ޚަބަރު: ދިވެހިރާއްޖޭގެ އަޑު
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުތައުލީމީ މަރުކަޒުގައި ޗައިލްޑް ފުރެންޑްލީ އެކުޓިވް ލާނިން ވޯކްޝޮޕެއް ފައްޓައިފި. މިކަމަކީ އީޑީސީން މިހާރު ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ޗައިލްޑް ފުރެންޑްލީ ސްކޫލުތަކުގައި ކިޔަވައިދެއްވާނެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސްރޫޢުގެ ދަށުން ކުރިއަށް ދާކަމެއް ކަމަށް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން މައުލޫމާތުދޭ. ރޭ އެމަރުކަޒުގައި ފެށުނު މި ވޯކްޝޮޕްގައި ށ. އަތޮޅުގެ އެގާރަ ރަށަކުން އެކާވީސް ޓީޗަރުން ބައިވެރިވެފައިވޭ. ސާދަދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިވޯކްޝޮޕްގައި މައިގަނޑުގޮތެއްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ، ޗައިލްޑް ފުރެންޑްލީ ސްކޫލެއްގައި ހުންނަންޖެހޭނެ ސިފަތަކާ އެފަދަ ކުލާސްރޫމެއްގައި ކިޔަވައިދޭއިރު ކުދިންނަށް ތަފާތު ހަރަކާތްތައް ރާވާނީ ކިހިނެއްކަމާ، އަދި ކުދިން ގިނަވަގުތު އުނގެނުމުގެ ހަރަކާތްތަކުގައި ދެމިތިބޭނެގޮތަކަށް ދުވަހުގެ ފިލާވަޅުތައް ރާވާލާނެ ގޮތްތައް ކަމަށް އެމަރުކަޒުން މައުލޫމާތުދޭ. މީ ޔުނިސެފުގެ އެހީގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕެއް.
ކޮމަންޑޫގައި ޗައިލްޑް ފްރެންޑްލީ ސްކޫލް ގާއިމް ކުރެވުނީ ބެލެނިވެރިންގެ ސީދާ އިސްނެގުމުގެ ދަށުން 2005 ވަނަ އަހަރުއެވެ. މި ޕްރޮގޮރާމްގެ ދަށުން ކިޔަވައިދިނުމުގެ ފައިދާތަކުގެ ތެރޭގައި ދަރިވަރުންގެ ބަހުގެ ހުނަރު އެހެން ކުލާސްތަކާ އަޅާ ބަލާއިރު މާ ބޮޑަށްވެސް ރަނގަޅުކަމަށް ފާހަކުރެވުން ހިމެނެއެވެ. އެހެންނަމަވެސް މި ޕްރޮގްރާމްގެ ދަށުން ތަމްރީންވާ ދަރިވަރުންގެ ކިބައިގައި ޓީޗަރުންނަށާއި ވެރިނަށް ކިޔަމަންވުމުގެ ސިފަ ކުޑަކަމަށް އެ މަދަރުސާއިން ވޭތުވެ ދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވުނު ބައްދަލުވުމެއްގައި ހާމަ ކުރައްވާފައި ވެއެވެ.
0 Comments:
Post a Comment