4/09/2008

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިމާރާތް ކުރެވުނު ފަސްދޮޅަސް ހަ ގެ މިއަދު ދިވެހި ސަރުކާރާހަވާލުކޮށްފި.

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ރެޑްކުރޮސް ސޮސައިޓީ އޮފް ޗައިނާ، އަދި ޗައިނާ ޗެރިޓީ ފެޑްރޭޝަން އެހީގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިމާރާތް ކުރެވުނު ފަސްދޮޅަސް ހަ ގެ މިއަދު ދިވެހި ސަރުކާރާހަވާލުކޮށްފިއެވެ.  ދިވެހި ސަރުކާރުގެ ފަރާތުން މިގެތަކާ ހަވާލުވެ ވަޑައިގަތީ މިނިސްޓާރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް އޮންރަބަލް އިބުރާހީމް ރަފީޤެވެ. އަދި މިގެތަށް މިއަދުވަނީ ދިވެހި ސަރުކާރުގެ ފަރާތުން ށ. އަތޮޅުގެ ރައްޔިތުންނާވެސް ހަވާލުކުރައްވާފައެވެ. މިގެތަކާ ށ. އަތޮޅުން ހަވާލުވެވަޑައިގަތީ އެއަތޮޅު އަތޮޅުވެރިޔާ އަހުމަދު ޤާސިމެވެ.

ފުނަދޫގައި ބޭއްވުނު މިރަސްމިއްޔާތުގައި މިނިސްޓާރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓްގެ އިތުރުން ހައުސިންގ އެންޑް އިންފުރާސްޓްރަކުޗާރ ރީޑިވެލޮޕްމަންޓް ހަމްދޫން ހަމީދާއި ރެޑްކުރޮސް ސޮސައިޓީ އޮފް ޗައިނާ އަދި ޗައިނާ ޗެރިޓީ ފެޑްރޭޝަން އިސްބޭފުޅުން ބައިވެރިވެފައިވެއެވެ. މިގެތަކަކީ ސްނާމީގައި ގެއްލުންލިބުނު ށ،އަތޮޅުގެ ފަރާތް ތަކަށް އެހީ ވުމުގެ ގޮތުން ފުނަދޫގައި އިމާރާތް ކުރެވިފައިވާ ގެތަކެކެވެ. މިނިސްޓާރ ހަމްދޫން ހަމީދުގެ ވާހަކަފުޅުގައި މިއަދަކީ ށ އަތޮޅުގެ ތަރައްގީއަށްޓަކާ އަތޮޅުން ކުރަމުންދާ މަސައްކަތް ތަކުގެ އެއް ނަތީޖާލިބިގެން ދާދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި ފުނަދޫއަކީ ތަރައްގީގައި ފަހި ފުރުޞަތުތަކެއް ގާއިމުވަމުންދާރަށެއް ކަމަށްވެސް ވިދާޅުވިއެވެ. ތިންހާސް އަކަފޫޓްގެ ގޯތީގައި އިމާރާތްކުރެވިފައިވާ މިގެތަކަކީ ތިންކޮޓަރިއާއި އެކު ބަދިގެ ހިމެނޭގޮތަށް އިމާރާތް ކުރެވިފައިވާ ގެތަކެކެވެ. ދެހާސްހަތްވަނައަހަރު ފެބުރުއަރީމަހު އިމާތްކުރުމުގެ މަސައްކަތް ފެށުނު މިގެތައް އެޅުމަށް ކޮންޓެކްޓް ކޮށް ފައިވަނީ ޗައިނާގެ ކުންފުއްޏެއް ކަމަށްވާ ސީނޯ ހައިޑްރޯ ކޯޕަރޭޝަން އޮފް ޗައިނާޔާއެވެ.

0 Comments: