4/29/2008

ށ އަތޮޅުގައި އެއާޕޯޓް އަޅާސަރަހައްދުގެ އީ އައި އޭ ހަދާ ފަރާތުން ފުނަދޫގައި ބައްދަލުވުމެއް ބާއްވައިފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

IMG_1199_300x300

މިލަދުންމަޑުލު އުތުރުބުރީ އެއަރ ޕޯޓް އަޅާސަރަހައްދުގެ އީ،އައި،އޭ ހަދާ ފަރާތުން ފުނަދޫގައި ބައްދަލުވުމެއް ބާއްވައިފި. މިބައްދަލުވުމުގައި ފުނަދޫގެ ވިޔަފާރިވެރިންނާއި މަސްވެރިން އަދި ސަރުކާރުގެ އޮފީސް ތަކުގެ އިސްވެރިންގެ އިތުރުން ރކ ކޮމެޓީން ވަނީ ބައިވެރިވެފައި.
މިބައްދަލުވުމުގައި އީ،އައި، އޭ ޓީމުން އެއްކޮށްފައިވާ މައުލޫމާތުތަށް ފުނދޫގެ މިފަރާތްތަކާ ހިއްސާކޮށް އެމީހުންގެ މަސްވަރާވެސްވަނީ ހޯދާފައި. އަމިއްލަ ކޮންސަލްޓޭންޓަކުން ހަދާމި އީ،އައި،އޭ ގައި އިއްޔެވަނީ އެސަރަހައްދުގެ އޮއިވަރާ، ތަފާތު ހިސާބުތަކުގެ ފުންމިން ހުރިނެއް ގޮތް ބެލުމުގެ ސާވޭއެއް ކޮށްފައި.
ރޭފުނަދޫ އޮފީހުގައި ކުރިއަށް ދިޔަ މިބައްދަލު ވުމުގައި ވާހަކަދެކެވިފައިވާގޮތުން ކުރިއަށް މިއޮތް ތިންމަސްދުވަހުގެ ތެރޭގައި އެރަޕޯޓް ގެ އަމަލީމަސައްކަތް ފެށޭވަރު ވާނެކަމަށް ލަފާކުރެވޭ. ށ، އަތޮޅުގައި އެއަރޕޯޓް އެޅުމަށް ހަމަޖެހި ފައިވަނީ ފުނަދޫއާއި ފަރުކޮޅާއިދެ މެދުގައިވާ ފަޅުން ބައެއް ހިއްކައިގެން. އެ ސަރަހައދުގެ ބިން ހިއްކާއިރު ގެދެރޮ އެޅުމަށްޓަކައިފުނަދޫގެ ތަފާތު ހަތަރު ސަރަހައްދަކުން ފަންސާސް ހަތަރު ހެކްޓާރގެ ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައި، މީމިހާރުގެ ފުނަދޫގެ ތިންބައި ކުޅަ ދެބައިވަރުގެ ދަރަހައްދެއް. މިއެއަރ ޕޯޓާއިއެކު ޓާންސިޓް ހޮޓަލަކާ، އެއަރ ޕޯޓް ހޮޓަލެއްވެސް އެޅުމަށް ހަމަޖހިފައިވޭ. އަދި ފަރުކޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ހޮޓާވެސް ކުރިއަށް މިއޮތް ދެހަފްތާތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް އެފަރާތުން ވަނީ ވިދާޅުވެފައި.
މިބައްދަލުވުމުގައި އެރަޕޯޓް ފުނަދޫއާއި ފަރުކޮޅާއި ދެމެދު ހުރަހައްއޮތުމުން އޮއިވަރަށް އަންނަ ބަދަލަކާހުރެ ކުރިމަތިވެދާނެ މައްސަލަތަކެއް އޮތްތޯއާއި، މިގޮތަށް އެއާޕޯޓް އޮތުމުން މުސްތަގުބަލްގައި ފުނަދޫގެ ބިން ބޮޑުކުރެވޭނެ ގޮތް ތަކާ ބެހޭގޮތުން ވަނީ ހިޔާލް ބަދަލުކޮށްފައި. މިއެއަރޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުން ފުންޏެއްކަމަށްވާ އެއިމްސް އާ.

4/27/2008

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށައެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަ - ށ ފުނަދޫ ޕޮލިސް ސްޓޭޝަން

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ޕޮލިސް ސްޓޭޝަނަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ޑްރަގްގެ މައްސަލަކަމަށް އެސްޓޭޝަނުން ހާމަކޮށްފި. މިގޮތުން ދެހާސް ހަތްވަނަ އަހަރުގެ ނިޔަލަށް މަސްތުވާތަކެތީގެ ސޯޅަ މައްސަލައެއް ހުށައެޅިފައިވާއިރު މިއަހަރުގެ މިހާތަނަށްވެސް މަސްތުވާތަކެތީގެ ތޭރަ މައްސަލައެއް ހުށައެޅިފައިވާ ކަމަށް އެސްޓޭޝަނުން ހާމަކުރެއްވި.
ފުނަދޫ ޕޮލިސްސްޓޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި ދެހާސް ހަތްވަނައަހަރު ޖުމްލަ ފަސްދޮޅަސް އެއްމައްސަލަ އެސްޓޭޝަނަށް ހުށައެޅިފައިވާއިރު މިއަހަރުގެ މިހާތަނަށް ޑްރަގުގެ ތޭރަމައްސަލައިގެއިތުރުން ޖެނެރަލް އިންވެސްޓިގޭޝަންޔުނިޓަށް ހުށައެޅިފައިވާ އަށް މައްސަލައާއި، ސީރިއަސް އޮގައިޒް ޔުނިޓަށް ހުށައެޅިފައިވާ ފަސްމައްސަލަ، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް ހުށައެޅިފައިވާ ހަތަރު މައްސަލައިގެ އިތުރުން ޓްރެފިކް ޕްލިސް ޔުނިޓަށް ހުށައެޅިފައިވާ މައްސަލައަކާ އެކުޖުމްލަ ތިރީސް އެއްމައްސަލަ މިއަހަރުގެ މިހާހިސާބަށް އެސްޓޭޝަނަށް ވަނީ ހުށައެޅިފައި. މިހުރިހާ މައްސަލަތަކުގެ ނިސްބަތުންވެސް ހުސްވިއަހަރަށްވުރެ އިތުރު އަދަދެއް ކަމަށް އެފަރާތުން ހާމަކުރެއްވި. ށ،އަތޮޅުން ކުށްމަދު ކުރުމަށްޓަކައި ފުނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަވަނީ އާންމުންނާއި ގުޅިގެން ޕްރޮގުރާމްތަކެއް ހިންގަވަމުން.

ބިލެއްފަހީގައި ފެތުރެމުންދިޔަ ހުމުގެ ރޯގާ މިހާރު މުޅިން ކޮންޓްރޯލް ވެފައިވާކަމަށް އެރަށު ސިއްހީމަރުކަޒުން ބުނެފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީގައި ފެތުރެމުންދިޔަ ހުމުގެ ރޯގާ މިހާރު މުޅިން ކޮންޓްރޯލް ވެފައިވާކަމަށް އެރަށު ސިއްހީމަރުކަޒުން ބުނެފި. ތިރީހަށް ވުރެ ގިނަ މީހުންނަށް މިހުންޖެހިފައިވާ ކަމަށް އެމަރުކަޒުން ބުނޭ. ބިލެއްފަހީ ސިއްހީމަރުކަޒުން މައުލޫމާތުދޭދޮތުގައި މިހާރު އެމަރުކަޒުގައި އެޑްމިޓްކުރެވިފައިވާ އެންމެންވެސް ވަނި ދޫކޮށް ލެވިފައި . މި ހުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ބަލިޖެހުނު އެންމެން މަރުކަޒަށްގެނެސް ހުންތިރިވަންދެން އެޑްމިޓްކޮށް ފަރުވާ ދެވިފައިވާކަމަށް ބިލެއްފަހީ ސިއްހިމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ލުމްނާ އަބުދުލް ހަކީމް ވިދާޅުވި.މިހުން ކޮންޓްރޯލް ކުރުމަށްޓަކައި އަތޮޅު ހޮސްޕިޓަލްގެ ޓީމެއްވެސް އެރަށަށް ވަނީ ޒިޔާރާތް ކޮށްފި. މިޓީމުން މީކިހިނެއްފެތުރޭ ކޮންބާވަތެއްގެ ހުމުގެ ރޯގާއެއްތޯބަލާ މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ފޮގުކޮށ، އާންމުސާފްތާހިރުކަން އިތުރުކުރުމާބެހޭގޮތުން ރައްޔިތުންނަށްމައުލޫމާތުވަނީ ދީފައި. އަދި މީގެ އިތުރުން ބިލެއްފަހީ ސިއްޙީމަރުކަޒު އާންމުގޭގޭގައި ހަދާ ލޮލީ ފަދަ ތަކެތި ހެދުން ހުއްޓާލުމަށް އަންގާފައިވާ އެންގުން އަދި ބާތިލުނުކުރާ ކަމަށް އެމަރުކަޒުން ވިދާޅުވި. އެއީ މިހުމުގެ ރޯގާ ކޮންޓްރޯލް ވެފައިވީނަމަވެސް އަދި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން މިހުމުން ރައްކާތެރިވުމަށް މިދުވަސްވަރު މިބާވަތުގެ ތަކެތިހެދުން އެހާރަގަޅު ކަމެއް ކަމުގައި ނުފެންނާތީކަމަށް ބިލެއްފަހީ ސިއްޙީމަރުކަޒުން ވިދާޅުވި

4/26/2008

ކިޔާލަމާ މިނަމުގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުތައުލީމީ މަރުކަޒުގައި ޕްރޮގުރާމެއް ފައްޓައިފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ކިޔާލަމާ މިނަމުގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުތައުލީމީ މަރުކަޒުގައި ޕްރޮގުރާމެއް ފައްޓައިފި. މިޕްރޮގުރާމަކީ އެމަރުކަޒުގައި ކުރިއަށް ގެންދާ ޗައިލްޑް އެންޑް ފުރެންޑްލީ ކުލާސް ތަކުގައި ކިޔަވާ ކުދިން ކިޔެވުމަށް ލޯބިޖެއްސުމާއި ، ސާނަވީ ގްރޭޑަށް ބަދަލު ވާންވާއިރަށް ފޮތް ކިޔުވުމުގެ ސައުޤުވެރިކަން އެކުދިންގެ ހިތްތަކުގައި އުފެއްދުމުގެ ގޮތުން ފެށިޕްރޮގުރާމެއް ކަމަށް އެމަރުކަޒުން މައުލޫމާތުދޭ. މީ ބެލެނިވެރިން މޮނިޓާކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށާ މިޕްރޮގުރާމްގެ ދަށުންދުވާލަކު ފޮތެއް ކޮންމެ ކުއްޖަކު ކިޔުމަށްކުދިންނަށް ބާރުއެޅިގެންދާނެ ކަމަށް އެމަރުކަޒުން މައުލޫމާތުދޭ.

4/22/2008

ބިލެއްފަހީގައި ހުންރޯގާ ފެތުރޭތީ އެރަށަށް އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ޒިޔާރަތްކޮށް

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ބިލެއްފައްސަށް އަތޮޅު ހޮސްޕިޓަލްގެ ޓީމެއް ޒިޔާރާތް ކޮށްފި. މިޓީމަކީ ބިލެއްފަހީގައި ހުމުގެ ރޯގާއެއް ހަލުވިކަމާއެކު ފެތުރެމުންދާތީ މީކިހިނެއްފެތުރޭ ކޮންބާވަތެއްގެ ހުމުގެ ރޯގާއެއްތޯބަލުމަށް ދިޔަޓީމެއްކަމަށް ށ އަތޮޅު އަތޮޅު ހޮސްޕިޓަލުން މައުލުމާތުދޭ. މި ހުމުގެ ރޯގާ ފެތުރެންފެށިތާ މިވީ ތިންވަރަކަށް ދުވަހުގެ ތެރޭ ތިރީހަށްވުރެގިނަމީހުންނަށް ހުންޖެހިފައިވާކަމަށް ހޮސްޕިޓަލުން ބުނޭ. އަތޮޅުހޮސްޕިޓަލުން ބިލެއްފައްސަދިޔަ މިޓީމުގައި ޑަކުޓަރުންގެ އިތުރުން ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވޭ. ބިލެއްފަހީ ސިއްޙީމަރުކަޒުގެ ޖާގަފުރިގެން އެދާއި ފަންޖެހެދު ފަދަ ތަކެތި ބަހައްޓައިގެން މިހާރު ފަރުވާ ދެވެމުންދާއިރު އަދި ހުމުގެ ރޯގާ ކޮންޓް ރޯލް ވެފައި ނުވާ ކަމަށް އަތޮޅު ހޮސް ޕިޓަލްގެ ޓީމުން ބުނޭ. ނަމަވެސް މިއަދު ގެ މިހާތަނަށް އަލަށް ހުންޖެހިގެން ޑަކުޓަރަށް ދެއްކި މީހުން އިތުރުނޫން ކަމަށް ވެސް މިޓީމުން ބުނޭ.މިހުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި މިޓީމުން ބިލެއްފަހީގެ ވުޒާރާތަކާއި އާންމުންނާއި ގުޅިގެން މަދިރި ކޮންޓްލް ކުރުމުގެ ހަރަކާތްތަކަކާއި ރަށުތެރެ ސާފް ކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވޭ. އެގޮތުން މަދިރި އުފެދޭ ފާޑުގެ ތަންތަން ނައްތާލުމުގެ އިތުރުން ފޮގްކުރަން ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުނޭ. އަދި މީގެ އިތުރުން ބިލެއްފަހީ ސިއްޙީމަރުކަޒު ބުނާގޮތުގައި އާންމުގޭގޭގައި ހަދާ ލޮލީ ފަދަ ތަކެތި މިދުވަސްކޮޅު ހެދުން ހުއްޓާލުމަށް އެފަރާތްތަކަށް މިހާރުވަނީ އެންގިފައި.އަދި އާންމު ސާފްތާހިރުކަމަށް ސަމާލްވުމަށްވެސް ވަނީ އެންގިފައި.

ފުނަދޫ އަދި ޅައިމަގު ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްކުޅެވިއްޖެ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

123

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަދި ޅައިމަގު ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްކުޅެވިއްޖެ.ޅައިމަގުގައި ކުޅެވުނު މިމިމެޗު ނިމުނީ ދެލަނޑު ދެލަނޑުން އެއްވަރުވެގެން. މިފުޓްބޯޅަ މެޗަކީ ދެރަށުގެދެމެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ކުޅެވުނު ފުޓްބޯޅަ މެޗެއްކަމަށް މިމެޗު އިންތިޒާމް ކުރިފަރާތުން ބެނޭ.

