ށ. ފުނަދޫގައި އުމުރުން ދުވަސްވީ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަމުން އެބަ ދެއެވެ. މި މައްސަލައިގައި ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ އެ ފިރިހެން މީހާ އާއި އިތުރު 2 އަންހެނުން ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މީގޭ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.
ހަވީރު ނޫހުން ހާމަކުރާ ގޮތުގައި 55 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ އެ ދެ އަންހެނުންނާ އެކު ބަދުއަޚުލާޤީ އަމަލު ހިންގަނިކޮށެވެ.
މީގެ އިތުރުން މިއަތޮޅު ބިލެއްފަހީގައިވެސް މިފަދަ މައްސަލައެއް ބެލެމުން އެބަ ދެއެވެ. މި މައްސަލައިގައި ހިމެނޭ އެރަށު ސްކޫލުގައި ކިޔަވަމުންދާ 7 ކުއްޖަކު، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ލަފާގެ ދަށުން، މިހާރު ވަނީ ގޭބަންދު ކުރެވިފައި ކަމަށް ބިލެއްފަހީ އޮފީހުން ބުނެއެވެ. އަދި މީގެ ތެރެއިން ބައެއް ކުދިންނާއެކު ބަދުއަޚުލާޤީ އަމަލު ހިންގިމކަމުގެ ތުހުމަތުގައި ކަނޑީތީމު 35 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މި މައްސަލައިގެ ވެސް ތަހުގީގު ކުރިޔަށް ދާކަމަށް ފުލުހުން ހާމަކުރެއެވެ.
0 Comments:
Post a Comment