4/01/2008

ސިވިލް ސާވިސް ގާނޫނަށް ރައީސް ހުށަހެޅުއްވި އިސްލާހުތައް ތަޅުމުން ބޭރުކޮށްލައިފި

ޚަބަރު: ޖަޒީރާ

ސިވިލް ސާވިސް ގާނޫނަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް ހުށަހެޅުއްވި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.

ސިވިލް ސާވިސް ގާނޫނުގެ ދަށުން ހިމާޔަތް ލިބިފައިވާ ގިނަ ބަޔަކު ރައީސް އޮފީހުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ބަލައިގަތުމަށް ފެންނަ ކަމަށް ލިބުނީ 24 ވޯޓެވެ. އިދިކޮޅަށް 13ވޯޓް ލިބުނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވަނީ 4 މެމްބަރުންނެވެ. އަދި ވޯޓްގައި ބައިވެރި ނުވަނީ 2 މެމްބަރުން ނެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ވަޒީރުންގެ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންނާއި ރައިސްގެ އެޑްވައިޒަރުންނާއި ކަތީބުންނާއި ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރުގެ މުވައްޒަފުންނާއި ސިވިލް ސާވިސްގެ ގާނޫނުގައި ނުހިމެނޭ ބައެއްގެގޮތުގައި ހެދުމަށެވެ. އަދި އަދުލު އިންސާފުގާއިމުކުރުމުގެ ބާރުގެ މުވައްޒަފުންނާއި ގާނޫނު ހެދުމުގެ ބާރުގެ މުވައްޒަފުންނާއި ދިވެހި ފުލުހުން ވެސް ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ބޭރުކުރުން ވެސް ރައީސް ފޮނުއްވި އިސްލާހުގައި ހިމެނެ އެވެ.

0 Comments: