4/27/2008

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށައެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަ - ށ ފުނަދޫ ޕޮލިސް ސްޓޭޝަން

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ޕޮލިސް ސްޓޭޝަނަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ޑްރަގްގެ މައްސަލަކަމަށް އެސްޓޭޝަނުން ހާމަކޮށްފި. މިގޮތުން ދެހާސް ހަތްވަނަ އަހަރުގެ ނިޔަލަށް މަސްތުވާތަކެތީގެ ސޯޅަ މައްސަލައެއް ހުށައެޅިފައިވާއިރު މިއަހަރުގެ މިހާތަނަށްވެސް މަސްތުވާތަކެތީގެ ތޭރަ މައްސަލައެއް ހުށައެޅިފައިވާ ކަމަށް އެސްޓޭޝަނުން ހާމަކުރެއްވި.
ފުނަދޫ ޕޮލިސްސްޓޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި ދެހާސް ހަތްވަނައަހަރު ޖުމްލަ ފަސްދޮޅަސް އެއްމައްސަލަ އެސްޓޭޝަނަށް ހުށައެޅިފައިވާއިރު މިއަހަރުގެ މިހާތަނަށް ޑްރަގުގެ ތޭރަމައްސަލައިގެއިތުރުން ޖެނެރަލް އިންވެސްޓިގޭޝަންޔުނިޓަށް ހުށައެޅިފައިވާ އަށް މައްސަލައާއި، ސީރިއަސް އޮގައިޒް ޔުނިޓަށް ހުށައެޅިފައިވާ ފަސްމައްސަލަ، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް ހުށައެޅިފައިވާ ހަތަރު މައްސަލައިގެ އިތުރުން ޓްރެފިކް ޕްލިސް ޔުނިޓަށް ހުށައެޅިފައިވާ މައްސަލައަކާ އެކުޖުމްލަ ތިރީސް އެއްމައްސަލަ މިއަހަރުގެ މިހާހިސާބަށް އެސްޓޭޝަނަށް ވަނީ ހުށައެޅިފައި. މިހުރިހާ މައްސަލަތަކުގެ ނިސްބަތުންވެސް ހުސްވިއަހަރަށްވުރެ އިތުރު އަދަދެއް ކަމަށް އެފަރާތުން ހާމަކުރެއްވި. ށ،އަތޮޅުން ކުށްމަދު ކުރުމަށްޓަކައި ފުނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަވަނީ އާންމުންނާއި ގުޅިގެން ޕްރޮގުރާމްތަކެއް ހިންގަވަމުން.

0 Comments: