3/31/2008

ރައްޔިތުން ކަރަންޓް ދޭ ރަށްރަށަށް 110 މިލިއަން ރުފިޔާގެ ސަބްސިޑީސް އެއް ދޭން ނިންމައިފި

ޚަބަރު: ހަވީރު

ރައްޔިތުން އަމިއްލައަށް ކަރަންޓް ދޭ ރަށްރަށަށް 110 މިލިއަން ރުފިޔާގެ ސަބްސިޑީސް އެއް ދޭން އެނާރޖީ މނިސްޓްރީން ނިންމައިފި އެވެ. މިނިސްޓްރީގެ ނައިބު ވިދާޅުވީ ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ސަބްސިޑިސް ދިނުމަށް މިއަހަރު ހަމަޖެހިފައި ވަނީ އާއްމުންނާއި ސަރުކާރު ތަންނަނުން އެއް ރޭޓަކުން ފީނަގަން އެއްބަސްވާ ތަންތަނަށެވެ. އަދި ސަބްސިޑީސް ބެނުންވަ ރަށްރަށަށް މިހާރު އެކަން އަންގާފައި ވާނެކަމަށާއި ބައެއް ރަށް ރަށުން މިހާރު އެކަމަށް އެދެމުން ދާކަމަށް ވެސް އޭނާ ވިދާޅު ވިއެވެ.

މިނިސްޓްރީގެ ވެބް ސައިޓުގައި ހާމަކުރައްވާފައި ވާ ގޮތުގައި މި ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ފަހަރެއްގެ މައްޗަށް ބަހާލައިގެންނެވެ. އަދި ސުނާމީ އަށް ފަހު ކަރންޓް ހިންގއި ބެލެހެއްޓުމަށް ސަރުކާރުން ޑީސަލާއި ފައިސާ ފަދަ އެހީތެރިކަން ދެމުންދާ ރަށްރަށަށް ސަބްސިޑީސް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

މީގެ އިތުރުން މި ފައިސާ ލިބޭ ފަރާތްތަކުން، ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް އެނަރޖީ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީގެ ވެބް ސައިޓުގައި ވެއެވެ.

0 Comments: