ މައިގަނޑުމައްސަލައަކީ ވޯޓުލާ މީހުންގެ އުމުރެވެ.

މަޖުލިސްގައި، އެމް ޑީ ޕީއަށް ނިސްބަތްވާ މެމްބަރުން ގެތެރެއިން ސ. މެމްބަރު ހުސްނުއް ސުއޫދު ހުށަހެޅުއްވީ 18 އަހަރުން މަތީގެ އެންމެންނަށް ވޯޓު ލެވޭގޮތަށް ހަމަޖެއްސުމަށެވެ. އިދިކޮޅު އެން ބޮޑު ޕާޓީގެ ހުރިހައި މެންބަރުންވެސް މިގޮތަށް ތާއީދު ކުރެއްވިއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ޕާޓީން މިކަމާ ފާޅުގައި ދެކޮޅު ހަދަމުން ދިޔައެވެ.

މި މައްސަލައިގައި މަޖިލީހުގެ ކުރީގެ ރައީސް އައްބާސް އިބްރާހިމް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ އާއްމު ސިއްރު ވޯޓު ނެގޭނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލް ޖުމުހޫރިއްޔާ ބޭނުންފުޅު ވެގެން ނަގާ ވޯޓެއްގެ ގޮތުގައި ކަމަށެވެ. އެނޫން ގޮތަކަށް އެ ވޯޓު ނެގުމަކީ ގާނޫނީ ބިނާއެއް ނެތް ކަމެއް ކަމަށް ރިޔާސަތުން ވިދާޅުވެފައި ވެއެވެ. އަދި ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ވޯޓުގައި 18 އަހަރުން މަތީގެ މީހުން ބައިވެރި ނުކުރެވޭނެ ކަމަށާއި އެފަދަ ހުށައެޅުމަކަށް ވޯޓަށްވެސް ނުއެއްސެވޭނެ ކަމަށް ވިދާޅުވިއެވެ.

ހާއްސަ މަޖިލީހުގެ ޖެހިގެން އައި ޖަލްސާތަކުގައި ޑީ އާރު ޕީއަށް ނިސްބަތްވާ މެމްބަރުން ތާއީދު ކުރެއްވީ ރިޔާސަތާ އެއްގޮތަށެވެ. މީގެ އިތުރުން މިހުށަހެޅުމަކީ ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ހުށައެޅިފައިވާ ހުށައެޅުމެއް ބަޔާންކުރެއްވިއެވެ. މި މައްސަލައާ ގުޅިގެން ހާއްސަ މަޖިލިސް އެތައް ދުވަހަކަށް "ޑެޑްލޮކް" ގައި އޮތެވެ.

އެންމެ ފަހުން 25 މާރޗް 2007 ގައި ވެރިކަމުގެ ނިޒަމު ކަނޑައަޅާ ވޯޓުގައި 18 އަހަރުން މަތީގެ މީހުން ބައިވެރި ކުރުމަށް ހަމަޖެއްސުމުގެ މައްސަލަ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވޯޓަށް އެހުމަށް ހަމަޖެހިއްޖެ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު މިކަން ދިޔައީ ފަނުފުލުންނެވެ. ވަޒީރުންނާއި ރައީސުލް ޖުމުހޫރިއްޔާގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ހާޒިރު ނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކުރިއެވެ.

މި އުމުރުގެ އެންމެން މިވޯޓުގައި ބައިވެރި ވުމުގެ ހައްގު ހޯދައިދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެތަކެއް މަސައްކަތް ތަކެއް ކެނޑިނޭޅީ ކުރަމުންގެންދިޔައެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނަގާ ވޯޓުގައި 18 އަހަރުން މަތީގެ މީހުން ބައިކުރަން ފެނޭތޯ ބެލުމަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ވޯޓަށް ނާއްސަވާތީ މަޖިލީހުގައި އެމް. ޑީ. ޕީ އަށް ނިސްބަތް ވާ މެމްބަރުންނާއި އާއްމުން ވަނީ މަޖިލީހުގެ އެތެރެއާއި ބޭރުގައި ދެ ދުވަހު މުޒާހަރާ ކޮށްފައެވެ. އަދި 18 އަހަރުން މަތީގެ މީހުން ވޯޓުގައި ބައިވެރި ކުރުމަށް ގޮވާލާ ގައުމީ މުޒާހަރާއެއް 20 އެޕްރީލް 2007 ގައި މާލެއާއި ބައެއް ރަށްރަށުގައި ވަނީ އެމް ޑީ ޕީން ބައްވާފައެވެ.

މި މައްސަލައިގައި މަޖިލިސްގެ ރިޔާސަތުން އަމަލުކުރެއްވީ އިންސާފުން ނޫންކަމަށް މެންބަރުން ވިދާޅުވެ އެންމެ ފަހުން އޭރުގެ މަޖިލިސްގެ ރައީސް އިތުބާރު ނެތް ކަމުގެ ވޯޓަކަށް މަޖުލީހުގައި އެހުނެވެ. މިއީ އައްބާސް އިބްރާހިމް ގެ މައްޗަށް އިތުބާރު ނެއްކަމަށް ހުށަހެޅުނު ދެވެނަ ފަހަރެވެ. ވަރަށް ކުޑަ ފުރުސަތަކުން އައްބާސް ސަލާމަތްވެ ވަޑައިގެން ނަމަވެސް އޭގެ ހަފްތާއެއް ހާދުވަސް ފަހުން އޭޕްރީލް 29 ގައި އިސްތިއުފާ ހުށަހެޅުއްވިއެވެ. ދެން މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ ފިނޭންސް މިނިސްޓަރ ގާސިމް އިބްރާހިމް އެވެ.

ގާސިމްގެ ރިޔާސަތުގައި އަނެއްކާ މި މައްސަލަ ހުށަހެޅި 13 މެއި 2007 ފެންނަނުފެންނަ ވޯޓުގައި 18 އަހަރުން މަތީގެ އެންމެންނަށް ވޯޓުލެވޭ ގޮތަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްވީ މަޖިލީހުގައި ކަމެއް ފާސްވާނެ އެންމެ ދަށް އަގުލަބިއްޔަތުންނެވެ. އެދުވަހު 85 މެނަބްރުން މަޖިލީހަށް ހާޒިރުވެލެއެވި އިރު މިކަމަށް ތާއިދު ކުރެއްވީ 57 މެމްބަރުންނެވެ. 16 މެމްބަރަކު އެއްވެސް ކޮޅަކަށް ވޯޓޫ ނުދެއްވާ ތިއްބެވިއެވެ. އަދި 12 މެމްބަރަކު ވޯޓުގައި ބައިވެރިވެ ވަޑައި ނުގަންނަވައެވެ.
ދިވެހި ރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 3 މެންބަރެކެވެ. މިކަމުގައި ށ. އަތޮޅުގެ ހާއްސަ މަޖިލީހުގެ މެމްބަރ މޫސާ ރަމީޒް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ޙުސައިން ތާއީދުގެ ވޯޓު ދެއްވާފައެއް ނުވެއެވެ. ހާއްސަ މަޖިލީހުގެ މެމްބަރު ލުބުނާ ޒާހިރު އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ވަހީދު (އެފް ޑަބްލިއު) އެދުވަހ ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.

މިހާގިނަ ދަތިކުރުންތަކާ އެކުވެސް މިކަން މިވަނީ ފާސްވެ ކާމިޔާބު ވެފައެވެ. މިހާރު މިއޮތީ ވޯޓު ބޯމަތިވެފައެވެ. ދެ ޕާޓީން ވެސް އެބަޔަކު ތާއިދު ކުރާ ކޮޅަކަށް ކެމްޕެއިން ކުރަމުން ދަނީއެވެ. ކޮންމެއަކަސް އަލަށް ވޯޓު ލުމުގެ ހައްގު މިލިބުނު ކުދިންނާ ހަމައަށް މިހާރު ޕާޓީތަކުން މިހިރަދަނީ ހިނގަމުންނެވެ. އެކުދިންގެ އަތް ވޯޓުކަރުދާސްކޮޅާ ހަމައަށް ފޯރުވައި ދިނުމުގައި މިކުރި ހުރިހައި މަސައްކަތެއް ކޮށްފާ މިހުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އެޕާޓީއަށް ތާއިދު ކުރި އެކިއެކި މީސްމީހުންނެވެ. ޑީ އާރު ޕީން ހެދީ ފާޅުގައި ދެކޮޅެވެ. އެކަމަކު މިއަދު މި ޒުވާން ކުދިންގެ، އާދެ! 18 އަހަރާ 21 އަހަރާ ދެމެދުގެ ޒުވާނުންގެ ފަހަތުން ޑީ އާރު ޕީ ދުވާނެއެވެ.

1 Comment:

Anonymous said...

rangalhu,mihaaruves duvan fashifi.kuraaneeky adives gina meehun'nah barulamaanee akee ,nuvata riyaasee ,verikamakee kobai kameh neygey!adi mifada bodu kameh rahyitun lahvaa ninman ulheyiru meediyaa takun mauloomaatu deyvaru madukan faahaga kurevey,veemaa ti site meduverikoh irurah (haasakoh sh.atollge )meehun gamaarukan filuvaalan masahkai kurun varah rangalhuvaane.sarukaarunves mi atoll kureege gotah gamaarukan matee beyvey toa varah masahkai kuraane,ekbakureyme.