4/17/2008

ޅައިމަގުގައި ހުވަނީގެ އުދަގޫ ބޮޑުގެން އާންމުން މިކަމުގެ ޝަކުވާ ކުރަމުންދާކަމަށް އެރަށުއޮފީހުން ވިދާޅުވެއްޖެ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ހުވަނީގެ އުދަގޫ ބޮޑުގެން އާންމުން މިކަމުގެ ޝަކުވާ ކުރަމުންދާކަމަށް އެރަށުއޮފީހުން ވިދާޅުވެއްޖެއެވެ. އެރަށު ސިއްހީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި ހަތަރު މީހުން މިހާތަނަށް މިކަމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާފައިވެއެވެ. މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ހުވަނި ސްޕްރޭ ލިބޭނެ ކަމަށް ލަފާކުރެވޭކަމަށާއި ބޭސް ލިބުމާއެކު ސްޕްރޭ ކުރަން ފެއްޓުމަށް ހަމަޖެހިފައިވާކަމަށް އެރަށު އޮފީހުން މައުލޫމާތުދެއްވައެވެ.
ޅައިމަގުގެ ހުރިހާސަރަހައްދަކަށް ހުވަނީގެ އަސަރު ކޮށްފައިވާއިރު އެންމެބޮޑަށް ހުވަނި ފެތުރިފައިވަނީ ރަށުގެ އުތުރުފަރާތަށް ކަމަށް އެރަށު އޮފީހުން މައުލުމާތުދެއެވެ. މިގޮތުން އެ ހިސާބުތަކުގެ މަގުތަކުގެ އިތުރުން ގޭގެއަށް ވެސް ހުވަނީގެ އުދަގޫ ފޯރަމުން ދާކަމަށް އެރަށު އޮފީހުން މައުލޫމާތުދެއެވެ. މިދިލިގަހުގައި ހުވަނި ބޮޑަށް އަށަގަނެފައިވާއިރު ޖަބުރޯލް ގަސްފަދަ މޭވާ ގަސްގަހަށްވެސް ހުވަނި އަރަމުން ދާކަމަށާއި ހުވަނި ކޮންޓްރޯލް ކުރުމަށްޓައި އާންމުން ސެލްޓެކްސް ފަދަ ބައެއް ސްޕްރޭތައް ބޭނުން ކުރަމުންދާކަމަށް އެރަށުގެ ބައެއް އާންމު ފަރާތްތަކުން މައުލޫމާތުދެއެވެ.ރަށު އޮފީހުން ބުނަނީ ހުވަނި މިހާރު މިހާއިތުރުވި ސަބަބެއް ކަމުގައި ބެލެވޭނީ ހޫނުގަދަވެ ވަރާރޭ ނުވެހޭ ތީކަމަށެވެ.

0 Comments: