8/31/2008

ފުނަދޫގައި އަޅާފައިވާ ގެތަކުގެ ގުރުއަތުލުން ބާއްވައިފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު
ޗައިނާ އެހީގައި ށ، ފުނަދޫގައި އަޅާފައިވާ ގެތައް ލިބޭ މީހުންގެމެދުގައި ގުރުއަތުލުން ފުނަދޫގައ ބާއްވައިފި. ށ، އަތޮޅު އޮފިހުން ވިދާޅުވާގޮތުގައި ރެޑްކްރޮސް ސޮސައިޓީ އޮފް ޗައިނާ އަދި ޗައިނާ ފެޑެރޭޝަންގެ އެހީގައި ފުނަދޫގައި ޢިމާރާތް ކުރެވިފައިވާ ފަސްދޮޅަސް ހަގޭގެ ތެރެއިން މީހުންދިރިއުޅުމަށްޓަކައި މިފަހަރު ދޫކުރީ ސާޅީސް ފަސްގެ. މިސާޅީސްފަސް ގޭގެތެރެއިން ހަތަރުގެ ކޮމަންޑޫން ފުނަދޫއަށް ބަދަލުވާން އެދިފައިވާ ފަރާތްތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި. ބާކީހުރި ސާޅީސް އެއްގެ ދުކުރުމަށް ހަމަޖެހިފައި ވަނީ ނޫމަރާއިން ފުނަދޫއަށް ބަދަލުވާން އެދިފައިވާ ފަރާތްތަކަށް. މިމީހުން ދިރުއުޅެމުންދާ ގޯތީގެ ރަޖިސްޓްރީ އަތޮޅުއޮފީހާ ހަވާލުކުރުމުން މިގެތަކުގެ ތަޅުދަނޑި ޙަވާލު ކުރުމަށް ހަމަޖެހިފައިވާކަމަށް ށ، އަތޮޅުގެ އަތޮޅުވެރިޔާ އަޙްމަދު ޤާސިމް ވިދާޅުވި. ބާކީހުރި ވިހިގެ ޙަވާލުކުރައްވާނެ ވަކިގޮތެއް އަދި ސަރުކާރުން ކަނޑަނާޅުއްވާ ކަމަށާ، މިގެތައް ދޫކުރުމުގައިވެސް ކޮމަންޑޫއަށާއި ނޫމަރާއަށް އިސްކަންދެއްވާނެ ބެއްލެވޭ ކަމުގައި އަތޮޅުވެރިޔާ ވިދާޅުވި.މިގެތައް މީހުންނާއި ޙަވާލު ކުރެވޭއިރު ގެތަކަށް އަދި ކަރަންޓް ލެވިފައެއްނުވޭ. އެހެންނަމަވެސް ކަރަންޓްލުމަށް ބޭނުންވާ ކޭބަލް ހަފުތާއެއްގެތެރޭގައި ރާއްޖެ ގެނެވޭވަރުވާނެ ކަމަށް މިމަސައްކަތްކުރާ ޑީޓެކް ކޮންޕެނީން ބުނޭ. އަދި ވިއްސަކަށް ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށްވެސް އެކުންފުނިން ބުނޭ.

0 Comments: