8/11/2008

ކަނޑިތީމު ރައްޔިތުން ރަށުއޮފީސްދޮށަށް އެއްވެ ނުރުހުން ފާޅުކޮއްފި

ޚަބަރު: ކަނޑިތީމުލައިވް

ރޭ 9 ޖަހާއެހާއިރު ށ.ކަނޑިތީމު ރަށުއޮފިސްދޮށަށް ރައްޔިތުންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު އެއްވެ ނުރުހުންފާޅު ކޮށް އިޙްތިޖާޖް ކޮށްފިކަމަށް ކޭއެލްއަށް ހަބަރުލިބެއްޖެއެވެ. އޭޑީބީ ކަރަންޓު ލުމުގެ ޕޮރަޖެކްޓް ކުރިޔަށް ގެންދާ ގޮތާ މެދު ހިންހަމަ ނުޖެހިގެން ރޭ ރަށު އޮފިސްދޮށަށް މީހުންއެއްވި ގަޑި އަކީ ރާކާފް ކޮމެޓީ ބައްދަލު ވުމެއް އޭޑީ ބީ ކަރަންޓު ލަމުންދާގޮތާމެދު ބާވަމުން ދިޔަ ވަގުތެއް ކަމުން އެއްވި މީހުން ފުރަތަމަ ޑިމާންޑް ކުރީ އެބައްދަލު ވުމަށް ރައްޔިތުންގެ ތެރެއިން 10 މީހުންނަށް ބައިވެރި ވެވޭގޮތަށް ކުރިޔަށް ގެންދިއުމަށެއެވެ. އަދި ބާކީ ތިބި މީހުން އޮފިސްދޮށުގައި ތިބުމަށެވެ. ޑިމާންޑު ކުރިގޮތަށް ބައްދަލުވުން ކުރިޔަށް ގެން ދިޔައިރު ރައްޔިތުން ކުރިމަތި ކުރި އެއްވެސް ސުވާލަކަށް ރާކާފް ކޮމެޓީން ޖަވާބު ނުދިނުމުގެ ސަބަބުން އެއްވެފަ ތިބި މީހުންގެ އަޑު ދިޔައީ ހައްތަހާ ގަދަވަމުންނެއެވެ.

ރަށު އޮފިސް ދޮށަށް އެއްވެ ނުރުހުން ފާޅުކޮށް ފައިވަނީ މިހާރުއޭޑީބީ ގެ ފަރާތުން ކަނޑިތީމު ރަށްޔިތުން ނަށް ކަރަންޓު ދިނުމަށްޓަކައި ކޭބަލު ވަޅުލަމުން ދާގޮތާމެދު ހިތްހަމަ ނުޖެހިގެން ކަމަށް ހަބަރު ލިބެއެވެ. ކަރަންޓު ކޭބަލް ތަށް ވަޅުލަމުންދާއިރު މަގުމަތީ ހޮޅިބުރިތަކަށް ކޭބަލް ނާޅާ މަގުމަތި ގަ ކޮންނަމުންދާ ކޯރުތަކަށް ފަސް އަޅަމުންދާއިރު މަގުތަށް އެއްވަރު ނުކޮށް އަދި މިހާރު އަލަށް ދޫކޮށް ފައި ހުރި ގޭވަޅުތަކަށް ކޭބަލް ނާޅާ އެމަސައްކަތް ކުރަމުންދާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ނެއެވެ.

މަންޒަރު ދުއްމީހަކު ހާމަކުރިގޮތުގައި ރޭގައި ގާތްގަނޑަކަށް 9 ޖަހާ އެހާއިރު ފެށިގެން ރަށުއޮފިސްދޮށަށް ދިޔައީ މީހުން އެއްވަމުންނެވެ. އެގޮތުން 50 ހަކަށް މީހުން އޮފިސްދަށަށް އެއްވިކަމަށާ އަދި ރޭގަ ގާތްގަނޑަކަށް 3 ޖަހަންދެން އޮފިސް ދަށުގަ މީހުން އެއްވެ ތިބިކަމަށްވަނީ ހަބަރުލިބިފައެވެ. ރައްޔިތުން ވަނީ އެކަން ކަން ރަނގަޅުކުރުމަށް އެއްހަފްތާގެ މުހުލަތެއް އޭޑީބީ އަށް ދީފައެވެ

0 Comments: