ޚަބަރު: ދިވެހިރާއްޖޭގެ އަޑު
މިލަދުންމަޑުލު އުތުރުބުރީ އެއަރ ޕޯޓް އަޅާސަރަހައްދުގެ އީ،އައި،އޭ ހަދާ ފަރާތުން ފުނަދޫގައި ބައްދަލުވުމެއް ބާއްވައިފި. މިބައްދަލުވުމުގައި ފުނަދޫގެ ވިޔަފާރިވެރިންނާއި މަސްވެރިން އަދި ސަރުކާރުގެ އޮފީސް ތަކުގެ އިސްވެރިންގެ އިތުރުން ރކ ކޮމެޓީން ވަނީ ބައިވެރިވެފައި.
މިބައްދަލުވުމުގައި އީ،އައި، އޭ ޓީމުން އެއްކޮށްފައިވާ މައުލޫމާތުތަށް ފުނދޫގެ މިފަރާތްތަކާ ހިއްސާކޮށް އެމީހުންގެ މަސްވަރާވެސްވަނީ ހޯދާފައި. އަމިއްލަ ކޮންސަލްޓޭންޓަކުން ހަދާމި އީ،އައި،އޭ ގައި އިއްޔެވަނީ އެސަރަހައްދުގެ އޮއިވަރާ، ތަފާތު ހިސާބުތަކުގެ ފުންމިން ހުރިނެއް ގޮތް ބެލުމުގެ ސާވޭއެއް ކޮށްފައި.
ރޭފުނަދޫ އޮފީހުގައި ކުރިއަށް ދިޔަ މިބައްދަލު ވުމުގައި ވާހަކަދެކެވިފައިވާގޮތުން ކުރިއަށް މިއޮތް ތިންމަސްދުވަހުގެ ތެރޭގައި އެރަޕޯޓް ގެ އަމަލީމަސައްކަތް ފެށޭވަރު ވާނެކަމަށް ލަފާކުރެވޭ. ށ، އަތޮޅުގައި އެއަރޕޯޓް އެޅުމަށް ހަމަޖެހި ފައިވަނީ ފުނަދޫއާއި ފަރުކޮޅާއިދެ މެދުގައިވާ ފަޅުން ބައެއް ހިއްކައިގެން. އެ ސަރަހައދުގެ ބިން ހިއްކާއިރު ގެދެރޮ އެޅުމަށްޓަކައިފުނަދޫގެ ތަފާތު ހަތަރު ސަރަހައްދަކުން ފަންސާސް ހަތަރު ހެކްޓާރގެ ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައި، މީމިހާރުގެ ފުނަދޫގެ ތިންބައި ކުޅަ ދެބައިވަރުގެ ދަރަހައްދެއް. މިއެއަރ ޕޯޓާއިއެކު ޓާންސިޓް ހޮޓަލަކާ، އެއަރ ޕޯޓް ހޮޓަލެއްވެސް އެޅުމަށް ހަމަޖހިފައިވޭ. އަދި ފަރުކޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ހޮޓާވެސް ކުރިއަށް މިއޮތް ދެހަފްތާތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް އެފަރާތުން ވަނީ ވިދާޅުވެފައި.
މިބައްދަލުވުމުގައި އެރަޕޯޓް ފުނަދޫއާއި ފަރުކޮޅާއި ދެމެދު ހުރަހައްއޮތުމުން އޮއިވަރަށް އަންނަ ބަދަލަކާހުރެ ކުރިމަތިވެދާނެ މައްސަލަތަކެއް އޮތްތޯއާއި، މިގޮތަށް އެއާޕޯޓް އޮތުމުން މުސްތަގުބަލްގައި ފުނަދޫގެ ބިން ބޮޑުކުރެވޭނެ ގޮތް ތަކާ ބެހޭގޮތުން ވަނީ ހިޔާލް ބަދަލުކޮށްފައި. މިއެއަރޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުން ފުންޏެއްކަމަށްވާ އެއިމްސް އާ.
0 Comments:
Post a Comment