ބޯހިމެނުން 2006 ގެ ޑޭޓާބޭހާއި އަތޮޅުތަކުގެ މައުލޫމާތުތައް ހިމެނޭ ސީޑީއެއް މިއަދު އިފްތިތާހު ކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ހަފްލާއެއްގައި މި ދެ ސީޑީ އިފްތިތާހް ކޮށްދެއްވަމުން ޕްލޭނިން މިނިސްޓަރ ހަމްދޫން ހަމީދް ވިދާޅުވީ އެފަދަ ސީޑީތައް ނެރުމުގެ ބޭނުމަކީ ބޯހިމެނުން ފަދަ މުހިއްމު މައުލޫމާތުތައް ވީހާވެސް ފަސޭހައިން އާއްމުންނަށް ދީ އޭގެ ބޭނުން ހިފޭނެ ގޮތް ހެދުން ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތުތައް ހިމެނޭ ޑޭޓާބޭސް ސީޑީގައި އަތޮޅުގެ އާބާދީ އާއި ވަކިވަކި މީހުންނާ ބެހޭ މައުލޫމާތާއި، އިތުރު ކަންތައްތަކާ ބެހޭ މައުލޫމާތު ހިމެނެއެވެ. އޭގެ އިތުރުން އަތޮޅުގެ ގްރާފާއި ސަމަރީ ސީޑީގައި ރާއްޖޭހެ ހުރިހައި އަތޮޅުގެ މައުލޫމާތު ހިމެނޭ ޕްރޮފައިލް އާއި އާބާދީއާއި ތަރައްގީގެ މައުލޫމާތާއި ގްރާފް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.
3/31/2008
ބޯހިމެނުން 2006 ގެ ތަފްސީލް މައުލޫމާތު ހާމަކޮށްފި
ރައްޔިތުން ކަރަންޓް ދޭ ރަށްރަށަށް 110 މިލިއަން ރުފިޔާގެ ސަބްސިޑީސް އެއް ދޭން ނިންމައިފި
ރައްޔިތުން އަމިއްލައަށް ކަރަންޓް ދޭ ރަށްރަށަށް 110 މިލިއަން ރުފިޔާގެ ސަބްސިޑީސް އެއް ދޭން އެނާރޖީ މނިސްޓްރީން ނިންމައިފި އެވެ. މިނިސްޓްރީގެ ނައިބު ވިދާޅުވީ ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ސަބްސިޑިސް ދިނުމަށް މިއަހަރު ހަމަޖެހިފައި ވަނީ އާއްމުންނާއި ސަރުކާރު ތަންނަނުން އެއް ރޭޓަކުން ފީނަގަން އެއްބަސްވާ ތަންތަނަށެވެ. އަދި ސަބްސިޑީސް ބެނުންވަ ރަށްރަށަށް މިހާރު އެކަން އަންގާފައި ވާނެކަމަށާއި ބައެއް ރަށް ރަށުން މިހާރު އެކަމަށް އެދެމުން ދާކަމަށް ވެސް އޭނާ ވިދާޅު ވިއެވެ. މިނިސްޓްރީގެ ވެބް ސައިޓުގައި ހާމަކުރައްވާފައި ވާ ގޮތުގައި މި ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ފަހަރެއްގެ މައްޗަށް ބަހާލައިގެންނެވެ. އަދި ސުނާމީ އަށް ފަހު ކަރންޓް ހިންގއި ބެލެހެއްޓުމަށް ސަރުކާރުން ޑީސަލާއި ފައިސާ ފަދަ އެހީތެރިކަން ދެމުންދާ ރަށްރަށަށް ސަބްސިޑީސް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. މީގެ އިތުރުން މި ފައިސާ ލިބޭ ފަރާތްތަކުން، ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް އެނަރޖީ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީގެ ވެބް ސައިޓުގައި ވެއެވެ.
3/29/2008
ކަރަންޓް ފީ ނެގުމުގައި ގިންތިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ.
ޚަބަރު: ދިވެހިރާއްޖޭގެ އަޑު ކަރަންޓް ފީނެގުމުގުމުގައި ގިންތިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އޮފީހުން ހާމަކުރައްވައިފި އެވެ. މިގޮތުން ދުއިސައްތަ ޔުނިޓަށްވުރެ އިތުރަށް ބޭނުންކުރާ ކަރަންޓަށް ފީ ނެގުމުގައި ބަދަލުތަކެއް ގެނައުމަށް އެނރާޖީ މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށް ފުނަދޫ އޮފީހުން ވިދާޅުވިއެވެ. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި މިހާރު ކަރަންޓް ފީ ނެގެމުން ދަނީ ޔުނިޓަކަށް ތިންރުފިޔާ ބައި ގެ ރޭޓުންނެވެ. ގެންނަން މަސައްކަތް ކުރާ މިބަދަލުގެ ސަބަބުން އާންމުންގެ އަތުން ނެގޭ ކަރަންޓް ފީއަށް ބަދަލް ނާންނާނެ ކަމަށް ފުނަދޫ ބޮޑުކަތީބު އަހުމަދު ނަޝީމް ވިދާޅުވިއެވެ. މިފަދަ ބަދަލެއް ގެންނަން ނިންމީ ތެލުގެ އަގު މަތިވަމުން ދާތީކަމަށްވެސް ވަތީބު ވިދާޅުވިއެވެ. މިގޮތަށް ކަރަންޓް ފީނެގުމުގައި އޭޕްރީލް މަހުން ފެށިގެން އަމަލުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް ފުނަދޫ އޮފީހުން ބުނެއެވެ.
3/27/2008
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި ބަލިތައް އިތުރުވަމުންދޭ – ހެލްތް
ޚަބަރު: މިއަދު ނޫސް މޫސުމަށް އަންނަމުންދާ ބަދަލުތަކުން ރާއްޖޭގައި ބަލިތައް އިތުރުވަމުން ދާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފި އެވެ. ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަދި ފެނާއި ނަރުދަމާގެ ނިޒާމުންނާއި، ގޭގައި އުފެދޭ ކުނިބުނީގެ ސަބަބުން އެކި ވައްތަރުގެ ހަމުގެ ކެންސަރާއި ލޮލުގެތަފާތު ބަލިތަކާއި ޑެންގީ ހުމާއި ބޭރަށް ހިންގުންވެސް 2004 ވަނަ އަހަރުން ފެށިގެން އިތުރުވަމުން އަންނަ ކަމަށް، ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ދަށުން މިއަހަރު ހިންގަން ހަމަޖެހިފައިވާ ހަރަކާތްތައް ހާމަކުރުމަށް ބޭއްވި ނޫސްކޮންފަރެންސެއްގައި ހެލްތުން ހާމަކުރެއްވި އެވެ. ރަށް ގިރުމާއި، ސާފު ފެން މަދުވުމާއި، ސާފު ފެން ނުލިބުމަކީ ވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި އަދި ސިއްހީ މައްސަލަތައް އިތުރުކުރާނެ ސަބަބުތަކެއް ކަމަށް ވެސް މި ނޫސް ކޮންފަރެންސަގައި ހާމަކުރެއްވިއެވެ.
