7/31/2007

މަރޮށީ އަމިއްލަފަރާތެއްގެ ސްކޫލެއް ސަރުކާރު ސްކޫލަކަށް ބަދަލު ކުރައްވައިފި

ޚަބަރު: އިރު އޮބްޒާވަރ

މިލަދުންމަޑުލު އުތުރުބުރީ މަރޮށީ މަދަރުސަތުލް މުނައްވަރާ ރަސްމީގޮތުން ސަރުކާރުގެ ސުކޫލަކަށް މިއަދު ބަދަލު ކުރައްވައިފި ކަމަށް މަރޮށީ އޮފީހުން ހާމަކުރައްވައިފިއެވެ.

އަމިއްލަފަރާތެއްކަމަށްވާ މަރޮށީ ހުސެއިން އަބުދުﷲ (އެމް.އެޗް.އޭ) ހިންގަވަމުންގެންދެވި މަރޮށީ ސުކޫލު މިއަދު ސަރުކާރާ ހަވާރުކުރެއްވީ ހުދު ހުސެންގެ އަތްޕުޅުންނެވެ. ސަރުކާރުގެ ފަރާތުން ސުކޫލާ ހަވާލުވެ، ވަޑައިގެންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނައިބް ޑރ. އަބުދުލް މުހުސިނު މުހަންމަދެވެ.

އިރުއޮބްޒާވަރަށް މައުލޫމާތު ދެއްވަމުން މަރޮށީ ކަތީބް އިޤްބާލް މުހަންމަދު ވިދާޅުވީ 25 އަހަރު ވަންދެން އެއްވެސް އުނިކަމެއްނުގެންނަވާ ހުސެއިން އެކޮށްދެއްވާފައި އެވަނީ ޝުކުރުން ފުރިގެންވާ އަގުހުރި ހިދުމަތެކެވެ.

" ހުސެއިން، މިއަދު މަރޮށީ ސުކޫލު ސަރުކަރާ އެހަވާލު ކުރެއްވީ އޭގެ އެންމެ ފުރިހަމަގޮތުގައި އެކަން ކޮށްދެއްވާފަ. މިއަދު އަޅުގަނޑު ވަރަށް ދެރަވެސްވޭ ހަމައެއާއެކު ސުކޫލުގެ ހުރިހާ މުއައްޒަފުންނާއެކު އެންމެ ފުރިހަމަގޮތުގައި ސަރުކާރުން ސުކޫލު ހިންގެވުމާއި ހަވާލު ވާތީ އެކަމާވަރަށް އުފާވެސްވޭ" އިޤްބާލް ވިދާޅުވިއެވެ.

1997ވަނަ އަހަރުން ފެށިގެން ގުރޭޑް ދިހަޔަކަށް ތައުލީމް ހާސިލް ކޮށްދިނުމުގައި ހިދުމަތް ތެރިވެދިން މަރޮށީ ސުކޫލު މިއަދު ސަރުކާރުގެ ސުކޫލަކަށް ބަދަލުވުން ވެގެންދާނީ މަރޮށީގެ ރައްޔިތުންނަށް ލިބޭވަރަށް ބޮޑު އުފަލަކަށެވެ.

25 އަހަރުގެ ދިގު މުއްދަތަށް ހުސެއިން ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް މަރޮށީގެ ދަރިންނަށް މަތީތައުލީމްގެ ފުރުޞަތު ތަނަވަސް ކޮށްދެއްވުމަށް މިއަދު ސަރުކާރުން އެ ދިއްކޮށްލެވި އަތުގައި މަރޮށީގެ އެންމެހާ ރައްޔިތުން ހިފައިފާ މިވަނީ ދުވަހަކުވެސް ނުވާފަދަ ބޮޑު އުފަލަކާ އެކުއެވެ. ދުވަހަކުވެސް ހަނދާން ނުނެތޭ ފަދަ ގޮތުންނެވެ.

1 Comment:

Anonymous said...

This is something i found on aafathisnews.com. weird. selfish man (ahmed katheeb) ahmed abdul rahman akee MHA in bodu musaara dheefa bahattaafa huri meeheh. ekamaku ebunanaee thimanna ves haradhu kureemo! hehe

މަރޮށީ ޙުސައިން ޢަބްދުﷲ ހިންގަވަން ފެއްޓެވި ސްކޫލް ރަސްމީ ގޮތުން އިއްޔެ ސަރުކާރާ ޙަވާލުކޮށްފި


