6/15/2008

ފުނަދޫގައި ހިންގި ބަދުއަޚުލާޤީ އަމަލު؛ ކޮނުނު ވަރަކަށް ފަސް ގިނަވަނީ.

ފުނަދޫގައި ދާދި ފަހުން ފެންމަތިވި ބަދުއަޚުލާޤީ މައްސަލަ ތަހުގީގު ކުރަމުން ދާވަރަކުން އޭގެތެރޭގައި ބައިވެރިވެފައިވާ އިތުރު ފަރާތްތައް ފެންނަމުން ދާކަމަށް ފުލުހުން ހާމަ ކުރައްވާފިއެވެ. މިހާތަނަށް ހޯދި ހޯދުމުން މިކަމުގެ ދެ ނެޓްވޯކެއް ވަނީ ތަހުގީގަށް ސާބިތުވެފައެވެ. އަދި މި ދެ ނެޓްވޯކް މަސައްކުރަނީ އެއް ނެޓްވޯކާ އަނެއް ނެޓްވޯކް ގުޅިގެން ނޫން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާރަކަށް އައިސް ބަދުއަޚުލާޤީ މައްސަލަތައް، ޚާއްސަކޮށް ކުޑަކުދިން ނާ އެކު ބަދުއަޚުލާޤީ އމަލު ހިންގުމުގެ މައްސަލަ ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވަމުން އަންނަ ކަމަށް ފާހަގަ ކުރެވެއެވެ. މިކަމަކީ ހުރިހައި މީހުންވެސް ސަމާލުވެ، ވިސްނާ، ރައްކާތެރި ވާން ޖެހޭ ކަމެކެވެ. ތިމާގެ އަމިއްލަ ދަރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ޒިންމާ އެކެވެ.

0 Comments: