ޅައިމަގު ޒުވާނުންގެ ޖަމްއިއްޔާ، [އެކުވެރިންގެ ރޫހުގެ] ފަރާތުން ފާއިތުވި އަހަރު އިމާރާތް ކުރަން ފަށައިފައިވާ ސައިބަރ ކެފޭ އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ. މި މަސައްކަތުގައި ޖަމްއިއްޔާގެ މެމްބަރުންނާއި ޖަމްއިއްޔާއަށް ހެޔޮއެދިލައްވާ އެކިއެކި ފަރާތްތަކުން ބައިވެރިވެ، ވަރަށް ފޯރިޔާ އެކު މަސައްކަތް ކޮށްފައި ވެއެވެ.
އެކުވެރިންގެ ރޫހަށް ދިމާވި އެކިއެކި ދަތިތަކާހުރެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށް ފަހު އަލުން އާ ރޫހަކާއެކު މި މަސައްކަތް މިފެށުނީ އަންނަ ރަމަޟާން މަހުގެ ކުރިން ހުރިހައި މަސައްކަތެއް މުޅިން ނިއްމާލުމުގެ އުއްމީދުގައެވެ. އެކުވެރިންގެ ރުހުން މައުލޫމާތު ދިން ގޮތުގައި އެތަނުގެ ޚިދުމަތް އަންނަ ރަމަޟާން މަހުގެ ކުރިން ދޭން ފެށޭނެއެވެ.
މިއަދުގެ މަސައްކަތާ ހަމަޔަށް މި އިމާރާތުގެ ގާތްގަނޑަކަށް %50 މަސައްކަތް މިހާރުވަނި ނިމިފައެވެ. ތަނުގެ ދޮރުތައް ބެހެއްޓި ވަރަށް ބޮޑުބައެއް ވަނީ ރާނާ ނިމިފައެވެ.
0 Comments:
Post a Comment