ފޮޓޯ: އޭޕްރީލް 9، ފުނަދޫ: ށ. ފުނަދޫގައި ޗައިނާ ރެޑް ކްރޮސްއާއި، ޗައިނާ ޗެރިޓީ ފެޑްރޭޝަންގެ އެހީގައި ހިންގުނު ސުނާމީ ރިކަވަރީ ޕްރޮގްރާމުގައި އެޅި 60 ގެ ސަރުކާރާ މިއަދު ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރ ރަފީޤް (ކ) އެއަތޮޅު އަތޮޅުވެރިޔާ އަހުމަދު ޤާސިމު (ވ) އާ މިގެތަކުގެ ރަމްޒީ ތަޅުދަނޑި ހަވާލުކުރައްވަނީ
މިލަދުންމަޑުލު ދެކުނުބުރީ ފުނަދޫގެ ބިން ބޮޑުކުރުމުގެ މަޝްރޫއެއް ސަރުކާރުން ރާއްވަވަމުން އެބަގެންދަވާކަމުގައި ޕްލޭނިން މިނިސްޓަރ އަލްފާޟިލް ހަމްދޫން ހަމީދު ވިދާޅުވެއްޖެ. ފުނަދޫގައި ޗައިނާ ރެޑްކްރޮސްގެ ފަރާތުން އިމާރާތްކުރި ސުނާމީ ގެތަކުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި އެރަށުގައި މިއަދު އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފަންސާސް ހަތަރު ހެކްޓަރުގެ ބިން އެރަށަށް އިތުރުވެގެންދާނެކަމަށް. ފުނަދޫގެ އަރބަންއޭރިޔާގެެ އުމްރާނީ ބައި ފުރިހަމަވެގެންދާއިރު ޓްރާންސިޓް ހޮޓަލަކާއި ވައިގެބަނދަރަކާއި އަދި އެރަށާއި އިންވެގެންވާ ފަޅުރަށުގައި ރިސޯޓެއް ހެދުމަށްހަމަޖެހިފައިވޭ. ވައިގެ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސްއާއި ހަވާލުކުރައްވާފައި. ރަށުގެ ނަރުދަމާއާއި ކަރަންޓް ވިއުގައާއި ބަނދަރު ހެދުމުގެ މަސައްކަތްވެސް ތަރައްގީކުރައްވަން ހަމަޖައްސަވައި ބައެއް މަސައްކަތް މިހާރުވަނީ ފެށުމުގެ މަރުހަލާއާއި ކައިރިއަށްގޮސްފައި.އަލްފާޟިލް ހަމްދޫން ހަމީދު ވިދާޅުވީ ފުނަދުއަށް އިތުރުކުރެވޭ ބިމުގައި ވަޒަންވެރިވުމުގެ ފުރުސަތު އެހެން ރަށްރަށުގެ މީހުންނަށް ހުޅުވާލެއްވޭނެކަމަށާއި އެއަތޮޅު ކޮމަންޑޫ ރައްޔިތުންގެ ބައެއް ފަރާތްތަކުން ރަށުން ބަދަލުވުމަށް އެދި ސަރުކާރާއި ވާހަކަދައްކަމުންދާތީ އެމީހުންނަށްވެސް އެފުރުސަތު އޮންނާނެކަމަށް ވިދާޅުވި.
0 Comments:
Post a Comment