ޚަބރު: ހަވީރު
ށ. ފުނަދޫގައި ގާއިމްކުރުމަށް ހަމަޖޖެހިފައިވާ ނަރުދަމާގެ ނިޒާމާއި، ސުނާމީގައި ހަލާކުވެފައިވާ ބަނދަރު ސާވޭކޮށް ނިމިއްޖެ ކަމަށް އެރަށު އޮފީހުން ބުނެފި އެވެ.
ބޮޑު ކަތީބު އަޙްމަދު ނަސީމް ވިދާޅުވީ ނަރުދަމާގެ ނިޒާމު ވީހާވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ ސާވޭތައް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ރަށުގެ ހުރިހައި ގެއަކަށް ޒިޔަރަތްކޮށް މިހާރު ފާހާނާގެ ހޮޅިތަކާއި ޖަންކްޝަންތައް ހުރިގޮތް ބަލާ ދެން ޖަންކްޝަންތައް ބަހައްޓާނެ ތަންތަން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން 2004 ވަނަ އަހަރުގެ ސުނާމީގައި އެއްކޮށް ހަލާކުވެފައިވާ 1200×250 ފޫޓުގެ ފަޅު ވެސް ވަނީ ސާވޭ ކޮސޤފައެވެ. މި ބަނދަރު ހަލާކުވެފައިވާލެއް ބޮޑުކަމުން ބަނދަރުގެ ބޭނުން އެއްގޮތަކަށްވެސް ނުކުރެވެއެވެ. ސާވޭކުރި މީހުންނާ ހަވާލާދީ ފުނަދޫ އޮފީހުން ބުނެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
0 Comments:
Post a Comment