4/19/2008

ބިލެއްފަހީ ބަދަރުގެ މަސައްކަތް ފެށުމުގެ ކުރިން އެސަރަހައްދުގައިހުރި ދިރޭ މުރަކަތައް އެހެން ސަރަހައްދެއްގައި އިންދުމުގެ މަސައްކަތް ކޮށްފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

123

ފޮޓޯ: ބިލެއްފަހީ ބަނދަރު ސަރަހައްދުގައި ހުރި ދިރޭ މުރަކަ ނެގުމުގެ މަސައްކަތް ކުރަނީ

މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ބަދަރުގެ މަސައްކަތް ފެށުމުގެ ކުރިން އެސަރަހައްދުގައިހުރި ދިރޭ މުރަކަތައްނަގާ ފަޅުގެ އެހެން ސަރަހައްދެއްގައި އިންދުމުގެ މަސައްކަތް ކޮށްފި. މިގޮތުން މިސަރަހައްދުން ތިރީސްޑިންގީއާއި ވިހިފޫޓްގެ ހަތަރު ދޯނީގެ މުރަކަ ނެގިފައިވާކަމަށް މިމަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ހަވާލް ކޮށްފައިވާ ފިރަސް އިންޓަނޭޝަނަލް އިން މައުލޫމާތުދެއްވާ. ފިރަސް އިންޓަނޭޝަނަލް އިން މައުލޫމާތު ދޭ ގޮތުގައި މިގޮތަށް ބަދަރު ހަދާ އައްރަށެއްގެ ބަނދަރުސަރަހައްދުގެ މުރަކަތައް ނެގުމަށް ހަމަޖެހިފައިވޭ. މިގޮތުން ހއ އުލިގަމު، ތަކަންދޫ ،ހދ،ފިނޭ،ކުމުންދޫ އަދި ށ ބިލެއްފަހީ ބަދަރު ހަދާ ސަރަހައްދުން މުރަކަތައް މިހާރު ނެގިފައި. މީގެ އިތުރުން މުރަކަނެގުމަށް ހަމަޖެހިފައިވަނީ ރ އަތޮޅުގެ ދެރަށާއި ޅ، އަތޮޅުގެ ރަށަކުން ކަމަށްއެފަރާތުން މައުލޫމާތުދޭ.ފިރަސް އިންޓަނޭޝަނަލްގެ ޑައިރެކްޓަރ އިލްޔާސް ލަބީބު ވިދާޅުވީ އެބޭފުޅުން މުރަކަތަށް ނެގުމަށްޓަކައި ބޭނުން ކުރަމުންދަނީ ހަދާފައިވާ ނެޓުތަކެއްކަމަށް.އިލްޔާސް ލަބީބު އިތުރަށް ވިދާޅުވިގޮތުގައި މިމުރަކަތަށް ރޯވުމަށް ހަމަސްދުވަސް ނަގާނެ. ބިލެއްފަހީ ފަޅުން ނެގި މުރަކަތަށް ފަންސާސް ފޫޓާ ފަންސާސް ފޫޓްގެ ސަރަހައްދެއްގައި އިންދިފައިވާކަމަށާއި، މީގެ ހަމަސް ދުވަސްފަހުން މިތަނުގައި ކިހާމުރަކައެއް ރޯވެ އަދި މަރުވެފައިވޭތޯ ބެލުމަށް ހަމަޖެހިފައިވާކަމަށް ފިރަސް އިންޓަނޭޝަނަލް އިން ބުނޭ.

0 Comments: