6/15/2008

ބިލެތްފަހީ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި

ބިލެތްފަހީ ބަނދަރު ހެދުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށައިފިއެވެ. ބިލެއްފައްސަކީ ފަޅު ބޮޑު ނަމަވެސް ފަޅު ތިލަވުމުގެ ސަބަބުން ލަފާ ފުރުމުގެ ދަތިކަން ވަރަށް ބޮޑަށް އިހްސާސްކުރާ ރަށެކެވެ. އެހެން ކަމުން ފަޅު ކޮނުމުގެ މަސައްކަތަކީ އެރަށު ރައްޔިތުން ނިހާޔަތަށް އެދިއެދި ތިބި ކަމެކެވެ.

200 ފޫޓާއި 300 ފޫޓުގެ ސަރަހައްދެއް ކޮނުމަށް ހަމަޖެހިފާ ވާ އިރު އެރަށުގެ ރައްޔިތުން މުޅިން ހިތްހަމަ ނުޖެހޭ ކަމަކީ ކޮންނަން ކަނޑައަޅާފައިވާ ވަރު ކުޑަވުމެވެ. ރަށުގެ އާާދީގައި 600 އެއް ހާ މީހުން އުޅޭ މިރަށުގައި ގާތްގަނޑަކަށް 17 ކަނޑު އުޅަނދު އޮވެއެވެ.

0 Comments: