7/24/2008

ވިއްސާރައިގައި ފީވަކު ދަނޑު ބިންތައް މުޅިން ހަލާކު ވެއްޖެ.

ޚަބަރު: މިއަދުނޫސް

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މިލަދުންމަޑުލު އުތުރުބުރީ ފީވަކު ދަނޑުބިންތައް މުޅިން ހަލަކު ވެއްޖެ ކަމަށް ފީވަކު އޮފީހުން ހަމަ ކުރައްވައިފިއެވެ.

ފީވަކު ކަތީބު އަލީ ޔާސިރު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވުމުގެ އިތުރަށް ގޭގެގެ ފުރާޅު އެއްލާލުންފަދަ ބޮޑެތި ގެއްލުންތައް ވެފައި ވާކަމަށެވެ. އަދި ބައެއް ރުއްގަސް ވެއްޓި ކަނޑުތޮށީގެ ނެރުގެ ފައިކަށިން ވަރަށް ބޮޑު ބައެއް ހަލާކުވެފައި ވާކަމަށް ކަތީބު ވިދާޅުވިއެވެ. އަދި ރަށް އުފެދިފައި ވާ ގޮތުން ވާރެ ވެހުމުގެ ސަބަބުން ވަރަށް އަވަހަށް ފެންބޮޑުވެ އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވެސް ކަތީބު ވިދާޅުވިއެވެ.

މީގެ އިތުރުން ވިއްސާރަވެ ކަނޑު ގަދަ ވުމުގެ ސަބަބުން ފިހާރަތަކުން ކާޑުގެ ބާވަތްތައް ހުސްވަމުން ދާކަމަށާއި، އެންމެ ފަހުންވެސް ރަށަށް ކާޑު ހިފައިގެން އައި ބޯޓު ރަށާ ކައިރި ނުކުރެވިގެން އަނބުރާ ދިޔައީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފީވަކުގައި މިހާރު ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް އަވަހަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ކޮމިޓީއެއްވެއް އުފައްދާފައެވެ.

0 Comments: