ބޯހިމެނުން 2006 ގެ ޑޭޓާބޭހާއި އަތޮޅުތަކުގެ މައުލޫމާތުތައް ހިމެނޭ ސީޑީއެއް މިއަދު އިފްތިތާހު ކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ހަފްލާއެއްގައި މި ދެ ސީޑީ އިފްތިތާހް ކޮށްދެއްވަމުން ޕްލޭނިން މިނިސްޓަރ ހަމްދޫން ހަމީދް ވިދާޅުވީ އެފަދަ ސީޑީތައް ނެރުމުގެ ބޭނުމަކީ ބޯހިމެނުން ފަދަ މުހިއްމު މައުލޫމާތުތައް ވީހާވެސް ފަސޭހައިން އާއްމުންނަށް ދީ އޭގެ ބޭނުން ހިފޭނެ ގޮތް ހެދުން ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތުތައް ހިމެނޭ ޑޭޓާބޭސް ސީޑީގައި އަތޮޅުގެ އާބާދީ އާއި ވަކިވަކި މީހުންނާ ބެހޭ މައުލޫމާތާއި، އިތުރު ކަންތައްތަކާ ބެހޭ މައުލޫމާތު ހިމެނެއެވެ. އޭގެ އިތުރުން އަތޮޅުގެ ގްރާފާއި ސަމަރީ ސީޑީގައި ރާއްޖޭހެ ހުރިހައި އަތޮޅުގެ މައުލޫމާތު ހިމެނޭ ޕްރޮފައިލް އާއި އާބާދީއާއި ތަރައްގީގެ މައުލޫމާތާއި ގްރާފް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.
0 Comments:
Post a Comment