4/08/2008

ކަނޑިތީމު އޮޑިޔެއް މާވަހަރެއް ހޮވައިފި

ޚަބަރު: މާއުނގޫދޫ.ކޮމް

މިލަދުންމަޑުލު ކަނޑިތީމު ބަޔަކު ކަނޑުމަތިން މާވަހަރެއް ހޮވައިފި އެވެ.

މި މާވަހަރު ހޮވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެރަށު ކާމިނީގޭ ހުސައިން ރަޝީގެ ބޮއްކުރައެއްގައި މަހަށް ދިޔަ 4 މީހުން ކަމަށް ބޮއްކުރާގެ ވެރިމީހާ މައުލޫމާތު ދެއެވެ. ހުސައިން ރަޝީދު މައުލޫމާތު ދެމުން ބުނެފައިވަނީ މި މާވަހަރަކީ 2 ކިލޯ 800 ގްރާމް ގެ ބަރުދަން ހުރި މާވަހަރެއް ކަމަށެވެ. އަދި މި މާވަހަރު ހޮވީ ބޮއްކުރާގައި ފަރުމަސް ބާނަން ރަށުގެ ބޭރުމައްޗަށް ނުކުމެ އުޅުނު 4 މީހުން ކަމަށް ބުނެފައި ވެއެވެ.

މި މާވަހަރުގެ ބޮޑު މިން އާދައިގެ ބޮނބި ކާއްޓެއް ވަރު ވާނެކަމަށް ހުސައިން ބުނެއެވެ. މި މާވަހަރު ވިއްކުމަށްޓަކައި މިއަދު ހެނދުނު މާލެ ގެނެވޭނެ ކަމަށާއި މާވަހަރު ވިއްކާނެ އަގު އަދި ކަނޑަނޭޅޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މިއީ ފަހުގެ ތާރީހެއްގައި އެރަށަށް މާވަހަރެއް ހޮވި ފުރަތަމަ ފަހަރެވެ.

0 Comments: