3/29/2008

ކަރަންޓް ފީ ނެގުމުގައި ގިންތިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ.

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ކަރަންޓް ފީނެގުމުގުމުގައި ގިންތިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އޮފީހުން ހާމަކުރައްވައިފި އެވެ. މިގޮތުން ދުއިސައްތަ ޔުނިޓަށްވުރެ އިތުރަށް ބޭނުންކުރާ ކަރަންޓަށް ފީ ނެގުމުގައި ބަދަލުތަކެއް ގެނައުމަށް އެނރާޖީ މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށް ފުނަދޫ އޮފީހުން ވިދާޅުވިއެވެ. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި މިހާރު ކަރަންޓް ފީ ނެގެމުން ދަނީ ޔުނިޓަކަށް ތިންރުފިޔާ ބައި ގެ ރޭޓުންނެވެ. ގެންނަން މަސައްކަތް ކުރާ މިބަދަލުގެ ސަބަބުން އާންމުންގެ އަތުން ނެގޭ ކަރަންޓް ފީއަށް ބަދަލް ނާންނާނެ ކަމަށް ފުނަދޫ ބޮޑުކަތީބު އަހުމަދު ނަޝީމް ވިދާޅުވިއެވެ. މިފަދަ ބަދަލެއް ގެންނަން ނިންމީ ތެލުގެ އަގު މަތިވަމުން ދާތީކަމަށްވެސް ވަތީބު ވިދާޅުވިއެވެ. މިގޮތަށް ކަރަންޓް ފީނެގުމުގައި އޭޕްރީލް މަހުން ފެށިގެން އަމަލުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް ފުނަދޫ އޮފީހުން ބުނެއެވެ.

0 Comments: