5/13/2008

ށ. ކަނޑިތީމު އޮފީހުގައި ކޮރަޕްޝަން

ށ. ކަނޑިތީމު އޮފީހުގައި ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ކަންތައްތަކެއް ހުރުމުން އެކަންކަން އިސްލާހު ކުރުމަށް އެންޓި ކޮރަޕްޝަން ބޯޑުން ކަނޑިތީމު އޮފީހަށް އަންގައިފި އެވެ.

އެންޓީ ކޮރަޕްޝަން ބޯޑާ ހަވާލާދީ އާފަތިސް ނޫހުގައި ލިޔެފައި ވަނީ ކަނޑިތީމު އޮފީހުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަ ވެފައި ވަނީ އެރަށު އޮފހާއި ރައްޔިތުނަގެ ފައިސާގެ ހިސާބުތައް އެންޓި ކޮރަޕްޝަން ބޯޑުން ބެއްލެވި އިރު، ރައްޔިތުންގެ ސައިބަރ ކެފޭއަށް ލިބެންވާ ފައިސާ ހަމައަށް ނުލިބި ހުރުމާއި ރައްޔިތުނަގެ ފައިސާގެ ހިސާބު ގަވައިދުން އިއުލާން ކުރައްވަމުން ނުގެންދަވާކަން ފާހަގަ ކުރެއްވުމުންނެވެ.

އެހެންކަމުން ރައްޔިތުންނަށް ލިބެންވާ ފައިސާގެ މައްސަލަ ރ. ކ. ކޮމިޓީއާ މަޝްވަރާ ކުރައްވައިގެން ނިންމެވުމަށް ފަހު އެނންޓި ކޮރަޕްޝަން ބޯޑަށް އެންގެވުމަށް ކަނޑިތީމު އޮފީހަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ފައިސާގެ ހިސާބު ގަވައިދުން ރައްޔިތުންނަށް އަންގަވަމުން ގެންދެވުމަށް ކަނޑިތީމު އޮފީހަށް ވަނީ އަންގާފައެވެ.

ކަނޑިތީމު އޮފީހުގެ ފައިސާއަށް އޮފީހުގެ ނުއައްޒިފަކު ހިޔާނާތްތެރި ވި ކަމުގެ ވާހަކަތަކެއް ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ދެކެވުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ ބަޔަކު، އެ މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ އަހަރު ވަނީ އެންޓި ކޮރަޕްޝަން ބޯޑަށް ޕެޓިޝަނެއް ލާފައެވެ. މިކަމާ ގުޅޭ ހަބަރު ވިދާޅުވޭ.

0 Comments: