5/31/2008

12 ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ޓީޗަރަކު ބަދަލު ހޯދުމަށް ދައުވާ ކޮށްފި

ޣިޔާޘުއްދީން ސްކޫލުގެ 12 ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ށ. މިލަނދޫ ދާއުދު ހުސައިން މަދަނީ ކޯޓުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ ވަޒީފާއިން ވަކިކޮށްފާ ވާތީ މިނިސްޓްރީން އޭނާގެ ހައގުތަކެއް ނިގުޅައިގެންފައިވާކަމަށް ބުނެ އެ ކަމުގެ ބަދަލު ހޯދުމަށެވެ. އޭނާ ހުށަހަޅާފައިވަނީ ގަވައިދާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފާ ވާތީ، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން މުސާރައާއި އިތުރު އިނާޔަތްތައް ހޯދުމަށާއި އޭނާގެ ވަޒީފާ އަނބުރާ ހޯދުމަށެވެ.

ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރު މުއައްޒަފުންގެ ގަވައިދުގެ ދަށުންނާއި، ކުޑަކުދިންނާބެހޭ ގަވައިދުގެ 16 ވަނަ މާއްދާގެ ދަށުން ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެއެވެ. މީގެ އިތުރުން އޭނާ ވަކިކުރުމުގެ ކުރިން، އެހެން ވަޒީފާއެއް ހޯދުމަށް އަންގާފައިވާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ފުނަދޫގައި ބަދުއަޚުލާގީ އަމަލު ހިންގުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ށ. ފުނަދޫގައި އުމުރުން ދުވަސްވީ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަމުން އެބަ ދެއެވެ. މި މައްސަލައިގައި ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ އެ ފިރިހެން މީހާ އާއި އިތުރު 2 އަންހެނުން ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މީގޭ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. 

ހަވީރު ނޫހުން ހާމަކުރާ ގޮތުގައި 55 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ އެ ދެ އަންހެނުންނާ އެކު ބަދުއަޚުލާޤީ އަމަލު ހިންގަނިކޮށެވެ.

މީގެ އިތުރުން މިއަތޮޅު ބިލެއްފަހީގައިވެސް މިފަދަ މައްސަލައެއް ބެލެމުން އެބަ ދެއެވެ. މި މައްސަލައިގައި ހިމެނޭ އެރަށު ސްކޫލުގައި ކިޔަވަމުންދާ 7 ކުއްޖަކު، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ލަފާގެ ދަށުން، މިހާރު ވަނީ ގޭބަންދު ކުރެވިފައި ކަމަށް ބިލެއްފަހީ އޮފީހުން ބުނެއެވެ. އަދި މީގެ ތެރެއިން ބައެއް ކުދިންނާއެކު ބަދުއަޚުލާޤީ އަމަލު ހިންގިމކަމުގެ ތުހުމަތުގައި ކަނޑީތީމު 35 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މި މައްސަލައިގެ ވެސް ތަހުގީގު ކުރިޔަށް ދާކަމަށް ފުލުހުން ހާމަކުރެއެވެ.

5/26/2008

ނޫމަރާ އޮފީހުގެ ހިސޯރު ދޫކޮށްލައިފި

މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ށ. ނޫމަރާ އޮފީސް ބަންދު ކުރިޔަނުދީ އެރަށުގެ ބަޔަކު ނުކުމެ ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އިއްޔެ (25 މެއި) ވަނީ އޮފީސް ދޫކޮށްލާފައެވެ. އޮފީސް ދޫކޮށްލި އިރު އެއްވެސް ކަމަކަށް އެދިފައި ނުވާކަމަށް އަތޮޅު އޮފީހުން ބަޔާންކުރެއެވެ.

އޮފީސް ހިސޯރު ކުރަން ދިމާވި ސަބަބެއް ކަމަށް އެރަށުގެ ފަރާތްތަކުން ބުނެފައި ވަނީ އިންޖީނުގޭގެ ހިސާބު ބެލެހެއްޓުމުގައި އޮފީހުން އިހުމާލު ވެފައި ވުމެވެ. އަދި ނޫމަރާގެ ގިނަޒުވާނުންގެތެރެއިން ބަޔަކު، އެރަށު އިންޖީނުގެއަށް ލިބޭ އާމްދަނީން ގެއްލުންވަނީ ކީއްވެތޯ ބަލަން ރަސްމީކޮށް  އެދުމުން، ރަށުއޮފީހުން އެކަމަށް އެއްބަސްވެ، އެކަން ބެލުމަށް ފެށިމަސައްކަތަށް ކަތީބުގެ ފަރާތުން ހުރަސްތަކެއް  ކުރިމަތިވުމުން ކަމަށްއެރަށު ރކ ކޮމެޓީން ބުނެއެވެ. ނަމަވެސް ކަތީބު ވިދާޅުވީ އެބޭފުޅުން އެދުނު ކަމެއްވިއްޔާ ކަތީބު ކޮށް ދެއްވާފައި ވާނެކަމަށެވެ. މީގެ އިތުރުން  ކަތީބު ގޭގެ ކަރަންޓް ފީ ގަވައިދުން ދައްކަމުން ނުދާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އޮފީސް ހިސޯރު ކުރުމަށް ފަހު، ރައްޔިތުން، އިންޖީނުގޭގެ ހިސާބުތައް އޮޑިޓް ކޮށްދިނުމަށް އަތޮޅު އޮފީހުން ޓީމެއް ފުނުވައި ދިނުމަށް އެދުމުން އަތޮޅު އޮފީހުން ދެއްވާފައިވާ ޖަވާބަކީ "ރައްޔިތުން  އެދުނެއްކަމަކު ޓީމެއް ނުފޮނުވޭނެކަމަށާއި އޮފީހުގެ ހިޞާރު ދޫކުރުމުން އެކަންތަށްތަށް ބަލައިދޭނެ" ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ޚަބަރުތައް.

ށ. ނޫމަރާ އޮފީހުގެ ހިސާރު ދޫކޮށްލައިފި

އިންޖީނުގެ ފައިސާއަށް ނޫމަރާ ކަތީބު ހިޔާނަތްތެރިވާ ކަމަށް ބުނެ އެރަށު ބަޔަކު ނުކުމެ އޮފީސް ބަންދުކުރިޔަ ނުދީ ހިފަހައްޓައިފި

ނޫމަރާ އިންޖީނުގޭ ކަރަޕްޝަން މައްސަލަ: ހުރިހާ ލިޔެކިޔުންތައް ގުދަނަކަށްލާ ތަޅު އެޅުމަށްފަހު އޮފީސް ބަންދުކޮށް ކަތީބު ފިލައިފި

ނޫމަރާ އޮފީސް ހިސޯރުކުރުން ދޫކޮށްލައިފ

ނޫމަރާ އޮފީސް ހިސޯރުކުރި މައްސަލަ: 6 ދުވަހަށް ފަހު އެއްވެސް ޝަރުތެއް ނެތި އޮފީސް ދޫކޮށްލައިފި

5/24/2008

ބިލެތްފަހި ބަނދަރު ހެދުމަށް ގެނައި ތަކެތި އެރުވި ބާޖް ފޫގޮސްފ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ބިލެއްފަހީ ބަދަރު ހަދުމަށް ގެންނަތަކެތި އެރުވި ބާޖު ފޫގޮސްގެން އެތަކެތި ރ،އަގޮޅިތީމަށްބާލައިފި. ބުރާސްފަތި ދުވަހު އަގޮޅިތީމުން ބިލެއްފައްސަށް ތަކެތިގެނެއުމަށް ބާޖަށް ބަރުކުރުމަށްފަހު އެރޭ ބާޖުފޫގޮސްގެން ދިޔަގަނޑު ކޮންޓްރޯލް ނުވުމާ ގުޅިގެން އަނގޮޅިތީމް ރައްޔިތުންގެ އެހީގައި ހުރިހާތަކެތި އެރަށައް އަރުވާފައިވާކަމަށް މިމަސައްކަތް ކުރާފަރާތާ ހަވާލާދީ ބިލެއްފަހީ އޮފީހުން ބުނޭ. އަދިމިހާރު މިތަކެތި ގެނެއުމަށްޓަކާއި ބާޖެއް މާލޭން ގެނެއުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް ބިލެއްފަހީއޮފީހުން މައުލޫމާތުދޭ،. ބިމެއްފަހީ ބަނދަރު ގެމަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ އައިމާ ކޮންސްޓަކުޝަނުން . އެރަށުގައި ހެދުމަށް ކަމަޖެހިފައިވަނީ ތިންސަތޭކަ ގުނަ ދުއިސައްތަ ފޫޓް ގެ ބަދަރެއް.

5/21/2008

ނޫމަރާ އިނޖީނުގޭގެ ހިސާބުތައް އޯޑިޓް ނުކޮށްދީގެން ޒުވާނުންގެ ބަޔަކު ނުކުމެ ރަށު އޮފީސް ހިސޯރުކޮށްފި

ޚަބަރު: ހަވީރު

ށ. ނޫމަރާގެ އިނޖީނުގޭގެ ހިސާބުތައް އޯޑިޓްކޮށް ނުދީގެން ޒުވާނުންގެ ތެރެއިން ބަޔަކު ނުކުމެ މިދިޔަ ހޯމަ ދުވަހު ރަށު އޮފީސް ހިސޯރުކޮށްފިއެވެ.

އެރަށު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ކަތީބު އަލީ ރަޝީދު ހަސަން މިއަދު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ޒުވާނުންގެ ބަޔަކު އޮފީސް ބަންދުކުރިޔަ ނުދީ އޮފީސްތެރޭގައި އެބަ ތިބި ކަމަށެވެ.

"އެމީހުން އެދުނީ ރައްޔިތުންގެ ފައިސާ ހަރަދު ކުރިގޮތުގެ ތަފްސީލް ދެއްކުމަށް. އެއީ ރައްޔިތުންނަށް އެނގެން ޖެހޭނެ އެއްޗަކަށް ވާތީ އެ ތަފްސީލްތައް އަޅުގަނޑުމެން ވަނީ އެމީހުންނަށް ދައްކައިފަ. އެހެން ނަމަވެސް އޮފީސް ދޫކޮށް އެމީހުނެއް ނުދޭ. އެމީހުން ތިއްބާ އޮފީސް ބަންދެއް ނުކުރެވޭނެތާ." ކަތީބު ވިދާޅުވިއެވެ.

އޮފީސް ހިސޯރުކޮށްގެން އޮފީސްތެރޭގައި ތިބި މީހުންގެ ތެރެއިން އެކަކު މިއަދު ފޯނުން ބުނި ގޮތުގައި ރައްޔިތުނަގެ އިންޖީނުގޭގެ ހިސާބުތައް އޮޑިޓްކޮށްދޭނެ ރަސްމީ ފަރާތެއް ހޯދައި ދިނުމަށް ރަށު އޮފީހާއި އަތޮޅު އޮފީހުގައި ވަނީ އެދިފައެވެ. އޮފީސް ދޫކޮށްދެވެން އޮތީ އިންޖީނުގޭގެ ހިސާބުތައް ބެލުމުން ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ޒުވާނުންގެ ތެރެއިން ބަޔަކު ރަށު އޮފީސްތެރޭގައި ތިބީ އެރަށު އިންޖީނުގެއަށް ކޮންމެ މަހަކު 10000ރ. ގެ ގެއްލުން ވާކަމަށް ރަށު އޮފީހުން ބުނަމުން ދާތީ އެ ހިސަބުތައް ޗެކްކުރުމަށެވެ.

"އަޅުގަނޑުމެން ހަތަރު މީހުންނާއި ރކ. ކޮމިޓީގެ ދެ މެމްބަރުންނާއި އިންޖީނުގެއާއި ރަށު އޮފީހުގެ މީހެއް ވެގެން އިންޖީނުގެ އޯޑިޓް ކުރާތާ މިވީ ތިން ދުވަސް. ނުކައި ނުބޮއެ ހޭލާ ތިބެގެން އަޅުގަނޑުމެން ބެލިއިރު މިދިޔަ އަހަރުގެ ފަހު ހަމަސް ދުވަހުގެ ތެރޭގައި ވެސް އިންޖީނުގެއަށް ފައިދާގެ ގޮތުގައި 90800ރ. ލިބިފައިވޭ. އިންޖީނު ގެއަށް ގެއްލުންވާ ތަނެއް އެ ހިސަބުތަކަކުން ނުދައްކާ." އޭނާ ބުންޏެވެ. "އެކަމަކު ރަށު އޮފީހުން ބުނަމުން ދަނީ އިންޖީނުގޭގެ ހަރަދުތަކަށް ކޮންމެ މަހަކުނ10000ރ. ގެ ގެއްލުން ވަމުން އަންނަކަމަށް. އެކަމަކު އެ ގެއްލުން ފޫބައްދާކަށް ރައްޔިތުންގެ އެކައުންޓުން ވެސް ފައިސާއެއް ނުނަގާ." އޭނާ ބުންޏެވެ.

އޮފީސްތެރޭގައި ތިބި ޒުވާނުން ބުނީ އެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ އިންޖީނުގޭގެ ހިސާބުތައް އޯޑިޓް ކޮށްދޭން ބަޔަކު ހޯދައިދިނުމަށް ރަށު އޮފީހާއި އަތޮޅު އޮފީހުގައި މިހާރު ވަނީ އެދިފައެވެ.

"ރަސްމީ ފަރާތަކުން އައިސް އޯޑިޓް ނުކުރަނީހެއް އަޅުގަނޑުމެން މިތަނަކުން ނުދާނަން. ގެއްލުންވާ ކަމަށް އެބުނާ ފައިސާތަކަށް ވީގޮތް ބަލަން އަޅުގަނޑުމެން ބޭނުންވޭ." އެރަށު ޒުވާނަކު ބުންޏެވެ.

5/18/2008

މަސްވެރިކަން ދައްވެފައިވާތާ މަހަކަށްވުރެ ގިނަދުވަސްވެފައި ވާކަމަށް ބައެއް މަސްވެރިން ބުނެފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މަސްވެރިކަން ދައްވެފައިވާތާ މަހަކަށްވުރެ ގިނަދުވަސްވެފައި ވާކަމަށް ބައެއް މަސްވެރިން ބުނެފި. މިލަދުންމަޑުލު އުތުރުބުރީގައި މަސްވެރިކަން ކުރާބައެއްރައްރަށުގެ އޮފީސްތަކުން ބުނާގޮތުގައި މިދުވަސްވަރު މަސްވެރިކަން ދައްވެފައިވުމުން ގިނަމަސްވެރިން ދަނީ އޮޑިފަހަރު މަރާމާތު ކުރުމާއި އެވެރިންގެ ގޭގޭގައި ހުންނަ މަސައްކަތްތައްކުރަމުން.އަތޮޅުގައި މަސްވެރިކަމަށް ފާހަގަ ކުރެވޭ ކޮމަންޑޫ ފޯކައިދޫ ކަނޑިތީމް އަދި ފުނަދޫގެ އޮފީހުން ބުނާގޮތުގައިވެސް މިދުވަސްވަރު މަސްވެރިކަން ވަރަށް ދަށް. ބައެއް މަސްވެރިން ބުނާގޮތުގައި މިހާރު ކަންނެލި މަސްވެރިކަން އެއްގޮތަކަށްވެސް ނެއް. ނަމަވެސް ފަރުމަސްވެރިކަން އާދައިގޮތެއްގައި ރަނގަޅު. މަސްވެރިކަން ދައްވެގެން މިއުޅެނީ މޫސުމަށް އަންނަ ބަދަލު ތަކުން ކަމަށް ލަފާކުރެވޭކަމަށް ފުނަދޫގެ މަސްރިއެއްކަމަށްވާ ހުސައިން ވަހީދުބުނޭ. އަދި ތެލުގެ އަގުތަށް ހުންނަ ގޮތުން މަސްހޯދުމަށް ނުދުއްވޭނެ ކަންވެސް އޭނާ ފާހަގަ ކުރި. މަސްވެން ބުނާގޮތުގައި މިހާރު ބެވޭ މަސްކޮޅު އަތިރިމަތިން ވިކި ހުސްވޭ . ކުރިއާއި ހިލާފަށް މިހާރުމަހުގެ އަގުތަށް ވަނީ ބޮޑުވެފައި. މިގޮތުން ފަސްރުފިޔާއަށް ކުރިން ލިބޭ ލައްޓި ރާގޮޑި މިހާރު އުޅެނީ ދިހަރުފިޔާއާއި ފަނަރަ ރުފިޔާ ޔާ ދޭތެރޭ އަގެއްގައި

5/17/2008

ށ. ބިލެއްފަހީގައި ކުދި އަނހެން ކުދިންތަކަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި.

ޚަބަރު: ހަވީރު

ށ. ބިލެއްފަހީގައި 18 އަހަރު ނުފުރޭ ކުޑަ 3 އަންހެން ކުދިންނާ އެކު ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީހަކު ހައްޔަރު ކޮށްފި އެވެ.

ބިލެއްފަހިން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އެރަށުގައި ރޭނުމުގެ މަސައްކަތް ކުރަންގޮސް ހުރި ކަނޑިތީމު މީހެކެވެ.

މިކަމާ ގުޅިގެން ބިލެއްފަހީ ކަތީބު އަބްދުއް ސައްތާރު ވިދާޅުވި ގޮތުގައި އެކުދިންނާ އެކު އޭނާ ބަދުއަޚްލާޤީ ގުޅުން ހިންގި މައްސަލަ ފަޅާއެރީ އެރަށު ސުކޫލް ކުދިންތަކެއް ބަދުއަޚުލާޤީ އަމަލު ހިންގާފައިވާ ކަމަށް ބުނާ ވީޑިޔޯއެއް އޭނާ (ތުހުމަތު ކުރެވޭ މީހާ) ސުކޫލް ކުއްޖަކަށް ދެއްކިކަން ރައްޔިތުންގެ ބަޔަކަށް އެނގިގެންނެވެ. އަދި އެ ވީޑިއޯގެ މައްސަލަ އެނގުމާ އެކު އެ ވީޑިއޫގައި ހިމެނޭ ކުދިންނާ ސުކޫލުގެ އިސްވެރިން އަދި ރަށު އޮފީހުގެ ވެރިން ސުވާލުކޮށް އެކުދިން ދިން ބަޔާނުގެ އޯޑިއޯ އޮފީހުގައި އެބަ އޮތެވެ.

މި މައްސަލަ ތަހްގީގު ކުރަން ކަނޑިތީމުން ބިލެއްފައްސަށް ދިޔަ ފުލުހުންގެ ޓީމުގައި ކަނޑިތީމު މީހަކު ހުރުމާއެކު ޓީމުގެ ތަހުގީގާމެދު އެރަށު ރައްޔިތުން ހިތްހަމަ ނުޖެހިގެން އެ ފުލުހުން ފުރިޔަ ނުދީ ދަންވަރު 2 ޖަހަންދެއް ހިފެހެއްޓިއެވެ. މިހާރު މި މައްސަލަ ތަހްގީގު ކުރަމުން ދަނީ ފުނަދޫ ޕޮލިސް ސްޓޭޝަނުން ކަމަށް ބިލެއްފަހިން މައުލޫމާތު ދެއެވެ.

ރަށު އޮފީހުން ބުނި ގޮތުގައި މައްސަލަ ތަހުގީގުކުރަން ދިޔަ ޓީމާމެދު ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ.

'ތަހުގީގު ޓީމުން އައިސް އެކަހަލަ ސީރިއަސް މައްސަލައެއް ގެންދަންވީ ގޮތަކަށް ނޫން ގެންދިޔައީ. އެންމެ ފުރަތަމަ ކަމަކަށް ބަދުއަޚުލާޤީ މައްސަލައިގެ ތަހުގީގު މަރުހަލާ އެކަހެރި ކޮށްފައި އޭނާ  އާ ވާހަކަތަކެއް ދެއްކީ. ދެވަނަ ކަމަކަށް މައްސަލައިގެ ތެރޭގައި އުޅޭ ބިލެއްފަހީ މީހެއްގެ ލެޕްޓޮޕެއް ގެނެސް އެމީހުންގެ ބަޔާންތައް ނަގާ ހެދުން. އޭގެ އިތުރުންވެސް އެ މައްސަލއިގަ ހިމެނޭ މީހެއްގެ ގެއަށް ގޮސް ކައިބޮއެ ހެދުން. ކުއްވެރިޔާގެ ސައިކަލުގައި ޕޮލިހުން ދަތުރުކުރުމާއި މައްސަލައިގެ ތަހުގީގު ކުރިޔަށް ދަނިކޮށް ނިމުން އެއްކިބައިގައި އޮއްވާ އާއްމުންނަށް އޭނާގެ  ކުށެއް ނެއްކަމާ އޭނާ ދޫކޮށްލެވޭނެ ކަމަށް މައުލޫމާތު ދިނުން. އެގޮތަށް ކަންތައް ވީމާ ރައްޔިތުން ޕްރެޝަރަށް އެރީ.' ރަށު އޮފީހުގެ އިސް ބޭފުޅަކު ވިދާޅު ވިއެވެ.

ނަމަވެސް ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނުނިންމާ އެ އަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތެއް ނުވާނެއޭ ބުނެފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން ތުހުމަތު ކުރެވޭ މީހާގެ ސައިކަލު ފަހަތުގައި ދިޔައީ އޭނާގެ ސައްހަ އައިޑީ ކާޑު ހޯދުމަށް ކމަށްވެސް ފުލުހުން ބުންޏެވެ.

5/15/2008

މާއުނގޫދޫގައި ކަރންޓް ފީ ނަގާ ރޭޓް ބަދަލުކުރަން ރ. ކ. ކޮމިޓީން ހަމަޖައްސައިފި.

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ކަރަންޓް ފީ ނަގާގޮތް ބަދަލުކުރުމަށް ރކ ކޮމެޓީން ނިންމައިފި. ނަމަވެސް ރައްޔިތުން މިފަދަ ބަދަލެއް ގެންނަންބޭނުން ނުވާކަމަށް އެރަށު އޮފީހުން ވިދާޅުވި.
މާއުނގޫދޫ ރ،ކ ކޮމެޓީން މިގޮތަށް ނިންމީ މިހާރު ސަރުކާރުން ރައްރަށުގެ ކަރަންޓްގެ ކަންތަށް ތަކަށް ދެއްވާ ސަބްސީޑީސް ދިނުމުގައި، ކަރަންޓް ފީ ނެގުމުގައި ތަފާތު ގެންގުޅޭ ރަށްރަށަށް ސަބުސިޑީސް ނުލިބޭގޮތަށް އޮތުމުންކަމަށް މާއުނގޫދޫ ބޮޑުކަތީބު މުހައްމަދު ޒަކަރިއްޔާ ވިދާޅުވި.
އިތުރަށް ކަތީބުވިދާޅުވީ އެރަށު ރައްޔިތުންގެ ގިނަބަޔަކު މިހާރު ނަގާކަރަންޓް ފީއަށް ވުރެބޮޑުއަދަދެއް އާންމުންއަތުން ނެގިގެންނުވާނެކަމަށް ބުނާކަމަށް.
މާއުނގޫދޫގައި ކަރަންޓްފީނަގަމުންދަނީ އާންމުފަރާތްތަކުން ޔުނިޓަކަށް ތިންރުފިޔާ މިނޫންތަންތަނުން ނުވަރުފިޔާގެ ރޭޓުން. މިހަމަޖެއްސި އުސޫލުން ކަރަންޓްފީނެގެމުންދާނީ ހުރިހާފަރާތްތަކުންވެސް ތިންސަތޭނަޔުޓުން ދަށަށް ޔުނިޓަކަށް ތިންތުފިޔާގެ އުސޫލުން. އަދި ތިންސަތޭކަ އެއްޔުނިޓުންފެށިގެން ހަތަރުސަތޭކަޔުނިޓަށް ޔުނިޓަކަށް ހަތަރުރުފިޔާ. އަދި މިގޮތަށް ކޮންމެ ސަތޭކަޔުނިޓަކުން ބަދަލުގެންނަމުންގޮސް ހަސަތޭކައިން މައްޗައް ކުންމެ ޔުނިޓަކަށް އައްރުފިޔާ ނެގާގޮތަށް ކަމަށް މާއުގޫދޫ އޮފީހުން މައުލޫމާތުދޭ.

5/13/2008

ށ. ކަނޑިތީމު އޮފީހުގައި ކޮރަޕްޝަން

ށ. ކަނޑިތީމު އޮފީހުގައި ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ކަންތައްތަކެއް ހުރުމުން އެކަންކަން އިސްލާހު ކުރުމަށް އެންޓި ކޮރަޕްޝަން ބޯޑުން ކަނޑިތީމު އޮފީހަށް އަންގައިފި އެވެ.

އެންޓީ ކޮރަޕްޝަން ބޯޑާ ހަވާލާދީ އާފަތިސް ނޫހުގައި ލިޔެފައި ވަނީ ކަނޑިތީމު އޮފީހުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަ ވެފައި ވަނީ އެރަށު އޮފހާއި ރައްޔިތުނަގެ ފައިސާގެ ހިސާބުތައް އެންޓި ކޮރަޕްޝަން ބޯޑުން ބެއްލެވި އިރު، ރައްޔިތުންގެ ސައިބަރ ކެފޭއަށް ލިބެންވާ ފައިސާ ހަމައަށް ނުލިބި ހުރުމާއި ރައްޔިތުނަގެ ފައިސާގެ ހިސާބު ގަވައިދުން އިއުލާން ކުރައްވަމުން ނުގެންދަވާކަން ފާހަގަ ކުރެއްވުމުންނެވެ.

އެހެންކަމުން ރައްޔިތުންނަށް ލިބެންވާ ފައިސާގެ މައްސަލަ ރ. ކ. ކޮމިޓީއާ މަޝްވަރާ ކުރައްވައިގެން ނިންމެވުމަށް ފަހު އެނންޓި ކޮރަޕްޝަން ބޯޑަށް އެންގެވުމަށް ކަނޑިތީމު އޮފީހަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ފައިސާގެ ހިސާބު ގަވައިދުން ރައްޔިތުންނަށް އަންގަވަމުން ގެންދެވުމަށް ކަނޑިތީމު އޮފީހަށް ވަނީ އަންގާފައެވެ.

ކަނޑިތީމު އޮފީހުގެ ފައިސާއަށް އޮފީހުގެ ނުއައްޒިފަކު ހިޔާނާތްތެރި ވި ކަމުގެ ވާހަކަތަކެއް ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ދެކެވުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ ބަޔަކު، އެ މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ އަހަރު ވަނީ އެންޓި ކޮރަޕްޝަން ބޯޑަށް ޕެޓިޝަނެއް ލާފައެވެ. މިކަމާ ގުޅޭ ހަބަރު ވިދާޅުވޭ.

5/10/2008

ކަނޑިތީމުގައި މަސައްކަތް ކުރި ދެ ބިދޭސީއަކު މުސާރަ ނުދޭ ކަމަށް ބުނެ ކަނދުފައްޗެއްގައި ކުޅުދުއްފުއްޓަށް ދަނިކޮށް ކަނޑުމަތިން ނަގައިފި

ޚަބަރު: ޖަޒީރާ

ށ.ކަނޑިތީމުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް ދެ މީހަކު އެމީހުންނަށް މުސާރަ ނުދޭ ކަމަށް ބުނެ ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތިން ބަޔަކު ނަގައިފި އެވެ. ށ.ނޫމަރާގައި މަހަށްދުއްވާ އޮޓޯ ދޯނިން މިދެމީހުން ހޯދާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ނޫމަރާއާއި ގޮއިދޫއާ ދެމެދުގައި ތިއްބަ އެވެ. އެދޯނީގެ ކެޕްޓަން ނޫމަރާ ފެހިގެ ސޯލިހު އިބުރާހިމް ބުނީ އެމީހުން ފެނިގެން ދިޔައިރު އެމީހުން ތިބީ ފަތްކެޔޮ ނިރުން ހަދާފައިވާ ކަނދުފައްޗެއްގެ މަތީގައި ކަމަށެވެ.

” އެދެމީހުން ކައިރިއަށް ގޮސް އަރާނަންހޭ އެހީމަ އެކަކު ބުނީ ނާރާނަމޭ. އެހެން ނަމަވެސް އެދެމީހުން ދޫކޮށްފައި ނުދާންވެގެން އިރުކޮޅަކު މަޑުކޮށްލާފައި އެހީމަ ދެމީހުންވެސް ދޯންޏަށް އެރީ. އެއީ ގާތްގަޑަކަށް 10 ޖެހިއިރު“ ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ބުނީ އެމީހުންނާ ދެކެވުނު ވާހަކަތަކުން އެގުނު ގޮތުގައި ކަނޑިތީމުގައި މަސައްކަތް ކުރަމުންދާ ދެމީހުން ފިލައިގެން ކުޅުދުއްފުށްޓަށް ދަނީ އެދެމީހުންނަށް މުސާރަ ނުދޭތީ އެވެ.

” އެދެމީހުން ބުނީ މުސާރަ ނުދޭތާން މިހާރު ނުވަމަސް ވެފައިވާ ކަމަށް. އެހެން ނަމަވެސް އެދެމީހުން ގެންގުޅެނީ ކާކުކަމެއް އެދެމީހުންނަކަށް ކިޔައެއް ނުދެވުނު“ ސޯލިހު ބުންޏެވެ.

ސޯލިހު ބުނީ އެދެމީހުން މިހާރު ގޮއިދޫ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ.

ގޮއިދޫ ކަތީބު އަހުމަދު ފައިސަލް ވިދާޅުވީ ކަނޑުމަތިން ހޯދައިގެން ގެނެސްފައިވާ ދެ ބިދޭސީއަކު އޮފީހުގެ ބެލުމުގެ ދަށުގައި ތިބި ކަމަށާއި އެދެމީހުން ވަރަށް އަވަހަށް ކަނޑިތީމު ފުލުހުންނާއި ހަވާލު ކުރެވޭނެ ކަމަށެވެ.

” މިއަދު 11 ޖަހާކަންހާއިރު ކަނޑުމަތިން ހޮވައިގެން ގެނައި ދެ މީހަކާއި އެދެމީހުންގެ ދަބަސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އެބަހުރި. ކުޑައިރުކޮޅެއްގެ ތެރޭގައި އެދެމީހުން ކަނޑިތީމު ފުލުހުންނާ ހަވާލު ކުރެވޭނެ“ ފައިސަލް ވިދާޅުވި އެވެ.

ފުލުހުންވެސް ބުނީ ކަނޑުމަތިން ހޮވި ދެ ބިދޭސީއެއްގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދެމީހުން ގެންގުޅެމުންދަނީ ކާކުކަން އެނގެން ނެތުމާއެކު އެމީހެއްގެ ކޮމެންޓެއް ލިބޭގޮތް ވަނީ ނުވެފައެވެ.

2008 ވަނަ އަހަރުގެ ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން.

IMG_1199_300x300

ށ. ފުނަދޫ 10 މެއި: ބައިނަލް އަގުވާމީ އާއިލާދުވަހާއި ކުޑަކުދިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ކުރިއަށް ދިޔަ ހަރަކާތް ތަކުގައި ބައިވެރިވެލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބުދުލް ގައްޔޫމުގެ ދެކަބަލުން ފުނަދޫއަށް ވައިގަތުން.މިދަތުރު ފުޅުގައި އެމަނިކުފާނުވަނީ ފުނަދޫގައި ކުރިއަށް ދިޔަ އާއިލީ ހަވީރެއްގައި ބައިވެރިވެލައްވާފަ.

5/09/2008

ފުނަދޫގައި އަޅާފައިވާ ގެތަކަށް ކަރަންޓް ދިނުމަށްޓަކައި އެކެއްޕޮއިންޓް ފަހެއް މިލިއަށް ރުފިޔާ ސަރުކާރުން ދެއްވައިފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ޗައިނާސަރުކާރުގެ އެހީގައި އަޅާފައިވާ ގެތަކުގެ ކަރަންޓްގެ ވިޔުގަ ގާއިމް ކުރުމަށްޓަކައި އެކެއްޕޮއިންޓް ފަހެއް މިލިއަށް ރުފިޔާ ސަރުކާރުން ދެއްވައިފި. އަދި ފުނަދޫ މެދުއަވަށުގެ ކަރަންޓް ރަނގަޅު ކުރުމަށްޓަކައި ފަސްލައްކަ ރުފިޔާވެސް މިހާރު ސަރުކާރުން ދެއްވާފައިވާކަމަށް ފުނަދޫ އޮފީހުން މައުލޫމާތުދޭ. މިފައިސާ ހުސްވުމުން ފައިސާއަށް އެދުމުން އިތުރުފައިސާ ލިބޭގޮތަށް ހަމަޖެހިދައިވާކަމަށާއި، މިހާރު ލިބިފައިމިވާ ފައިސާއިން މަސައްކަތް ކުރެވޭނެ ވަރެއް އިގޭނީ އަންދާސީ މަސައްކަތް ނިމުމުންކަމަށް ފުނަދޫ އޮފީހުން ވިދާޅުވި. މިހާރު ފުނަދޫގައި ކުރިއަށްދާ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަށް ނިމުމުން މިކަމުގެ އަމަލީމަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް އެއޮފީހުން މައުލޫމާތުދޭ. މިސަރަހައްދުތަކުގެ މަސައްކަތް ރައްޔިތުންގެ ކަމެއްގެ ގޮތުގައި ކުރުމަށް އެންވައިރުމަންޓް މިނިސްޓްރީން ފުނަދޫ އާއި ވަނީ ހަވާލުކޮށްފައި.

"މަގޭރަށް މަގޭހަޔާތް- މަސްތުވާތަކެއްޗާނުލާ" މިޝިޔާރުގެ ދަށުން ށ.އަތޮޅުގެ ހުރިހާރަށަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

IMG_1199_300x300

މަގޭރަށް މަގޭހަޔާތް- މަސްތުވާތަކެއްޗާނުލާ މިޝިޔާރުގެ ދަށުން މިލަދުންމަޑުލު އުތުރުބުރީގެ ހުރިހާރަށަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި. މިއީ ނެޝަނަލް ނާކޮޓިސްކޮންޓްރޯލް ބިއުރޯ-އެން އެން ސީބީ ގެ ފަރާތުން ދިވެހިރާއްޖޭގެ ކޮންމެ ރަށަކީ މަސްތުވާތަކެތިން ރައްކާތެރިކުރެވިފައިވާ ރަށަކަށް ހެދުމުގެ މަގުޞަދުގައި މުޅިރާއްޖެއަށް އަމާޒުކޮށްގެން ފެށި މަސައްކަތުބައްދަލުވުމެއް. ރާއްޖޭގެ ކޮންމެރަށަކުން ޓާސްފޯސްއެއް އުފެއްދުމަށް ފަހު މިޓާސްފޯސްއިން ރަށުފެންވަރުގައި މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމަށް ކުރެވެން ހުރިމަސައްކަތްތަކުގެ ޕްރަޕޯސަލް އެން،އެން، ސީ،ބީއަށް ހުށައެޅުމުގެ ފުރުސަތު އެ ބިއުރޯއިން ހުޅުވާލާފައިވޭ. މިގޮތުން އޭގެ ތެރެއިން ކުރެވެން ހުރިކަންތައްތަށް ބަލާ އެއަށް ފަންނީ އެހީ އާއި މާލީ އެހީ ދިނުމަށް އެ ބިއުރޯއިން ހަމަޖައްސާފައި ވީނަމަވެސް، ހަމަޖެހިފައިވާ މުއްދަތު ހަމަވި އިރު މި ކަމަށް އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އިޖާބަ ދީފައިވަނީ އަށްއަތޮޅަކުން ކަމަށް އެފަރާތުންމައުލޫމާތުދޭ.

5/06/2008

ކުޑަކުދިންގެ ދުވަސް ގައުމީފެންވަރުގައި ފާހަގަކުރުމަށް ރައްތައްޔާރު ކުރުމަށްޓަކައި މަސައްކަތް ކުރަމުންއެބަދޭ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

IMG_1199_300x300

ކުޑަކުދިންގެ ދުވަސް ގައުމީފެންވަރުގައި ފާހަގަކުރުމަށް ރައްތައްޔާރު ކުރުމަށްޓަކައި ފުނަދޫގެ ރައްޔިތުން މަސައްކަތް ކުރަމުންއެބަދޭ. މިގޮތުން ފުނަދޫގެ ރައްޔިތުން އެއްކޮށް ނިކުމެ ކުޑަކުދިންގެ ޕާރކް މަރާމާތުކުރުމާއި، ހަޓް ހެދުމާ، ސްޓޯލްތަށްހެދުމާއި ގިޑިގެތަށް ހެދުމުގެ މަސައްކަތްކުރަމުންދޭ. ކުޑަކުދިންގެ ދުވަހު ފުނަދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ ޗައިލްޑް އެޑް ފެމެލީ ޗެންޓަރު ވަގުތީގޮތުންހިންގުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި. މި މަސައްކަތް ތަކުގައި ފުނަދޫގެ ރައްޔިތުން ގެ އިތުރުން ސަރުކާރުގެ އޮފީސް ތަކުން ވެސް ދަނީ ބައިވެރިވަމުން. ކުޑަކުދިންގެ ދުވަހަކީ މިމަހުގެ ދިހަވަނަ ދުވަސް.

5/04/2008

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކާބެހޭގޮތުން މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ޒުވާނުންނަށް އެރަށު ޖަމިއްޔާއަކުން ރޭ މައުލޫމާތުދީފި.

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

�ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކާބެހޭގޮތުން މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ޒުވާނުންނަށް އެރަށު ޖަމިއްޔާއަކުން ރޭ މައުލޫމާތުދީފި. ޅައިމަގު އެކުވެރިންގެ ރޫހުގެ ފަރާތުން ބޭއްވި މިބައދަލުވުމުގެ މަގުސަދަކީ� ޒުޥާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރުމާއި މިހުން ބިނާކުރުމަށް އެހީތެރިވުންކަމަށް ޖަމިއްޔާއިން މައުލޫމާތުދޭ. އެކުވެރިންގެ ރޫޙުން މައުލޫމާތުދޭ ގޮތުގައި� ކޯސްތަކުގައި ބައިވެރިވެވޭ ކުދިންނަށް ދިމާވާ ދަތިތަކުގައި ޖަމިއްޔާއިން އެހީތެރިވެދިނުމަށް ވަނީ� ހަމަޖެހިފައި،. އެކުވެރިންގެ ރޫޙުން މިޕްރޮގުރާމްކުރިއަށް ގެންދިޔަ މީ ތިންވަނަ ފަހަރު.

5/01/2008

ގައުމީފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތައްޔާރީތައް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ކުރިއަށް އެބަދޭ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ގައުމީފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތައްޔާރީތައް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ކުރިއަށް އެބަދޭ. މިގޮތުން ފުނަދޫގެ ރައްޔިތުން މިދުވަސްފާހަގަކުރުމުގެ ތައްޔާރީ ތައް ކުރިއަށް ގެންދާނީ އެކަމުގައި ހަރަކާތްތެރިވާ ރައްޔިތުން ފަސްގްރޫޕަކަށް ބަހާލައިގެން. މިގުރޫޕްތަކުން ކުޑަކުދިންގެ ޕާރކް މަރާމާތުކުރުމާއި، ހަޓް ހެދުމާ، ސްޓޯލްތަށްހެދުމާއި ގިޑިގެތަށް ހެދުމުގެ މަސައްކަތްކުރިއަށް ގެންދާއިރު އަންހެނުންގެ ކޮމެޓީން ދަނީ މިގުރޫޕްތަށް ސަޔާއި ދުފުން ފޯރުކޮށް ދެމުން. މި މަސައްކަތް ތަކުގައި ފުނަދޫގެ ރައްޔިތުން ގެ އިތުރުން ސަރުކާރުގެ އޮފީސް ތަކުން ވެސް ދަނީ ބައިވެރިވަމުން. ކުޑަކުދިންގެ ދުވަހަކީމިމޭމަހުގެދިހަވަނަދުވަސް.