2/24/2008

ށ އަތޮޅު ހޮސްޕިޓަލުން އުފަންވަނިވި ޞިއްހަތާ ގުޅެ މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ފަށައިފި

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުހޮސްޕިޓަލްގެ ފަރާތުން އުފަންވަނިވި ސިއްޙިތާބެހޭގޮތުން މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް ފައްޓައިފި. މިއީ ފުނަދޫ ގެ ފުރާވަރުގެ އަންހެންކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއްކަމަށް އަތޮޅު ހޮސްޕިޜަލުން މައުލޫމާތުދޭ.
ތިރީސް އަށްފަރާތެއް ބައިވެރިކޮށްގެންކުރިއަށް ގެންދާ މިބައްދަލުވުމުގައި ކައިވެނި ކުރިމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ބަލިވެއިނުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ އިތުރުން ޖިންސީމައުލޫމާތާއި ބަނޑބޮޑުވުމުން އަންނަ ބަދަލުތަކާ، އެދުވަސްވަރު ކަންތައްތަށް ބަހައްޓަންޖެހޭ ގޮތާބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހި ފައިވާކަމަށް ށ،އަތޮޅު ހޮސްޕިޓަލުން މައިލޫމާތުދެ. އެހޮސްޕިޓަލްގެ ކޮމިޔުނިޓީ ހެލްތު ސްޕަވައިޒާ އަހުމަދު ވިސާމު ބުނިގޮތުގައި މިފަދަ މަސައްކަތި ބައްދަލު ވުމެއް މިބޭއެވެނީ ދަރިމައިވުމުގެ ސިއްޙަތާ ބެހޭ މައުލޫމާތު ރަގަޅަށް ނުލިބޭތީ ކަމަށް.
މިފރަދަ ބައްދަލުވުންތަކެއް މުސްތަގުބަލްގައި އަތޮޅުގެ އެހެން ރައްރަށުގައި ކުރިއަށް ގެންދިއުމަށް ޓަކައި ކަމާބެހޭ ފަރާތް ތަކާ ވާހަކަދައްކަމުން ދާކަމަށް ށ، އަތޮޅުހޮސްޕިޓަލުން މައުލޫމާތުދޭ


 

0 Comments: