4/27/2008

ބިލެއްފަހީގައި ފެތުރެމުންދިޔަ ހުމުގެ ރޯގާ މިހާރު މުޅިން ކޮންޓްރޯލް ވެފައިވާކަމަށް އެރަށު ސިއްހީމަރުކަޒުން ބުނެފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީގައި ފެތުރެމުންދިޔަ ހުމުގެ ރޯގާ މިހާރު މުޅިން ކޮންޓްރޯލް ވެފައިވާކަމަށް އެރަށު ސިއްހީމަރުކަޒުން ބުނެފި. ތިރީހަށް ވުރެ ގިނަ މީހުންނަށް މިހުންޖެހިފައިވާ ކަމަށް އެމަރުކަޒުން ބުނޭ. ބިލެއްފަހީ ސިއްހީމަރުކަޒުން މައުލޫމާތުދޭދޮތުގައި މިހާރު އެމަރުކަޒުގައި އެޑްމިޓްކުރެވިފައިވާ އެންމެންވެސް ވަނި ދޫކޮށް ލެވިފައި . މި ހުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ބަލިޖެހުނު އެންމެން މަރުކަޒަށްގެނެސް ހުންތިރިވަންދެން އެޑްމިޓްކޮށް ފަރުވާ ދެވިފައިވާކަމަށް ބިލެއްފަހީ ސިއްހިމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ލުމްނާ އަބުދުލް ހަކީމް ވިދާޅުވި.މިހުން ކޮންޓްރޯލް ކުރުމަށްޓަކައި އަތޮޅު ހޮސްޕިޓަލްގެ ޓީމެއްވެސް އެރަށަށް ވަނީ ޒިޔާރާތް ކޮށްފި. މިޓީމުން މީކިހިނެއްފެތުރޭ ކޮންބާވަތެއްގެ ހުމުގެ ރޯގާއެއްތޯބަލާ މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ފޮގުކޮށ، އާންމުސާފްތާހިރުކަން އިތުރުކުރުމާބެހޭގޮތުން ރައްޔިތުންނަށްމައުލޫމާތުވަނީ ދީފައި. އަދި މީގެ އިތުރުން ބިލެއްފަހީ ސިއްޙީމަރުކަޒު އާންމުގޭގޭގައި ހަދާ ލޮލީ ފަދަ ތަކެތި ހެދުން ހުއްޓާލުމަށް އަންގާފައިވާ އެންގުން އަދި ބާތިލުނުކުރާ ކަމަށް އެމަރުކަޒުން ވިދާޅުވި. އެއީ މިހުމުގެ ރޯގާ ކޮންޓްރޯލް ވެފައިވީނަމަވެސް އަދި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން މިހުމުން ރައްކާތެރިވުމަށް މިދުވަސްވަރު މިބާވަތުގެ ތަކެތިހެދުން އެހާރަގަޅު ކަމެއް ކަމުގައި ނުފެންނާތީކަމަށް ބިލެއްފަހީ ސިއްޙީމަރުކަޒުން ވިދާޅުވި

0 Comments: