7/19/2007

ށ. ފޯކައިދޫގައި ފެތުރިފައިވާ ހުމުގެ ރޯގާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެމް. ޑީ. ޕީން ކުރި މަސައްކަތް

ލިޔުނީ: ޢައިޝަތު ޝެރިން، 18 ޖުލައި 2007
ލިޔުން ނެގީ: ދިވެހި އޮބްޒާވަރ

ށ.ފޯކައިދޫގައި 6މަސްދުވަހުގެ ދިގު މުއްދަތަކަށް ދިގުދެމި ކޮންޓްރޯލް ނުކުރެވޭވަރަށް ފެތުރިފައިވާ ހުމުގެ ރޯގާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެމް.ޑީ.ޕީއިން މަސައްކަތް ކޮށްފިއެވެ. މި މަސައްކަތުގައި އެމް.ޑީ.ޕީގެ ރައީސްގެ ފަރާތުމް މަންދޫބެއް ކަނޑައަޅުއްވާ ނޫސްވެރިންގެ ޓީމަކާއެކު ށ.ފޯކައިދޫއަށް ދަތުރު ކޮށްފައިވެއެވެ. މި ދަތުރުގައި މި ޓީމް ރަށުގައި ހުންނެވި ކަތީބް މުޙައްމަދު ރަޝީދު އަދި ހެލްތް ސެންޓަރުގައި ހުންނެވި ޑރ. ބާލަޗަންދްރަން، ސްކޫލްގެ ސުޕަވައިޒަރ ޢަލީ ޒުހޫރުގެ އިތުރުން ރަށުގެ ޢާއްމު ރައްޔިތުންގެތެރއިން ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ބައްދަލުކޮށްފައިވެއެވެ. މި ހުމަކީ ކޮންކަހަލަ ހުމެއްތޯ ސުވާލުކުރުމުން ޑރ.ބާލަޗަންދްރަން ބުނުއްވާފައިވަނީ މިހުމުގެ ރޯގާގައި ގެނެވެނީ ޗިކުން ގުންޔާ އަދި ޑެންގޫ ހުމުގެ ބަލިމީހުން ކަމަށެވެ.

މި ރޯގާ ކޮންޓްރޯލް ނުކުރެވޭވަރުވެގެން ގޮސްފައިވާތާ 2މަސްދުވަސް ވީއިރުވެސް މިކަމަސް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ އެއްވެސް އަޅާލުމެއް ލިބިފައިނުވެއެވެ. މިކަމާ ރައްޔިތުން ކަންބޮޑުވް ހަދާނެގޮތް ހުސްވާ ހިސާބަށް ދިޔުމުން ރައްޔިތުންގެ ތެރެއިން މީހަކު މިކަން އެކިއެކި ފަރާތްތަކަށް ރިޕޯޓުކޮށް ނޫސްތަކުން މި މަޢުލޫމާތު ހާމަކުރުމުން 14ޖުލައި 2007ވަނަދުވަހު އަތޮޅުވެރިޔާ މިކަމުގައި އެހީތެރިވުމަށް ފޮނުވި ޓީމުގައި އެއްވެސް ޑޮކްޓަރެއް ހިމެނިފައިނުވާކަން ފާހަގަ ކުރެވެއެވެ. މި ޓީމު ފޯކައިދޫއަށް ފޮނުވުމުގެ ކުރިން ރަށު ޞިއްޙީ މަރުކަޒު ހުޅުވާފައި ހުންނަނީ ހަމައެކަނި ސަރުކާރުގެ ރަސްމީ ގަޑި ހެނދުނު 0730ން މެންދުރު 230އަށެވެ. އަދި ރޭގަނޑު 0800ން 1000އަށެވެ. މި ގޮތުން ފަރުވާ ހޯދަން އަންނަ ޙާލުބޮޑު ބަލިމީހުންވެސް ގަޑި ޖެހުމާއެކު އައިވި ގުޅާފަވަނިކޮށް ކޮންމެވެސްގޮތަކުން އެ ހުސްކޮށްލުމަށްފަހުވެސް ބަލިމީހާ ނެރެ ހޮސްޕިޓަލް ބަންދުކުރާކަމަށް ރަށުގެ ރައްޔިތުން މައުލުމާތު ދިނެވެ. މި މަރުކަޒުގައި ހުންނަނީ އެންމެ 3 އެނދުކަންވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް ރިޕޯޓަރުން ފޯކައިދޫއަށް ދިޔައިރު އެތަނުގައި ކުރިން އެހެންބޭނުމެއްކުރި ކޮޓަރިއެއްގައި ފަތްޖެހިއެނދުވަނީ އަތުރާފައެވެ. މި ހުމުގެ ރޯގާ ފެތުރި ރަށުގެ %50މީހުން ބަލީގެ ޝިކާރައަކަށް ވީއިރުވެސް ރަށު އޮފީހުން ރައްޔިތުންނަށް މިކަމުގައި އެހީތެރިވެދީ ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކޮށްފަކާ ނުވެއެވެ. ރަށުގެ ކަތީބް ބުނެފައިވަނީ އެއީ ޞިއްޙީ މަރުކަޒުގެ ޒިންމާއެއްކަމަށެވެ. އަދި މިބަލި ފެތުރި ރައްޔިތުން މި ޙާލުގައި ޖެހުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ ރަށުގެ ޞިއްޙީ މަރުކަޒާ ޙަވާލުވެތިބި މީހުންކަމަށެވެ. ރަށު ޞިއްޙީ މަރުކަޒުގައި ހުންނަވާ ޑރ.ބާލަޗަންދްރަން ބުނުއްވަނީ ކޮންމެދުވަހަކު އެތަނުން އަތޮޅު އޮފީހަށް ރިޕޯޓް ފޮނުވާކަމަށެވެ. އަދި ޙާލު ބޮޑުވެގެން ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއްފުއްޓަށް ފޮނުވާކަމަށްވެސް މަޢުލޫމާތު ދިނެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން މަޢުލުމާތު ލިބުނުގޮތުގައި ރަށުގެ ވެރިންނެއްވެސް އަދި ޞިއްޙީމަރުކަޒަކުންވެސް މިކަމަށް ސަމާލުކަންދީ ފަކާނުވެއެވެ. ޑޮކްޓަރަކަށް އިންނަމީހާ ބަލިމީހާގެ ގައިގާ އަތްނުލާ ވަޤުތުން ބޭސްސިޓި ލިޔެ ނިންމާލައެވެ. އަދި ތަރުޖަމާ ކުރާ ކުއްޖާއަކަށް ރަނގަޅަށް ތަރުޖަމާ ކޮށްދޭކަށްނޭނގެއެވެ. ރަށުގައި ހުރި ހަމައެކަނި ބޭސްފިހާރަ ހުޅުވާފައިވަނީ 15ޖުލައި 2007ވަނަދުވަހުއެވެ. އެހެންނަމަވެސް ފާމަސިސްޓަކު މިތަނުގައި ނެތްކަން ފާހަގަ ކުރެވެއެވެ. ޙާލުބޮޑުވެގެން ދުވާލަކު އެތައްބަޔަކު ކުޅުދުއްފުއްޓަށް ގެންދަންޖެހޭއިރު ދަތުރުގެ ޚަރަދަށް އެކަނިވެސް 1350ރ ޚަރަދުކުރަންޖެހެއެވެ. ރަށުގައި މި ރޯގާ މިހާބޮޑަށް ފެތުރިފައިވާއިރުވެސް ރަށުގެ ސްކޫލްގެ ކިޔެވުން ބަންދުނުކުރާކަން ފާހަގަކުރެވެއެވެ. ސްކޫލްގައި 422ދަރިވަރުން ކިޔަވަމުންދާއިރު ކޮންމެދުވަހަކު އެވްރެޖް 45ކުދިންނަށް ބަލީގެ ސަބަބުބް ސްކޫލްއަށް ޙާޟިރު ނުވެވެއެވެ.

މިއަދު 17ޖެނުއަރީ 2007ވަނަދުވަހު ށ.ފޯކައިދޫ އިން ޚަބަރު ލިބުނުގޮތުގައި އަތޮޅުވެރިޔާގެ އެންގުމަށް ރަށު އޮފީހުގެ މުއައްޒަފުންނާއި ސްކޫލްކުދިންނާއި ޞިއްޙީ މަރުކަޒުގެ އެންމެހާ މުއައްޒަފުންގެ އެހީގައި 24ގަޑިއިރު ރައްޔިތުންނަށް އެހިތެރިވަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

0 Comments: