
ލިޔުން: މިއަދު ނޫސް
ޒުވާނުންގެ އުމުރާމެދު މިވަނީ ސުވާލު އުފެދިފައެވެ. ޒުވާނުންނަކީ 18 އަހަރުން ދަށޭވެސް ބުނެވެއެވެ. 21 އަހަރުން ދަށޭވެސް ބުނެވެއެވެ. 18 އަހަރުން ދަށުގެ ޒުވާނުންނަށް ވޯޓެއް ނުލެވެއެވެ. ސިޔާސީ ޕާޓީތަކުގައި ވާދައެއް ނުކުރެވެއެވެ. ނަމަވެސް ވަރަށް އަވަހަށް 18 އަހަރާއި 21 އަހަރާ ދެމެދުގެ އާބާދީގައި ހިއްސާކުރާ ގާތްގަނޑަކަށް 20 ހާސް ޒުވާނުންނަށް މިދެހައްޤު ލިބޭނެއެވެ. އެކަމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މި ޒުވާނުންނަށް މިހައްޤު ހޯދުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެމް. ޑީ. ޕީން ނެވެ. އެމް. ޑީ. ޕީން ވަރަށް އަވަހަށް މި އުމުރުފުރައުގެ ޒުވާނުންނަށް ޕާޓީތަކުގައި ބައިވެރި ވެވޭނެ ކަމަށެވެ. 18 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނަށް ސިޔާސީ ޕާޓީތަކުގައި ބައިވެރިވެވޭ ގޮތަށް ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނުން ބިލެއް ފާސްކުރާނެ ކަމަށް ހާމަކުރިއެވެ. އެޕާޓީން މިހާރު ޓާގެޓް ކޮށްފައިވަނީ މިކަން ހަމަޖެހޭއިރަށް އެ ޕާޓީއަށް ވަންނާނެ ކަމަށް ބުނާ އެއުމުރުފުރައިގެ ޒުވާނުން ލައްވާ އިޤްރާރު ފޯމެއްގައި ސޮއި ކުރުވުމަށެވެ. މިކަމާބެހޭގޮތުން ޒުވާނުންގެ ގޮފި އެންމެ ބޮޑަށް ހިންގާ ޑީ. އާރު.ޕީން ބުނަނީ 25 އަހަރާއި 30 އަހަރާ ދެމެދުގެ ވެސް ސިޔާސީ ފިކުރު ވަރަށް ކުޑަ ކަމަށެވެ. ޕާޓީތައް މިގޮތަށް ވިސްނާއިރު ސުވާލަކީ ޒުވާނުންގެ ވިސްނުން ހުރީ ކޮން ގޮތަކަށް ބާއެވެ؟
0 Comments:
Post a Comment