
ށ. އަތޮޅުގެ ހުރިހައި ރަށެއްގައި ބަރުލަމާނީ ކެމްޕެއިން ފެށުމަށް އެމް ޑީ ޕީގެ ޓީމެއް މިއަދު މާލެއިން ފުރައިފިއެވެ. މި ޓީމުގައި އެމްޑީޕީގެ ރައީސް ޑރ.މުނައްވަރު ބައިވެރި ވެލެއްވި އެވެ. މި ޓީމު ށ. އަތޮޅުގެ ހުރިހައި ރަށަކަށް ދަތުރުކޮށް ހުރިހައި ރަށެއްގެ ހުރިހައި ގެއެއްގައި ބަރުލަމާނީ ކެމްޕެއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކުރިޔަށް އޮތް، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ އިންތިހާބު ކައިރިވަމުން އަންނާތީ ޕާޓީތަކުން، އެ ޕާޓީއަކުން ތާއިދުކުރާ ނިޒާމެއް ޕްރޮމޯޓު ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ފޯރިޔާ އެކު ހަރަކާތްތެރި ވަމުން އެބަ ދެއެވެ. މި އިންތިހާބުގައި އެމް ޑީ ޕީން ތާއީދުކުރަނީ ބަރުލަމާނީ ނިޒާމަށެވެ. އެ ޕާޓީން ހާމަކުރާ ގޮތުގައި މިފަހަރުގެ އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރާނެއެވެ.
18 އޮގަސްޓުގައި އޮންނަ މި އންތިހާބުގެ ކެމްޕެއިން މި ޕާޓީން ދަނީ ރާއްޖޭގެ ހުރިހައި ހިސާބެއްގައިވެސް ކުރަމުންނެވެ. އެކި އަތޮޅުތަކަށް ޓީމުތައް ގޮސް ރަށްރަށަށް ވަކިވަކިން ޒިޔާރަތްކޮށް ގޭގެއަށް ވަކިވަކިން ވަދެ ކުރާ މި ކެމްޕެއިންގައި ހަރަކާތްތެރިވާ އިސް ފަރާތްތަކަށް ވަނީ އިންގިރޭސި ވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ފުރިހަމަ އިރުޝާދު ލިބިފައެވެ. މިކަމަށްޓަކައި ކޮންޒަވެޓިވުންނާއެކު ބޭއްވުނު ބައްދަލުވުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހދ. ކުޅުދުއްފުށީގައި ބާއްވާފައެވެ.
7/28/2007
ށ. އަތޮޅުގައި ބަރުލަމާނީ ކެމްޕެއިން ފެށުމަށް އެމް ޑީ ޕީގެ ޓީމެއް ދަތުރު ފަށައިފި.
Labels: ޚަބަރު
0 Comments:
Post a Comment