3/26/2008

ނަރުދަމަގެ ނިޒާމް ގާއިމްކުރާނެ ރަށްތައް ކަނޑައަޅާނީ ކިހިނެތް؟

ދެމެހެއްޓެނިވި ނަރުދަމަ ނިޒާމަކާއި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ނިޒާމެއް ރާއްޖޭގެ ހުރިހައި ރަށަކަށްވެސް މިއަދު ނިހާޔަތަށް ބޭނުންވެއެވެ. ސަލާމަތް ސިއްހަތެއްގައި ދެމިތިބުމަށް ޓަކައި މި ދެ ހިދުމަތް ލިބުން ކޮންމެހެން ލާޒިމެވެ.

މިއަހަރުގެ ތެރޭގައި ނަރުދަމާގެ ނިޒާމު 64 ރަށެއްގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ތިމަވެއްޓާ ބެހޭ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އަދި މިކަމަށް ރަށްތައް ހޮވާނީ އެކި މިނިސްޓްރީތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ބަޔާން ކޮށްފައި ވެއެވެ.

މިފަދަ ހިދުމަތަކަށް ރައްޔިތުން ނުހަނު ބޭނުން ޖެހިފައި ވާއިރު، މިފަދަ ހިދުމަތަކަށް ރަށްތައް އައްޔަންކުރާއިރު، ހަމައެކަނި މިނިސްޓްރީތަކުގެ ވެރިންނާ މަޝްވަރާ ކޮށް މުޅިން ނިންމުމުގެ ބަދަލުގައި، ރައްޔިތުންނަށްވެސް ފެންނަ ގޮތަށް މިންގަނޑެއް އޮވެފައި، އެ މިންގަނޑަށް ފެތޭ ރަށްތަކެއް ހޮވައި، އެ ރަށްތަކަށް މި ހިދުމަތް ދިނުން ކިހިނެތް ވާނެ ބާއެވެ. އޭރުން އެވެނި ރަށެއް މި ހިދުމަތަށް ހޮވުނީ ކޮން ސަބަބުތަކެއް ފުރިހަމަވެގެން ކަން އަދި މިވެނި ރަށެއް ނުހޮވުނީ ކީއްވެކަން ރައްޔިތުންނަށް ވެސް ފެންނަން އޮންނާނެއެވެ.

އެތެރެ ފެންނަ ހިންގުމުގެ ސިޔާސަތަކާ ދިމާޔަށް ގައުމު މިކުރާ ދަތުރު އަމާން ކަމާއެކު ބަނދަރު ކުރުމަށްޓަކައި، ސިޔާސަތުތަކަށް މިފަދަ ބަދަލު ގެންނަން ޖެހޭނެކަމަށް އަހަރެންނަށް ވަރަށް ބޮޑަށް ފެނެއެވެ.

0 Comments: