7/08/2007

ކޮމަންޑޫ - އުދައިގެ ސަބަބުން ބޮޑެތި ގެލުންވި


ށ. އަތޮޅު ކޮމަންޑުއަކީ އާބަދީގައި 1630 މީހުން އުޅޭ މާރަށެކެވެ. މިރަށުގެ ބޮޑުމިނަކީ 96000 އަކަމީޓަރެވެ. ތަރައްގީގެ މަގުގައި އަމިއްލަ ފުދުންތެރިކަމާއި، ސަރުކާރުގެ އެހީގައި ކުރިއެރުންތަކެއް ހޯދަމުންދާ ކޮމަންޑޫގެ ތަރައްގީގެ މިހާރުގެ އެންމެ ބޮޑު ހަތުރަކީ އެކިދުވަސްވަރު ރަށަށް އަރަމުންދާ އުދައެވެ. މިއުދައިގެ ސަބަބުން އެތައް ބަޔަކަށްވަނީ އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

ދާދި ފަހުން މުޅި ރާއްޖެއަށް ދިމާވި އުދައިގެ ނުރައްކާތެރި ހަމަލާގައި ކޮމަންޑޫގެ ބޮޑުހިލަތޮށި ރޫޅާލިއެވެ. އެއީ ސުނާމީގައި މުޅިބަނދަރު ހަލާކުވެ ދިޔުމުން އަލުން ބިނާކުރި ތޮއްޓެވެ. ބާރުގަދަ އުދަޔާއި ބިޔަ ރާޅުން މާދަމާވެސް ސަލާމަތް ވާނެ ކަމުގެ އެއްވެސް އުއްމީދެއް ކޮމަންޑޫއަކު ނެތެވެ.

މީގެ އިތުރުން ކޮމަންޑުއަކީ މީގެ އަހަރުތަކެއް ކުރިން ބިން ފުރިފައިވާ ރަށެކެވެ. މޫދުން ގޯތި ދޫކޮށްގެން އަމިއްލަ އަށް ގޯތި ހިއްކައިގެން ވެސް ގެދޮރު އަޅާފައި އެބަ ހުއްޓެވެ. މިހާރު އެރަށުގެ ރައްޔިތުން ސަރުކާރާ ވާހަކަދައްކައިގެން މި މައްސަލަތަކަށް ހައްލެއް ހޯދިދާނެ ގޮތް ތަކާމެދު މަޝްވަރާ ކުރަމުން އެބަ ދެއެވެ. އެރަށުގެ ބައެއް މީހުންގެ ޚިޔާލަކީ ބިން ހިއްކާ، ޖެހިގެން އޮތް ފަޅުރަށާ ގުޅާލުމެވެ. އަނެއް ބައެއްގެ ޚިޔާލު ހުރީ ބިން ބޮޑު ރަށަކަށް ބަދަލުވުމަށެވެ.

0 Comments: