މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ށ. ނޫމަރާ އޮފީސް ބަންދު ކުރިޔަނުދީ އެރަށުގެ ބަޔަކު ނުކުމެ ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އިއްޔެ (25 މެއި) ވަނީ އޮފީސް ދޫކޮށްލާފައެވެ. އޮފީސް ދޫކޮށްލި އިރު އެއްވެސް ކަމަކަށް އެދިފައި ނުވާކަމަށް އަތޮޅު އޮފީހުން ބަޔާންކުރެއެވެ.
އޮފީސް ހިސޯރު ކުރަން ދިމާވި ސަބަބެއް ކަމަށް އެރަށުގެ ފަރާތްތަކުން ބުނެފައި ވަނީ އިންޖީނުގޭގެ ހިސާބު ބެލެހެއްޓުމުގައި އޮފީހުން އިހުމާލު ވެފައި ވުމެވެ. އަދި ނޫމަރާގެ ގިނަޒުވާނުންގެތެރެއިން ބަޔަކު، އެރަށު އިންޖީނުގެއަށް ލިބޭ އާމްދަނީން ގެއްލުންވަނީ ކީއްވެތޯ ބަލަން ރަސްމީކޮށް އެދުމުން، ރަށުއޮފީހުން އެކަމަށް އެއްބަސްވެ، އެކަން ބެލުމަށް ފެށިމަސައްކަތަށް ކަތީބުގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވުމުން ކަމަށްއެރަށު ރކ ކޮމެޓީން ބުނެއެވެ. ނަމަވެސް ކަތީބު ވިދާޅުވީ އެބޭފުޅުން އެދުނު ކަމެއްވިއްޔާ ކަތީބު ކޮށް ދެއްވާފައި ވާނެކަމަށެވެ. މީގެ އިތުރުން ކަތީބު ގޭގެ ކަރަންޓް ފީ ގަވައިދުން ދައްކަމުން ނުދާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އޮފީސް ހިސޯރު ކުރުމަށް ފަހު، ރައްޔިތުން، އިންޖީނުގޭގެ ހިސާބުތައް އޮޑިޓް ކޮށްދިނުމަށް އަތޮޅު އޮފީހުން ޓީމެއް ފުނުވައި ދިނުމަށް އެދުމުން އަތޮޅު އޮފީހުން ދެއްވާފައިވާ ޖަވާބަކީ "ރައްޔިތުން އެދުނެއްކަމަކު ޓީމެއް ނުފޮނުވޭނެކަމަށާއި އޮފީހުގެ ހިޞާރު ދޫކުރުމުން އެކަންތަށްތަށް ބަލައިދޭނެ" ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ޚަބަރުތައް.
ށ. ނޫމަރާ އޮފީހުގެ ހިސާރު ދޫކޮށްލައިފި
އިންޖީނުގެ ފައިސާއަށް ނޫމަރާ ކަތީބު ހިޔާނަތްތެރިވާ ކަމަށް ބުނެ އެރަށު ބަޔަކު ނުކުމެ އޮފީސް ބަންދުކުރިޔަ ނުދީ ހިފަހައްޓައިފިނޫމަރާ އޮފީސް ހިސޯރުކުރުން ދޫކޮށްލައިފ
ނޫމަރާ އޮފީސް ހިސޯރުކުރި މައްސަލަ: 6 ދުވަހަށް ފަހު އެއްވެސް ޝަރުތެއް ނެތި އޮފީސް ދޫކޮށްލައިފި
0 Comments:
Post a Comment