4/04/2008

ދޫނި ދެނެގަނެވޭ ޖީޕީއެސް އެއް ތައާރަފްކުރަނީ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

whatsnewGseries

ދޫނި ފަދަތަކެތި ދެނެގަނެވޭނެ ފަދަ ޖީޕީއެސްއެއް މެރިން އިކުއިޕްމަންޓް ސާރވިސްގެ ފަރާތުން ރާއްޖެއަށް ތަޢާރަފް ކުރަން ނިންމައިފި.

މިޖީޕީއެސް ތަޢާރަފް ކުރާގޮތަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލްމަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ބޯޓް ޝޯވގައި ކަމަށް މެރިން އިކުއިޕްމަންޓް ސާރވިސްއިން ބުނޭ. މިއީ މިހާރު މިކުންފުނީގެ ފަރާތުން ރާއްޖެއަށް ތަޢާރަފް ކުރަމުންދާ ރޭ މެރިންގެ އުފެއްދުމެއް. މީގެ ސަބަބުން މަސްވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އެކުންފުނިން ހާމަކުރޭ. އޭގެތެރޭގައި މަސްވެރިންނަށް ދޫނީގެ ސަބަބުން މަސްއައިން ހޯދަން ފަސޭހަވުމާ އަދި މަސްއައިން ހޯދަން ނުދުއްވާ މަސްއައިން އުޅޭ ސަރަޙައްދު ދެނެގަނެވި، ބޭނުންކުރަންޖެހޭ ތެޔޮ މަދުވުން ހިމެނޭ ކަމަށް އެކުންފުނިން ބުނޭ. މި ޖީޕީއެސްއިން ސައުވީސް މޭލުން ފެށިގެން އަށްޑިހަ ނުވަ މޭލާ ދޭތެރޭގެ ސަރަޙައްދެއް ބަލާލެވޭނެ ކަމަށްވޭ.

0 Comments: