7/22/2008

ނޫމަރާއިން ފުނަދޫއަށް ބަދަލުވާން އެދިފައިވާ ފަރާތްތަކުން ބަދަލުވެވޭނެ ދުވަހެއް ނޭގޭތީ އެކަން އޮޅުން ފިލުވުމަށް އަތޮޅުވެރިންނާއި ބައްދަލުކޮށްފި

ޚަބަރު: ޖަޒީރާ ޑެއިލީ

ށ. ނޫމަރާއިން އެއަތޮޅު ވެރިކަން ކުރާ ފުނަދޫ އަށް ބަދަލު ބަދަލުވާން އެދިފައިވާފަރާތްތަކުން ބަދަލުވެވޭނެ ދުވަހެއް ނޭނގޭތީ އެކަން އޮޅުން ފިލުވުމަށް އަތޮޅުވެރިންނާއި ބައްދަލު ކޮށްފި އެވެ.

ށ. އަތޮޅު އަތޮޅުވެރިޔާ އަހުމަދު ގާސިމު ވިދާޅުވީ ފުނަދޫގައި ޗައިނާގެ އެހީގައި އަޅާފައިވާ ގެތަކަށް ބަދަލުވުމަށް ނޫމަރާއިން އެދިފައިވާ 50 އެއްހާ މީހުންގެތެރެއިން 12 އަންހެން ބޭފުޅުން ބައްދަލުކުރީ އަޅާފައިވާ ގެތަކަށް ބަދަލުވެވޭނެ ދުވަހަކާއި މިހާރު ކުރެވެމުންދާ މަސައްކަތާއި ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމުގެ މަގުސަދުގައި ކަމަށެވެ. އެބައްދަލުވުމުގައި އެމީހުން ކުރި ސުވާލުތަކަށް ޖަވާބުދީ އެމީހުންނަށް މަސައްކަތް ކުރިއަށްދާގޮތާއި ކުރެވެމުންދާ މަސައްކަތާއި ބެހޭގޮތުން ހުރިހާ މަމުލޫމާތެއް އޮޅުން ފިލުވައިދެވިފައިވާނެ ކަމަށްވެސް އަތޮޅުވެރިޔާ ވިދާޅުވިއެވެ.

އަތޮޅުވެރިޔާ ވިދާޅުވީ ގެތަކަށްބަދަލުވާން އެދިފައިވާ ފަރާތްތަކުން އެގެތަކަށް ބަދަލުކުރުން ލަަސްވެފައިވަނީ އެގެތަކަށް ކަރަންޓު ލެވިފައިނެތުމުންކަމަށާއި ނަމަވެސް މިހާރު އެމަސައްކަތްވެސް ސަރުކާރުން ފުނަދޫ ރައްޔިތުންނާއި ހަވާލުކޮށްގެން ކުރިއަށްދާކަމަށެވެ. އެހެންކަމުން އަޅާފައިވާ 66 ގެއަށް ކައިރި މުސްތަގުބަލެއްގައި މީހުން ބަދަލުކުރެވޭނެ ކަމަށާއި ނަމަވެސް ކަނޑައެޅިގެން ވަކިތާރީހެއް ދަންނަވަން ދަތިކަމަށްވެސް އަތޮޅުވެރިޔާ ވިދާޅުވިއެވެ.

ފުނަދޫ ރކ. ކޮމެޓީ އިން އަޅާފައިވާ 66 ގެއަށް ކަރަންޓު ލުމުގެ މަސައްކަތް ޑީޓެކް ކޮމްޕެނީއާއި ހަވާލުކޮށްފައިވާ ކަމަށް ފުނަދޫ އޮފީހުން ބުނެއެވެ.

ކަރަންޓު ލުމާއި ގުޅޭގޮތުން ޑީޓެކް ކޮމްޕެނީގެ ބަހެއް ލިބޭތޯ ކުރެވުނު މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

ނޫމަރާއިން ފުނަދޫއަށް ބަދަލު ވުމަށް އެދޭ ފަރާތަކުން ނަންހާމަނުކުރުމަށް އެދި ބުނީ އެރަށުގައި ތިބި ފުނަދުއަށް ބަދަލުވާން ބޭނުންވާން މީހުންނާއި ދޭތެރޭ ބަދަލުވާން ނޭދޭ މީހުން ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރާކަމަށެވެ. އެގޮތުން މަހެއް ގަނެލަން ދިޔަކަމުގައިވިޔަސް ކުޑަމިނުން މަހެއްވެސް ބަދަލުވާން އެދިފައިތިބިމީހެއް ކަމަށްވާނަމަ ނުވިއްކާކަމަށެވެ. އަދިވެސް މީގެ އިތުރުން ބަދަލުވާން އެދިފައިތިބި ހުރިހާ މީހުންނަށްވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އުނދަގޫކުރަމުން ދާކަމަށްވެސް އެމީހާ ބުނެއެވެ.

"ބަދަލުވެވޭލެއް ލަސްވާތީ އުފުލަންޖެހިފައިވާ ތަކުލީފުތަކުން މިންޖުވެވޭނީ ކޮންދުވަހަކުންތޯ ސާފުކޮށްލުމަށްޓަކައި އަތޮޅުވެރިންނާވެސް ބައްދަލުކުރީ" އެމީހާ ބުނެއެވެ. އެރަށަށް ބަދަލުވެވުމުން ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބިގެންދާނެކަމަށް އެމީހާ ބުނެއެވެ. ބަދަލުވާން އެދިފައިވާ ހުރިހާ މީހުންވެސް މިހާރުތިބީ ބަދަލުވެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައިކަމަށް އެމީހާ ބުނެއެވެ.

0 Comments: