ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހިމެނޭ އައްޔަންކުރެވިފައިވާ 29 މެމްބަރުން އުނިކުރުމުގެ މައްސަލަ އެކިފަހަރު މަތިން މަސައްކަތް ކޮށްގެން މަޖިލިސްގެ ތަޅުމަށް ވަނީ ދާދި ފަހުން ގެނެވިފައެވެ. ނަމަވެސް އެދުވަހު، މައްސަލަ ހުށަހެޅުއްވި މެމްބަރު އަދުނާން ހަލީމް އެވަގުތު މަޖިލިސްގައި ހާޒިވެ އިންނަވާފައި ނުވާތީ ވަނީ އެމައްސަލަ އެޖެންޑާއިން އުނިކޮށްފައެވެ. ގިނަ މެމްބަރުން ދެކެވަޑައިގްނަނަވާ ގޮތުގައި މިއީ މަޖިލިސްގެ ރައީސަށް ގަވައިދުން ކުރެއްވާނެ ކަމެއް ނޫނެވެ.
މިމައްސަލައިގައި ށ. އަތޮޅުގެ މެމްބަރު ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވީ 29 މެމްބަރުން އުނިކުރުމުގެ މައްސަލަ އޭޖެންޑާ ނުކުރައްވާ ވާނެގޮތެއް ނޯންނާނެ ކަމަށެވެ.
އެއި އޮއްބާލެވޭނެ މައްސަލައެއް ނޫން. މަޖިލީހުގެ ރައީސަށް މެ މައްސަލަ އެދުވަހުގެ ޖަލްސާއިން ނެންގެވިދާނެ. އެއީ ގަވައިދާ ޚިލާފު ކަމެއް ނޫން. ނަމަވެސް މެމްބަރުން ފޮނުއްވާ މައްސަލަތައް ގަވައިދަށް ފެތެންޏާ އޭޖެންޑާ ކުރެވެން ޖެހޭނެ.
މަޖިލިސް އަޑުއަހާ ބައެއް ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ށ. އަތޮޅުގެ މެމްބަރުން މަޖިލިސްގައި އަޑު އުފުއްލަވަނީ ވަރަށް މަދު ފަހަރަކުއެވެ. ނަމަވެސް ތިޔަ އިއްޒަތްތެރި މެމްބަރުންނަކީ އަޅުގަނޑުމެން ރައްޔިތުންގެ ހައްގުގައި މަޖިލިސްގައި ވާހަކަދެއްކުމަށް، އަދި ރައްޔިތުންގެ ހިޔާލާއި ޝުއޫރު މަޖިލީހަށް ހުށަހެޅުއްވުމަށް އަޅުގަނޑުމެން ހޮވާފައިވާ މެމްބަރުންނެވެ. ވީމާ، ރައްޔިތުނންގެ އަޑު މަޖިލީހަށް ހުށަހަޅައި ދިނުމަށް މެންބަރުންގެ ފުށުން އެދެމެވެ.
7/18/2007
29 މެމްބަރުން އުނިކުރުމުގެ މައްސަލަ އޭޖެންޑާ ނުކުރައްވާ ވާނެގޮތެއް ނޯންނާނެ- ލުބުނާ
Labels: ޚަބަރު
0 Comments:
Post a Comment