4/19/2008

ބިލެއްފަހީ ބަދަރުގެ މަސައްކަތް ފެށުމުގެ ކުރިން އެސަރަހައްދުގައިހުރި ދިރޭ މުރަކަތައް އެހެން ސަރަހައްދެއްގައި އިންދުމުގެ މަސައްކަތް ކޮށްފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

123

ފޮޓޯ: ބިލެއްފަހީ ބަނދަރު ސަރަހައްދުގައި ހުރި ދިރޭ މުރަކަ ނެގުމުގެ މަސައްކަތް ކުރަނީ

މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ބަދަރުގެ މަސައްކަތް ފެށުމުގެ ކުރިން އެސަރަހައްދުގައިހުރި ދިރޭ މުރަކަތައްނަގާ ފަޅުގެ އެހެން ސަރަހައްދެއްގައި އިންދުމުގެ މަސައްކަތް ކޮށްފި. މިގޮތުން މިސަރަހައްދުން ތިރީސްޑިންގީއާއި ވިހިފޫޓްގެ ހަތަރު ދޯނީގެ މުރަކަ ނެގިފައިވާކަމަށް މިމަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ހަވާލް ކޮށްފައިވާ ފިރަސް އިންޓަނޭޝަނަލް އިން މައުލޫމާތުދެއްވާ. ފިރަސް އިންޓަނޭޝަނަލް އިން މައުލޫމާތު ދޭ ގޮތުގައި މިގޮތަށް ބަދަރު ހަދާ އައްރަށެއްގެ ބަނދަރުސަރަހައްދުގެ މުރަކަތައް ނެގުމަށް ހަމަޖެހިފައިވޭ. މިގޮތުން ހއ އުލިގަމު، ތަކަންދޫ ،ހދ،ފިނޭ،ކުމުންދޫ އަދި ށ ބިލެއްފަހީ ބަދަރު ހަދާ ސަރަހައްދުން މުރަކަތައް މިހާރު ނެގިފައި. މީގެ އިތުރުން މުރަކަނެގުމަށް ހަމަޖެހިފައިވަނީ ރ އަތޮޅުގެ ދެރަށާއި ޅ، އަތޮޅުގެ ރަށަކުން ކަމަށްއެފަރާތުން މައުލޫމާތުދޭ.ފިރަސް އިންޓަނޭޝަނަލްގެ ޑައިރެކްޓަރ އިލްޔާސް ލަބީބު ވިދާޅުވީ އެބޭފުޅުން މުރަކަތަށް ނެގުމަށްޓަކައި ބޭނުން ކުރަމުންދަނީ ހަދާފައިވާ ނެޓުތަކެއްކަމަށް.އިލްޔާސް ލަބީބު އިތުރަށް ވިދާޅުވިގޮތުގައި މިމުރަކަތަށް ރޯވުމަށް ހަމަސްދުވަސް ނަގާނެ. ބިލެއްފަހީ ފަޅުން ނެގި މުރަކަތަށް ފަންސާސް ފޫޓާ ފަންސާސް ފޫޓްގެ ސަރަހައްދެއްގައި އިންދިފައިވާކަމަށާއި، މީގެ ހަމަސް ދުވަސްފަހުން މިތަނުގައި ކިހާމުރަކައެއް ރޯވެ އަދި މަރުވެފައިވޭތޯ ބެލުމަށް ހަމަޖެހިފައިވާކަމަށް ފިރަސް އިންޓަނޭޝަނަލް އިން ބުނޭ.

ށ.އަތޮޅުތައުލީމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޗައިލްޑް ފުރެންޑްލީ އެކުޓިވް ލާނިން ވޯކުސޮޕް ނިމިއްޖެ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުތައުލީމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޗައިލްޑް ފުރެންޑްލީ އެކުޓިވް ލާނިން ވޯކުސޮޕް ނިމިއްޖެ. މިކަމަކީ އީޑީސީން މިހާރު ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ޗައިލްޑް ފުރެންޑްލީ ސްކޫލުތަކުގައި ކިޔަވައިދެއްވާނެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސްރޫޢުގެ ދަށުން ކުރިއަށް ގެންދެވުނުކަމެއް ކަމަށް ށ އަތޮޅު ތައުލީމީމަރުކަޒުން މައުލޫމާތުދޭ. މި ވޯކުސޮޕްގައި ށ. އަތޮޅުގެ އެގާރަ ރަށަކުން އެކާވީސް ޓީޗަރުން ބައިވެރިވެފައިވޭ.

ކަނޑިތީމު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ޑޮކްޓަރާމެދު ހިތްހަމަ ނުޖެހިގެން އެރަށު ބަޔަކު ނުރުހުން ފާޅުކޮށްފި

ޚަބަރު: ޖަޒީރާ

ށ.ކަނޑިތީމު ސިއްހީ މަރުކަޒުގައި މަސައްކަތްކުރަމުން ގެންދާ ޑޮކްޓަރާމެދު ހިތްހަމަ ނުޖެހިގެން ރަށުގެ ބަޔަކު ސިއްހީ މަރުކަޒު ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.

ސިއްހީ މަރުކަޒުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު 10:30 ހާއިރު ރައްޔިތުންގެ ތެރެއިން 20 މީހުން ނުކުމެ ޑޮކްޓަރާމެދު ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި އެމީހުން ނުރުހުން ފާޅުކޮށްފައިވަނީ ޑޮކްޓަރު ޚިދުމަތްދޭ ގޮތާމެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.

