5/18/2008

މަސްވެރިކަން ދައްވެފައިވާތާ މަހަކަށްވުރެ ގިނަދުވަސްވެފައި ވާކަމަށް ބައެއް މަސްވެރިން ބުނެފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މަސްވެރިކަން ދައްވެފައިވާތާ މަހަކަށްވުރެ ގިނަދުވަސްވެފައި ވާކަމަށް ބައެއް މަސްވެރިން ބުނެފި. މިލަދުންމަޑުލު އުތުރުބުރީގައި މަސްވެރިކަން ކުރާބައެއްރައްރަށުގެ އޮފީސްތަކުން ބުނާގޮތުގައި މިދުވަސްވަރު މަސްވެރިކަން ދައްވެފައިވުމުން ގިނަމަސްވެރިން ދަނީ އޮޑިފަހަރު މަރާމާތު ކުރުމާއި އެވެރިންގެ ގޭގޭގައި ހުންނަ މަސައްކަތްތައްކުރަމުން.އަތޮޅުގައި މަސްވެރިކަމަށް ފާހަގަ ކުރެވޭ ކޮމަންޑޫ ފޯކައިދޫ ކަނޑިތީމް އަދި ފުނަދޫގެ އޮފީހުން ބުނާގޮތުގައިވެސް މިދުވަސްވަރު މަސްވެރިކަން ވަރަށް ދަށް. ބައެއް މަސްވެރިން ބުނާގޮތުގައި މިހާރު ކަންނެލި މަސްވެރިކަން އެއްގޮތަކަށްވެސް ނެއް. ނަމަވެސް ފަރުމަސްވެރިކަން އާދައިގޮތެއްގައި ރަނގަޅު. މަސްވެރިކަން ދައްވެގެން މިއުޅެނީ މޫސުމަށް އަންނަ ބަދަލު ތަކުން ކަމަށް ލަފާކުރެވޭކަމަށް ފުނަދޫގެ މަސްރިއެއްކަމަށްވާ ހުސައިން ވަހީދުބުނޭ. އަދި ތެލުގެ އަގުތަށް ހުންނަ ގޮތުން މަސްހޯދުމަށް ނުދުއްވޭނެ ކަންވެސް އޭނާ ފާހަގަ ކުރި. މަސްވެން ބުނާގޮތުގައި މިހާރު ބެވޭ މަސްކޮޅު އަތިރިމަތިން ވިކި ހުސްވޭ . ކުރިއާއި ހިލާފަށް މިހާރުމަހުގެ އަގުތަށް ވަނީ ބޮޑުވެފައި. މިގޮތުން ފަސްރުފިޔާއަށް ކުރިން ލިބޭ ލައްޓި ރާގޮޑި މިހާރު އުޅެނީ ދިހަރުފިޔާއާއި ފަނަރަ ރުފިޔާ ޔާ ދޭތެރޭ އަގެއްގައި

0 Comments: