ޚަބަރު: ދިވެހިރާއްޖޭގެ އަޑު
މިލަދުންމަޑުލު އުތުރުބުރީ ބިލެއްފައްސަށް އަތޮޅު ހޮސްޕިޓަލްގެ ޓީމެއް ޒިޔާރާތް ކޮށްފި. މިޓީމަކީ ބިލެއްފަހީގައި ހުމުގެ ރޯގާއެއް ހަލުވިކަމާއެކު ފެތުރެމުންދާތީ މީކިހިނެއްފެތުރޭ ކޮންބާވަތެއްގެ ހުމުގެ ރޯގާއެއްތޯބަލުމަށް ދިޔަޓީމެއްކަމަށް ށ އަތޮޅު އަތޮޅު ހޮސްޕިޓަލުން މައުލުމާތުދޭ. މި ހުމުގެ ރޯގާ ފެތުރެންފެށިތާ މިވީ ތިންވަރަކަށް ދުވަހުގެ ތެރޭ ތިރީހަށްވުރެގިނަމީހުންނަށް ހުންޖެހިފައިވާކަމަށް ހޮސްޕިޓަލުން ބުނޭ. އަތޮޅުހޮސްޕިޓަލުން ބިލެއްފައްސަދިޔަ މިޓީމުގައި ޑަކުޓަރުންގެ އިތުރުން ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވޭ. ބިލެއްފަހީ ސިއްޙީމަރުކަޒުގެ ޖާގަފުރިގެން އެދާއި ފަންޖެހެދު ފަދަ ތަކެތި ބަހައްޓައިގެން މިހާރު ފަރުވާ ދެވެމުންދާއިރު އަދި ހުމުގެ ރޯގާ ކޮންޓް ރޯލް ވެފައި ނުވާ ކަމަށް އަތޮޅު ހޮސް ޕިޓަލްގެ ޓީމުން ބުނޭ. ނަމަވެސް މިއަދު ގެ މިހާތަނަށް އަލަށް ހުންޖެހިގެން ޑަކުޓަރަށް ދެއްކި މީހުން އިތުރުނޫން ކަމަށް ވެސް މިޓީމުން ބުނޭ.މިހުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި މިޓީމުން ބިލެއްފަހީގެ ވުޒާރާތަކާއި އާންމުންނާއި ގުޅިގެން މަދިރި ކޮންޓްލް ކުރުމުގެ ހަރަކާތްތަކަކާއި ރަށުތެރެ ސާފް ކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވޭ. އެގޮތުން މަދިރި އުފެދޭ ފާޑުގެ ތަންތަން ނައްތާލުމުގެ އިތުރުން ފޮގްކުރަން ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުނޭ. އަދި މީގެ އިތުރުން ބިލެއްފަހީ ސިއްޙީމަރުކަޒު ބުނާގޮތުގައި އާންމުގޭގޭގައި ހަދާ ލޮލީ ފަދަ ތަކެތި މިދުވަސްކޮޅު ހެދުން ހުއްޓާލުމަށް އެފަރާތްތަކަށް މިހާރުވަނީ އެންގިފައި.އަދި އާންމު ސާފްތާހިރުކަމަށް ސަމާލްވުމަށްވެސް ވަނީ އެންގިފައި.
0 Comments:
Post a Comment