ރެޑްކްރޮސް ސޮސައިޓީ އޮފް ޗައިނާ، އަދި ޗައިނާ ޗެރިޓީ ފެޑެރޭޝަންގެ އެހީގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިމާރާތްކުރާ ގެތަކުގެ ތެރެއިން ގިނަ ގެތައް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ފަސްދޮޅަސް ހަގެ ހިމެނޭގޮތަށް ޗައިނާގެ ކުންފުއްޏެއް ކަމަށްވާ ސީނޯ ހައިޑްރޯ ކޯޕަރޭޝަން އޮފް ޗައިނާއާއި ކޮންޓްރެކްޓް އުސޫލުން ޙަވާލްކޮށްގެން އަޅާ މިގެތަކުގެ ތެރެއިން، ގިނަގޭގެ ސިމެންތިޖެހުމާ ކަރަންޓް ވައިރުކުރުމާއި ފަންގިފިލާ އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ގިނަ ގޭގެ ކުލަލުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. ތިންހާސް އަކަފޫޓްގެ ގޯތީގައި އިމާރާތް ކުރެވޭ މިގެތަކަކީ ސުނާމީގައި ގެއްލުން ލިބުނު ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް އެހީފޯރުވައިދިނުމަށާއި ށ.އަތޮޅުގައި ގެދޮރުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އަޅުއްވާ ގެތަކެއްކަމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު އޮފީހުން ވިދާޅުވެއެވެ. ފޮނަދޫގައި ޢިމާރާތްކުރާ މިގެތަކުގައި ދިރިއުޅުމަށް އެންމެ ގިނަ މީހުން އެދިފައިވަނީ ށ.ނޫމަރާއިންކަމަށް ށ.އަތޮޅު އޮފީހާ ޙަވާލާދީ ޓީވީއެމް މިލަދުންމަޑުލު އުތުރުބުރީ ބިއުރޯއިން މަޢުލޫމާތު ދެއެވެ.
2/24/2008
ފުނަދޫގައި އިމާރާތްކުރާ ގެތަކުގެ ތެރެއިން ގިނަ ގެތައް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތް ކުރިއަށް އެބަދޭ.
Labels: ފުނަދޫ
0 Comments:
Post a Comment