ޣިޔާޘުއްދީން ސްކޫލުގެ 12 ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ށ. މިލަނދޫ ދާއުދު ހުސައިން މަދަނީ ކޯޓުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ ވަޒީފާއިން ވަކިކޮށްފާ ވާތީ މިނިސްޓްރީން އޭނާގެ ހައގުތަކެއް ނިގުޅައިގެންފައިވާކަމަށް ބުނެ އެ ކަމުގެ ބަދަލު ހޯދުމަށެވެ. އޭނާ ހުށަހަޅާފައިވަނީ ގަވައިދާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފާ ވާތީ، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން މުސާރައާއި އިތުރު އިނާޔަތްތައް ހޯދުމަށާއި އޭނާގެ ވަޒީފާ އަނބުރާ ހޯދުމަށެވެ.
ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރު މުއައްޒަފުންގެ ގަވައިދުގެ ދަށުންނާއި، ކުޑަކުދިންނާބެހޭ ގަވައިދުގެ 16 ވަނަ މާއްދާގެ ދަށުން ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެއެވެ. މީގެ އިތުރުން އޭނާ ވަކިކުރުމުގެ ކުރިން، އެހެން ވަޒީފާއެއް ހޯދުމަށް އަންގާފައިވާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
0 Comments:
Post a Comment