8/07/2007

ސަރުކާރު މުއައްޒިފުންނަށް އިންޒާރު...!

ށ. އަތޮޅު މަރޮށީ އޮފީގެ ވޮޗަރު ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް އެ ނިޒާމު ޕްރޮމޯޓު ކުރާތީ އޭނާ އަތޮޅު އޮފީހަށް ހާޒިރުކޮށް އިންޒާރު ދީފިއެވެ. އޭނާއަށް ވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ކެމްޕެއިން ކޮށްގެން ނުވާނެކަމަށް އަންގާ އިންޒާރުކޮށްފައެވެ.

މިއީ ކުރީގެ އިންތިހާބުތަކުގައިވެސް ސަރުކާރުން ބޭނުންކުރަމުން އައިސަފައިވާ ނުފޫޒެކެވެ. ވަކި ޕާޓީއަކަށް ތާއީދު ކުރާތީ ނުވަތަ ނުކުރާތީ މަގާމަށް ބުރޫއަރާފައި މީގެ ކުރީގައިވެސް އެބަހުއްޓެވެ.

ނަމަވެސް ސަރުކާރު މުއައްޒިފަކަށް ވީތީ ވަކި ނިޒާމަކަށް ތާއިދު ކުރާކަށް ނުޖެހޭނެއެވެ. މިނިވަން ކަމާއެކު އެމީހަކަށް ފެންނަ ރަނގަޅު ނިޒާމަކަށް ވޯޓު ދިނުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދޭން ޖެހޭނެއެވެ. މި މިނިވަންކަމަށް ރަށު އޮފީސްތަކުންވެސް އަދި އަތޮޅު އޮފީހުންވެސް ހުރަސް އަޅައިގެން ނުވާނެއެވެ.

2 Comments:

get-meee said...
This comment has been removed by the author.
get-meee said...

މިއީ އަދި މިކަން ވާންޖެހޭނެ ގޯތެއް ނޫންހެން ހީވަނީ! ހިތްވާރާއެކު މަސަތްމަތް ކުރުމުގާ ދެމިތިބުމަށް ށ.އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ގޮވާލަން!!!ސުކުރިއްޔާ