” ބުރާސްފަތި ދުވަހު ރަށުގެ 20ށް މީހުން ނުކުމެ ނުރުހުން ފާޅުކޮށްފައިވޭ. އެމީހުން ބުނަމުން ދިޔައީ ޑޮކްޓަރު ޚިދުމަތްދޭ ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށް. އަދި މީހުންނާ މުޚާތަބްކުރާ ގޮތާއި, ކަންތައްތައް ކުރާގޮތްވެސް ކަމުނުދާކަމަށް އެމީހުން ދިޔައީ ބުނަމުން.“ ސިއްހީ މަރުކަޒުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ކަނޑިތީމް ކަތީބު އަބުދުލް ޣަނީ އިދްރީސް ވިދާޅުވީ ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރާމެދު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި އެހެން ދިމާވި ސަބަބުތަކެއް ރައްޔިތުން ދައްކަމުންދާ ކަމަށެވެ.

” ފާއިތުވީ ދެ އަހަރުގެ ތެރޭގައި ރަށުގައި އެއްވެސް މީހަކު ވިހާފައެއްނެއް. 35 ވަރަކަށް މީހުން ވިހެއުމަށް ދާއިމީކޮށް ސިއްހީ މަރުކަޒަށް ދައްކަމުންދޭ. ނަމަވެސް އެއްވެސް މީހަކަށް ރަށުގައި އޮވެ, ވިހޭގޮތެއް ނުވޭ. ދާއިމީކޮށް ޑޮކްޓަރަށް ދައްކަމުން ދާއިރު މާބަނޑުމީހާގެ ސީރިއަސްކަން ޑޮކްޓަރަށް އެނގެނީ އެންމެ ފަހު ވަގުތު. ދެން ޖެހެނީ ދަތުރު ހަދައިގެން ރީޖަންލް ހޮސްޕިޓަލަށް ނުވަތަ މާލެ ދާން. މިކަމާ ރައްޔިތުން ހިތްހަމަ ނުޖެހުނީ. ރައްޔިތުން ބުނަމުން ދިޔައީ މީގެ ކުރިންވެސް ޑޮކްޓަރުން ތިއްބޭ. އެމީހުންގެ އިރުޝާދާއެކު މާބަނޑުމީހުންނަށް ރަށުގައި ވިހައޭ. ރަށުން ބޭރަށްދާކަށް ނުޖެހެޔޭ.“ ކަތީބު ވިދާޅުވި އެވެ.

ކަނޑިތީމު ސިއްހީ މަރުކަޒުން ބުނީ މިއަދުގެ ވަގުތެއްގައި އެޑޮކްޓަރު އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

” މިއަދުގެ ވަގުތެއްގައި އެޑޮކްޓަރުވަނީ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި. ބަދަލުކުރި ސަބަބެއް ނޭނގޭ. މިއަދުވަނީ އޭނާ ފުރާފައި. މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އަތޮޅު ހޮސްޕިޓަލްގައި.“ ސިއްހީ މަރުކަޒުން ވާހަކަދެއްކި މީހާ ބުންޏެވެ. 1300 މީހުންގެ އާބާދީއެއް އޮންނަ ކަނޑިތީމު ސިއްހީ މަރުކަޒުގައި މިވަގުތު އެއްވެސް ޑޮކްޓަރެއް ހަރަކާތްތެރިވަމުން ނެއް ނުދެއެވެ. އެ މަރުކަޒުގައި މީގެ ކުރިން ހަރަކާތްތެރިވަމުން ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާ އިންޑިއާ ޑޮކްޓަރެވެ. އެޑޮކްޓަރަކީ އެރަށުގައި މަސައްކަތްކުރާތާ އަހަރެއް ވެފައިވާ ޑޮކްޓަރެކެވެ.

4/17/2008

ޅައިމަގުގައި ހުވަނީގެ އުދަގޫ ބޮޑުގެން އާންމުން މިކަމުގެ ޝަކުވާ ކުރަމުންދާކަމަށް އެރަށުއޮފީހުން ވިދާޅުވެއްޖެ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ހުވަނީގެ އުދަގޫ ބޮޑުގެން އާންމުން މިކަމުގެ ޝަކުވާ ކުރަމުންދާކަމަށް އެރަށުއޮފީހުން ވިދާޅުވެއްޖެއެވެ. އެރަށު ސިއްހީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި ހަތަރު މީހުން މިހާތަނަށް މިކަމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާފައިވެއެވެ. މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ހުވަނި ސްޕްރޭ ލިބޭނެ ކަމަށް ލަފާކުރެވޭކަމަށާއި ބޭސް ލިބުމާއެކު ސްޕްރޭ ކުރަން ފެއްޓުމަށް ހަމަޖެހިފައިވާކަމަށް އެރަށު އޮފީހުން މައުލޫމާތުދެއްވައެވެ.
ޅައިމަގުގެ ހުރިހާސަރަހައްދަކަށް ހުވަނީގެ އަސަރު ކޮށްފައިވާއިރު އެންމެބޮޑަށް ހުވަނި ފެތުރިފައިވަނީ ރަށުގެ އުތުރުފަރާތަށް ކަމަށް އެރަށު އޮފީހުން މައުލުމާތުދެއެވެ. މިގޮތުން އެ ހިސާބުތަކުގެ މަގުތަކުގެ އިތުރުން ގޭގެއަށް ވެސް ހުވަނީގެ އުދަގޫ ފޯރަމުން ދާކަމަށް އެރަށު އޮފީހުން މައުލޫމާތުދެއެވެ. މިދިލިގަހުގައި ހުވަނި ބޮޑަށް އަށަގަނެފައިވާއިރު ޖަބުރޯލް ގަސްފަދަ މޭވާ ގަސްގަހަށްވެސް ހުވަނި އަރަމުން ދާކަމަށާއި ހުވަނި ކޮންޓްރޯލް ކުރުމަށްޓައި އާންމުން ސެލްޓެކްސް ފަދަ ބައެއް ސްޕްރޭތައް ބޭނުން ކުރަމުންދާކަމަށް އެރަށުގެ ބައެއް އާންމު ފަރާތްތަކުން މައުލޫމާތުދެއެވެ.ރަށު އޮފީހުން ބުނަނީ ހުވަނި މިހާރު މިހާއިތުރުވި ސަބަބެއް ކަމުގައި ބެލެވޭނީ ހޫނުގަދަވެ ވަރާރޭ ނުވެހޭ ތީކަމަށެވެ.

4/16/2008

ދޮޅިޔަދޫގައި ދިވެއްސަކާއި ބިދޭސީންތަކަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދިވެހި މީހާގެ ނޭފަތު ކަށިގަނޑު ބިންދާލައިފި.

ޚަބަރު: ހަވީރު

ރިސޯޓެއްގެ ގޮތުގައި ށ. އަތޮޅުގައި ތަރައްގިކުރަމުން އަންނަ ދޮޅިޔަދުގައި ދިވެއްސަކާއި ބިދޭސީންގެ ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގައި ދިވެހި މީހާގެ ނޭފަތު ކަށިގަނޑު ބިންދާލައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކުރި ގޮތުގައި ދޮޅިޔަދޫގައި ހިންގި މާރާމާރީގައި އުމުރުން 36 އަހަރުގެ ދިވެއްސަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ނޭފަތު ކަށިގަނޑު ބިންދާލުމާ ގުޅިގެން މިހާރު އޭނާއަށް ށ. އަތޮޅު ފޮސްޕިޓަލުންނާއި ހދ. ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ. އަދި މި މާރާމާރީ އާ ގުޅިގެން 3 ބިދޭސީއަކު މިހާރު ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބާއި މިކަމާ ގުޅިގެން ބަންދުކުރެވުނީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުނަދޫގެ ނަރުދަމާ ނިޒާމާއި ބަނދަރު ސާވޭކޮށް ނިމިއްޖެ.

ޚަބރު: ހަވީރު

ށ. ފުނަދޫގައި ގާއިމްކުރުމަށް ހަމަޖޖެހިފައިވާ ނަރުދަމާގެ ނިޒާމާއި، ސުނާމީގައި ހަލާކުވެފައިވާ ބަނދަރު ސާވޭކޮށް ނިމިއްޖެ ކަމަށް އެރަށު އޮފީހުން ބުނެފި އެވެ.

ބޮޑު ކަތީބު އަޙްމަދު ނަސީމް ވިދާޅުވީ ނަރުދަމާގެ ނިޒާމު ވީހާވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ ސާވޭތައް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ރަށުގެ ހުރިހައި ގެއަކަށް ޒިޔަރަތްކޮށް މިހާރު ފާހާނާގެ ހޮޅިތަކާއި ޖަންކްޝަންތައް ހުރިގޮތް ބަލާ ދެން ޖަންކްޝަންތައް ބަހައްޓާނެ ތަންތަން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން 2004 ވަނަ އަހަރުގެ ސުނާމީގައި އެއްކޮށް ހަލާކުވެފައިވާ 1200×250 ފޫޓުގެ ފަޅު ވެސް ވަނީ ސާވޭ ކޮސޤފައެވެ. މި ބަނދަރު ހަލާކުވެފައިވާލެއް ބޮޑުކަމުން ބަނދަރުގެ ބޭނުން އެއްގޮތަކަށްވެސް ނުކުރެވެއެވެ. ސާވޭކުރި މީހުންނާ ހަވާލާދީ ފުނަދޫ އޮފީހުން ބުނެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

