ޚަބަރު: ޖަޒީރާޑެއިލީ
އެމްޑީޕީގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަން ރައްޔިތުންގެ އަތްފޯރާފަށަށް ގެނައުމަށްކަމަށް އަންނި ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސް ކޮންފަރަންސެއްގައި އަންނި ވިދާޅުވީ މިހާރު ބޯހިޔާވަހިކަމުގެ އަގު މާމައްޗަށް އުފުލިފައިވާ ކަމަށާއި މި އަގުތަށް ތިރިކުރަން ޖެހޭކަމަށެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ހައުސިން މައްސަލަ ހައްލުކުރުމަށް ފްލެޓް އަޅައި ރައްޔިތުންގެ އަތްފޯރާވަރުގެ އަގުތަކެއްގައި ވިއްކާނެ ކަމަށާއި ސުނާމީގައި ހާލުގައި ޖެހިފައިތިބި މީހުނަށް ބޯހިޔާވަހިކަން އެމްޑީޕީގެ ވެރިކަމެއްގައި އެއްއަހަރު ދުވަހުގެ ތެރޭ ހޯދައިދޭނެ ކަމަށް ވެސް އަންނި ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ބޯހިޔާވަހި ކަމުގެ އަގު ރައްޔިތުންގެ އަތްފޯރާފަށަށް ތިރިކުރާނަން" އަންނި ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާބެހޭގޮތުން ވާހަކަ ދައްކަމުން އަންނިވަނީ ހުޅުމާލޭގެ ޕްލޭނަށްވެސް ފާޑު ވިދާޅުވެފައެވެ. އަންނި ވިދާޅުވީ ހުޅުމާލޭގެ ބިމުގައި ޖާގަ އެބައޮތްކަމަށާއި އެކަމަކު އެބިމުން މިހާރު ބޭނުން ކުރެވެނީ ވަރަށް މަދު މިންވަރެއް ކަމަށެވެ.
އައްޑިހައިގެ އަހަރުތަކުގައި މާލޭން ހިއްކި ބިންތައްވެސް މައުމޫނުގެ ގާތްމީހުނަށް ފޮތިފޮތިކޮށް ބަހާފައިވާކަމަށްވެސް އަންނި ވިދާޅުވިއެވެ. އެފަދަ ބިންތައް އަންނި ގެ ވެރިކަމެއްގައި އަލުން އަތުލާނެތޯ ނޫސްވެރިން ސުވާލު ކުރުމުން އަންނި ވިދާޅުވީ އެމްޑީޕީން ބަދަލު ހިފާ ބައެއް ނޫންކަމަށެވެ. " ދީފައި އޮތްއެއްޗެއް ދީފައި އެއޮތީ" އަންނި ވިދާޅުވިއެވެ.
0 Comments:
Post a Comment