ދަރިމައިވުމުގެ ސިއްހަތާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ބޭއްވި މަޢުލޫމާތުދިނުމުގެ ބައްދަލުވުން ނިމިއްޖެއެވެ. މިއީ ފުނަދޫގައި މިއަހަރު ބޭއްވި މިފަދަ ފުރަތަމަ ބައްެދަލުވުމެވެ.
އާބާދިގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނަ ފުނަދޫގައި ދަރިމައިވުމުގެ ސިއްޙަތާއި ބެހޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި މިބައްދަލުވުމަކީ ށ. އަތޮޅު ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މިމަހު ސައްވީހުން ފެށިގެން ފަންސަވީހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ބަލިވެއިނުމުގެ ކުރިން ތައްޔާރުވާންޖެހޭ ކަންތައްތަކާއި، ޖިންސީ ގުޅުމުން އަރާ ބަލިތަކާއި، އެއިޑްސްބަލިން ރައްކާތެރިވާނެ ގޮތްތަކުގެ އިތުރުން ސިއްޙީ ދާއިރާއާއި ގުޅުން ހުރި ތަފާތު އެކި އެކި މައުލޫމާތުތައް ދީފައިވާކަމަށް ށ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ފުނަދޫގެ ފުރާވަރު އަންހެން ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ މިބައްދަލުވުން ނިމުމުން ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލްކޮށްދެއްވީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޤާސިމްއެވެ.
ފުނަދޫގެ ފުރާވަރު އަންހެން ކުދިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙިބެއް ލިބުން މިބައްދަލުވުމަކީ ފުނަދޫގައި މިއަހަރު ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުންކަމަށާއި، މިނޫންވެސް ސިއްޙީ ދާއިރާއާއި ގުޅުންހުރި ބައްދަލުވުންތައް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ށ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
މިބައްދަލުވުމާއި ބެހޭގޮތުން ބައިވެރިންގެ ޙިޔާލް ހޯދާލުމުން ގިނަ ބައިވެރިން ހާމަކުރާ ގޮތުގައި މިބައްދަލުވުމުގައި ދެވުނު މަޢުލޫމާތުތަކަކީ އޭގެ ސަބަބުން ކުރިއަށް އޮތްތާނގައި ވަރަށް ފައިދާކުރުވަނިވި އަދި އެހާމަ ބޭނުންތެރި މަޢުލޫމާތުތައްކަމުގައެވެ.
މިފަދަ ބައްދަލުވުންތައް މިދިޔަ އަހަރުވެސް ފުނަދޫގައި ބޭއްވުމުން އެރަށުގެ ގިނަ މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކައި ޝައުގުވެރިކަމެއް ލިބިފަވެއެވެ.
0 Comments:
Post a Comment