3/26/2008
ނަރުދަމަގެ ނިޒާމް ގާއިމްކުރާނެ ރަށްތައް ކަނޑައަޅާނީ ކިހިނެތް؟
ދެމެހެއްޓެނިވި ނަރުދަމަ ނިޒާމަކާއި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ނިޒާމެއް ރާއްޖޭގެ ހުރިހައި ރަށަކަށްވެސް މިއަދު ނިހާޔަތަށް ބޭނުންވެއެވެ. ސަލާމަތް ސިއްހަތެއްގައި ދެމިތިބުމަށް ޓަކައި މި ދެ ހިދުމަތް ލިބުން ކޮންމެހެން ލާޒިމެވެ. މިއަހަރުގެ ތެރޭގައި ނަރުދަމާގެ ނިޒާމު 64 ރަށެއްގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ތިމަވެއްޓާ ބެހޭ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އަދި މިކަމަށް ރަށްތައް ހޮވާނީ އެކި މިނިސްޓްރީތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ބަޔާން ކޮށްފައި ވެއެވެ. މިފަދަ ހިދުމަތަކަށް ރައްޔިތުން ނުހަނު ބޭނުން ޖެހިފައި ވާއިރު، މިފަދަ ހިދުމަތަކަށް ރަށްތައް އައްޔަންކުރާއިރު، ހަމައެކަނި މިނިސްޓްރީތަކުގެ ވެރިންނާ މަޝްވަރާ ކޮށް މުޅިން ނިންމުމުގެ ބަދަލުގައި، ރައްޔިތުންނަށްވެސް ފެންނަ ގޮތަށް މިންގަނޑެއް އޮވެފައި، އެ މިންގަނޑަށް ފެތޭ ރަށްތަކެއް ހޮވައި، އެ ރަށްތަކަށް މި ހިދުމަތް ދިނުން ކިހިނެތް ވާނެ ބާއެވެ. އޭރުން އެވެނި ރަށެއް މި ހިދުމަތަށް ހޮވުނީ ކޮން ސަބަބުތަކެއް ފުރިހަމަވެގެން ކަން އަދި މިވެނި ރަށެއް ނުހޮވުނީ ކީއްވެކަން ރައްޔިތުންނަށް ވެސް ފެންނަން އޮންނާނެއެވެ. އެތެރެ ފެންނަ ހިންގުމުގެ ސިޔާސަތަކާ ދިމާޔަށް ގައުމު މިކުރާ ދަތުރު އަމާން ކަމާއެކު ބަނދަރު ކުރުމަށްޓަކައި، ސިޔާސަތުތަކަށް މިފަދަ ބަދަލު ގެންނަން ޖެހޭނެކަމަށް އަހަރެންނަށް ވަރަށް ބޮޑަށް ފެނެއެވެ.
3/25/2008
ށ ފުނަދޫގައި އަޅާ ގެތައް އަންނަ ހަފްތާގައި އާއިލާތަކާ ހަވާލުކުރެވޭނެ
ޚަބަރު: ހަވީރު ށ. ފުނަދޫގައި އަޅާ ގެ ތަކުގެ މަސައްކަތް އަންނަ ހަފްތާގައި ނިންމައި، އާއިލާތަކާ ހަވާލުކުރާނެ ކަމަށް އެރަށު އޮފީހުން ބުނެފިއެވެ. ފުނަދޫ ކަތީބު އަހްމަދު ނަސީމް މިއަދު ވިދާޅުވީ ސުނާމީ އާ ގުޅިގެން ޗައިނާ ސަރުކާރުގެ އެހީގެ ދަށުން އެރަށުގައި އަޅާ 66 ގޭގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ނުނިމި ހުރީ ދެގެއެއްގެ މަސައްކަތް ކަމަށެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އަޅަން ފެށި މި ގޭތަކުގައި މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ކަތީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން އެރަށުގައި އަޅަން ހަމަޖައްސާފައިވަނީ 86 ގެ ކަމަށާއިއެހެން ނަމަވެސް ކަނޑައެޅިފައިވާ ވަރަށް ބަޖެޓް ހަމަޖެހުމުން ފަހުން އެ އަދަދު 66 އަށް ދަށްކޮށްފައިވާ ކަމަށެވެ. ސުނާމީގައި ހާލުގައި ޖެހުނު ށ. އަތޮޅުގެ ރައްޔިތުންނަށް އެހީވުމަށް އަޅާ ގެތަކުގެ މަސައްކަތް ބެލުމަށް އެޓޯލްސް މިނިސްޓްރީގެ ޓީމެއް ވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެރަށަށް ޒިޔާރަތް ކޮށްފައެވެ.
Labels: ފުނަދޫ