މަރޮށީ ޙުސައިން އަބްދުﷲ ގެ ގޭގައި ހިންގަން ފެށުނު ސްކޫލް ރަސްމީ ގޮތުން އިއްޔެ ސަރުކާރާ ޙަވާލުކުރުމާ ގުޅިގެން ސަރުކާރުގެ ސްކޫލަކަށް ބަދަލުކޮށްފި އެވެ.
އިއްޔެ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މިސްކޫލް ރަސްމީ ގޮތުން ސަރުކާރާއި ޙަވާލު ކޮށްދެއްވީ ޙުސައިން އަބްދުﷲ އެވެ. ސަރުކާރުގެ ފަރާތުން މިސްކޫލާ ރަސްމީ ގޮތުން ޙަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބް ޑރ. ޢަބްދުލް މުޙްސިން މުޙައްމަދު އެވެ.
މަރޮށީ ސްކޫލަކީ މަރޮށީގެ ކުރީގެ ކަތީބެއް ކަމަށްވާ ޙުސައިން ޢަބްދުﷲ އެރަށު ކުދިންނަށް ކިޔަވައި ދެއްވުމުގެ މަގްޞަދުގައި 1979 ގައި އަމިއްލަ ގޭގައި ފެށްޓެވި މަސައްކަތެކެވެ. އެސްކޫލް ތަރައްގީގޮށް އެންމެ މިޒަމާނުގެ ސްކޫލަކަށް ވަނީ މިހާރު ހައްދަވައި ފައެވެ. ސަރުކާރާއި އެސްކޫލް ރަސްމީކޮށް ޙަވާލު ކުރެއްވިއިރު އެސްކޫލުގައި 8،000 އަކަފޫޓުގެ ހޯލަކާއި އެންމެ މިޒަމާނުގެ ފެންވަރަށް ހެދިފައިވާ ކްލާސް ރޫމްތަކާއި، ފެންވަރު ރަނގަޅަށް ހެދިފައިވާ ފާޚާނާ ބަރިއެއް ހިމެނޭނެ ކަމަށް އެރަށު ކަތީބު އަޙްމަދު އަބްދުއްރަޙްމާން ވިދާޅު ވިއެވެ.
މަރޮށީ ކަތީބު އަޙްމަދު އަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި ޙުސައިން ޢަބްދުﷲ އެސްކޫލް ހިންގެވުމުގައި އަމިއްލަ ގޮތުން 27 އަހަރު ވަންދެން މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް ބަލި ޙާލަތުހުރި ގޮތުން އެސްކޫލްގެ ކަންތަކާ ޢަބްދުއްރަޙްމާން އޭނާގެ ބޮޑުބޭބެއާ އެއްބައިވެ ސްކޫލް ހިންގެވުމުގައި އަމަލީ ގޮތުން ބައިވެރިވެލެއްވީ ކަމުގައި އަބްދުއްރަޙްމާން ވިދާޅު ވިއެވެ.
"ސްކޫލް ރަސްމީ ގޮތުން ސަރުކާރާ ޙަވާލު ކުރެއްވުމުން ރައްޔިތުންވެސް ވަރަށް އުފާވި. އަޅުގަނޑުގެ ބޮޑުބޭބެ ކޮށްދެއްވައިފައިވާ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް. އަދި އެކަމާ މަރޮށީ އެންމެންވެސް ފަޚުރުވެރިވާ މަސައްކަތެއް. މިއަދަށްފަހު އަޅުގަނޑުވެސް އަމިއްލަ ކަމެއްގައި ނޫނީ މިސްކޫލަކަށް ނުވަންނާނަން" އަޙްމަދު ޢަބްދުއްރަޙްމާން ވިދާޅު ވިއެވެ.
1997 އިން ފެށިގެން ގްރޭޑް ދިހަޔަކަށް ކިޔަވައި ދެއްވަން ފަށައިފައިވާ މިސްކޫލްގައި މިހާރުު ދުއިސައްތައަށްވުރެ ގިނަ ކުދިން ތަޢުލީމް ހާޞިލް ކުރަމުން ދެއެވެ. މިސްކޫލް ރަސްމީ ގޮތުން ސަރުކާރާ ޙަވާލުކުރަން ނިންމެވި ގޮތާބެހޭ ގޮތުން މަރޮށީ ކަތީބު ވިދާޅުވީ، 1987 ގައި ސަރުކާރުގެ ފަރާތުން އެސްކޫލް 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރެއްވި ކަމަށެވެ. އެސްކޫލް ބަންދު ކުރެއްވީ އެސްކޫލުގައި ދީނީ ނަޞޭހަތްތަކެއް ބައެއް ފަރާތްތަކުން ދިނުމާއި ގުޅިގެން ކަމަށާއި، އެމައްސަލައާ ގުޅިގެން އެސްކޫލް ލައިބްރަރީގައި ހުރި ވަރަށް ގިނަ ދީނީ ފޮތްތައްވެސް ސަރުކާރުން ނަންގަވައިފައިވާ ކަމަށެވެ. އަދިއެއަށްފަހު އެސްކޫލް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށްފަހު ސަރުކާރާ ޙަވާލު ކުރައްވަން ނިންމެވީ ކަމަށެވެ.
އެންމެ ޒަމާނީ ފެންވަރަށް ސްކޫލް ހެއްދެވުމަށްފަހު މިހާރު ސަރުކާރާ ސްކޫލު ޙަވާލު ކުރެވުނުއިރު އެތަނަކީ 7.7 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ހެދިފައިވާ ސްކޫލް ޢިމާރާތެއް ކަމަށްވެސް ކަތީބު ވިދާޅު ވިއެވެ. އެންމެ ޒަމާނީ ފެންވަރަށް ޢިމާރާތް ކުރެއްވުމަށްފަހު ސަރުކާރާ ސްކޫލް ޙަވާލު ކުރެވުނުއިރު އެސްކޫލް ހެދުމަށް ބޭނުންވާ ޚަރަދު ޢަބްދުއްރަޙްމާންވެސް ކުރެއްވި ކަމަށް އޭނާ މަޢުލޫމާތު ދެއްވަ އެވެ.