ޚަބަރު: މާއުނގޫދޫ.ކޮމް
ށ. ނަރުދޫގައި އާ ޖެނެރޭޓަރެއް ބަހައްޓައިގެން ކުރިޔަށް އޮތް ހަފްތާތެރޭ ކަރަންޓް ދޭން ފަށާނެއެވެ. 32 ކިލޯވޯޓުގެ މި ޖެނެރޭޓަރަކީ ނަރުދޫގައި މިހާރު ބޭނުންކުރަމުންދާ 3 ޖެރޭޓަރުގެ ތެރެއިން 2 ޖެނެރޭޓަރު ހަލާކުވެފައިވާތީ ދިވެހި ސަރުކާރުން ދެއްވާފައިވާ އެއްޗެކެވެ.
500 އަށްވުރެ ގިނަ މީހުން އުޅޭ ނަރުދޫގައި މި ޖެނެރޭޓަރާއި ހަލާކުވި 2 ޖެނެރޭޓަރު މަރާމާތުކޮށްގެން ބެނުންކުރެވެން ފެށުމުން ކުރިޔަށް އޮތް 10 ވަރަކަށް އަހަރަށް ކަރަންޓްގެ ޚިދުމަތް ލިބޭނެކަމަށް ލަފާކުރެވެއެވެ.
ނަރުދޫގައި މިހާރު ކަރަންޓް ޔުނިޓަކަށް ނަގާ ފީއަކީ 5 ރުފިޔާ ކަމަށާއި އެއަދަދު ދަށް ނުކުރެވިގެން މިއުޅެނީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުކަމުން ކަމުގައި ނަރުދޫ އޮފީހުން މައުލޫމާތު ދެއްވިއެވެ.
0 Comments:
Post a Comment