4/14/2008

ސިވިލް ސާވިސްގެ މައުލޫމާތު ދިނުން ށ އަތޮޅުގައި ކުރިޔަށް އެބަދޭ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ސިވިލްސާވިސްއާއި ބެހޭގޮތުން ސަރުކާރުގެ މުވައްޒިފުންނަށް މައުލޫމާތު ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެޓީމެއް މިލަދުންމަޑުލު އުތުރުބުރިއަށް ޒިޔާރަތް ކޮށްފިއެވެ. މިޓީމުން މީހުންނަށް ކިޔައިދެމުންދަނީ ސިވިލްސަރވިސްއަކީ ކޮބައިކަމާއި ސިވިލް ސަރވިސްގެ ސަބަބުން މުވައްޒަފުންގެކަންކަން ހިނގަމުންދާނެގޮތެވެ.
ދިވެހި ސިވިލްސާވިލްގެ މިޓީމުން ށ،އަތޮޅުގެ ރަށްށުގައި ސިވިލްސާވިސްއާބެހޭގޮތުން މައުލޫމާތުދިނުމަށް ދެބަޔަކަށް ބަލާހައިގެން މަސައްކަތް ކުރައްވަމުންދާކަމުގައި ށ، އަތޮޅު އަތޮޅު އޮފީހުން މައުލޫމާތުދެއެވެ. މިގޮތުން އެކޮމިޝަނުގެ ރައީސް ޑރ މުހައްމަދު ލަތީފްގެ ޓީމް އިއްޔެވަނީ ފުނަދޫ ،ޅައިމަގު،މިލަންދޫ، ފޯކައިދޫ އަދި ފީވަކުގައި ނަރުދޫ އަދި ފީވަކުމުވައްޒިފުންނަށް ސިވިލްސަރވިސްއާއިބެހޭގޮތުން މައުލޫމާތު ދިނުމަށް ފަހު މާލެ ވަޑައިގެންފައެވެ.
އެކޮމިޝަނުގެ ނައިބުރައީސް ޑރ އަބުދުލް މުހުސިނުގެ ޓީމު މިއަތޮޅުގެ ނޫމަރާ،ފޭދޫ ބިލެއްފަހި ،ކަނޑިތީމް އަދި ގޮއިދޫ ނިންމެވުމަށްފަހު މިއަދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އަތޮޅުއޮފީހުން މައުލޫމާތުދެއެވެ. ސިވިލްސަރވިސްގެމައުލޫމާތު އަދި ދެވިފައިނުވާ މިއަތޮޅުގެ ތިންރައްކަމަށްވާ ކޮމަންޑޫ، މަރޮށި، އަދި މާއުނގުދޫ ގައި މިމަހުގެ ފަހުކޮޅު ސިވިލްސާވިސްގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މިޓީމާ ހަވާލާދި އަތޮޅު އޮފީހުން ބުނެއެވެ.

4/10/2008

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގެ ބިން ބޮޑުކުރުމުގެ މަޝްރޫއެއް ސަރުކާރުން ރާއްވަވަމުން އެބަގެންދަވާކަމުގައި ޕްލޭނިން މިނިސްޓަރ އަލްފާޟިލް ހަމްދޫން ހަމީދު ވިދާޅުވެއްޖެ

web_housing_minister_Rafeeu ފޮޓޯ: އޭޕްރީލް 9، ފުނަދޫ: ށ. ފުނަދޫގައި ޗައިނާ ރެޑް ކްރޮސްއާއި، ޗައިނާ ޗެރިޓީ ފެޑްރޭޝަންގެ އެހީގައި ހިންގުނު ސުނާމީ ރިކަވަރީ ޕްރޮގްރާމުގައި އެޅި 60 ގެ ސަރުކާރާ މިއަދު ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރ ރަފީޤް (ކ) އެއަތޮޅު އަތޮޅުވެރިޔާ އަހުމަދު ޤާސިމު (ވ) އާ މިގެތަކުގެ ރަމްޒީ ތަޅުދަނޑި ހަވާލުކުރައްވަނީ

މިލަދުންމަޑުލު ދެކުނުބުރީ ފުނަދޫގެ ބިން ބޮޑުކުރުމުގެ މަޝްރޫއެއް ސަރުކާރުން ރާއްވަވަމުން އެބަގެންދަވާކަމުގައި ޕްލޭނިން މިނިސްޓަރ އަލްފާޟިލް ހަމްދޫން ހަމީދު ވިދާޅުވެއްޖެ. ފުނަދޫގައި ޗައިނާ ރެޑްކްރޮސްގެ ފަރާތުން އިމާރާތްކުރި ސުނާމީ ގެތަކުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި އެރަށުގައި މިއަދު އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފަންސާސް ހަތަރު ހެކްޓަރުގެ ބިން އެރަށަށް އިތުރުވެގެންދާނެކަމަށް. ފުނަދޫގެ އަރބަންއޭރިޔާގެެ އުމްރާނީ ބައި ފުރިހަމަވެގެންދާއިރު ޓްރާންސިޓް ހޮޓަލަކާއި ވައިގެބަނދަރަކާއި އަދި އެރަށާއި އިންވެގެންވާ ފަޅުރަށުގައި ރިސޯޓެއް ހެދުމަށްހަމަޖެހިފައިވޭ. ވައިގެ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސްއާއި ހަވާލުކުރައްވާފައި. ރަށުގެ ނަރުދަމާއާއި ކަރަންޓް ވިއުގައާއި ބަނދަރު ހެދުމުގެ މަސައްކަތްވެސް ތަރައްގީކުރައްވަން ހަމަޖައްސަވައި ބައެއް މަސައްކަތް މިހާރުވަނީ ފެށުމުގެ މަރުހަލާއާއި ކައިރިއަށްގޮސްފައި.އަލްފާޟިލް ހަމްދޫން ހަމީދު ވިދާޅުވީ ފުނަދުއަށް އިތުރުކުރެވޭ ބިމުގައި ވަޒަންވެރިވުމުގެ ފުރުސަތު އެހެން ރަށްރަށުގެ މީހުންނަށް ހުޅުވާލެއްވޭނެކަމަށާއި އެއަތޮޅު ކޮމަންޑޫ ރައްޔިތުންގެ ބައެއް ފަރާތްތަކުން ރަށުން ބަދަލުވުމަށް އެދި ސަރުކާރާއި ވާހަކަދައްކަމުންދާތީ އެމީހުންނަށްވެސް އެފުރުސަތު އޮންނާނެކަމަށް ވިދާޅުވި.

4/09/2008

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިމާރާތް ކުރެވުނު ފަސްދޮޅަސް ހަ ގެ މިއަދު ދިވެހި ސަރުކާރާހަވާލުކޮށްފި.

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ރެޑްކުރޮސް ސޮސައިޓީ އޮފް ޗައިނާ، އަދި ޗައިނާ ޗެރިޓީ ފެޑްރޭޝަން އެހީގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިމާރާތް ކުރެވުނު ފަސްދޮޅަސް ހަ ގެ މިއަދު ދިވެހި ސަރުކާރާހަވާލުކޮށްފިއެވެ.  ދިވެހި ސަރުކާރުގެ ފަރާތުން މިގެތަކާ ހަވާލުވެ ވަޑައިގަތީ މިނިސްޓާރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް އޮންރަބަލް އިބުރާހީމް ރަފީޤެވެ. އަދި މިގެތަށް މިއަދުވަނީ ދިވެހި ސަރުކާރުގެ ފަރާތުން ށ. އަތޮޅުގެ ރައްޔިތުންނާވެސް ހަވާލުކުރައްވާފައެވެ. މިގެތަކާ ށ. އަތޮޅުން ހަވާލުވެވަޑައިގަތީ އެއަތޮޅު އަތޮޅުވެރިޔާ އަހުމަދު ޤާސިމެވެ.

ފުނަދޫގައި ބޭއްވުނު މިރަސްމިއްޔާތުގައި މިނިސްޓާރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓްގެ އިތުރުން ހައުސިންގ އެންޑް އިންފުރާސްޓްރަކުޗާރ ރީޑިވެލޮޕްމަންޓް ހަމްދޫން ހަމީދާއި ރެޑްކުރޮސް ސޮސައިޓީ އޮފް ޗައިނާ އަދި ޗައިނާ ޗެރިޓީ ފެޑްރޭޝަން އިސްބޭފުޅުން ބައިވެރިވެފައިވެއެވެ. މިގެތަކަކީ ސްނާމީގައި ގެއްލުންލިބުނު ށ،އަތޮޅުގެ ފަރާތް ތަކަށް އެހީ ވުމުގެ ގޮތުން ފުނަދޫގައި އިމާރާތް ކުރެވިފައިވާ ގެތަކެކެވެ. މިނިސްޓާރ ހަމްދޫން ހަމީދުގެ ވާހަކަފުޅުގައި މިއަދަކީ ށ އަތޮޅުގެ ތަރައްގީއަށްޓަކާ އަތޮޅުން ކުރަމުންދާ މަސައްކަތް ތަކުގެ އެއް ނަތީޖާލިބިގެން ދާދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި ފުނަދޫއަކީ ތަރައްގީގައި ފަހި ފުރުޞަތުތަކެއް ގާއިމުވަމުންދާރަށެއް ކަމަށްވެސް ވިދާޅުވިއެވެ. ތިންހާސް އަކަފޫޓްގެ ގޯތީގައި އިމާރާތްކުރެވިފައިވާ މިގެތަކަކީ ތިންކޮޓަރިއާއި އެކު ބަދިގެ ހިމެނޭގޮތަށް އިމާރާތް ކުރެވިފައިވާ ގެތަކެކެވެ. ދެހާސްހަތްވަނައަހަރު ފެބުރުއަރީމަހު އިމާތްކުރުމުގެ މަސައްކަތް ފެށުނު މިގެތައް އެޅުމަށް ކޮންޓެކްޓް ކޮށް ފައިވަނީ ޗައިނާގެ ކުންފުއްޏެއް ކަމަށްވާ ސީނޯ ހައިޑްރޯ ކޯޕަރޭޝަން އޮފް ޗައިނާޔާއެވެ.

4/08/2008

ކަނޑިތީމު އޮޑިޔެއް މާވަހަރެއް ހޮވައިފި

ޚަބަރު: މާއުނގޫދޫ.ކޮމް

މިލަދުންމަޑުލު ކަނޑިތީމު ބަޔަކު ކަނޑުމަތިން މާވަހަރެއް ހޮވައިފި އެވެ.

މި މާވަހަރު ހޮވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެރަށު ކާމިނީގޭ ހުސައިން ރަޝީގެ ބޮއްކުރައެއްގައި މަހަށް ދިޔަ 4 މީހުން ކަމަށް ބޮއްކުރާގެ ވެރިމީހާ މައުލޫމާތު ދެއެވެ. ހުސައިން ރަޝީދު މައުލޫމާތު ދެމުން ބުނެފައިވަނީ މި މާވަހަރަކީ 2 ކިލޯ 800 ގްރާމް ގެ ބަރުދަން ހުރި މާވަހަރެއް ކަމަށެވެ. އަދި މި މާވަހަރު ހޮވީ ބޮއްކުރާގައި ފަރުމަސް ބާނަން ރަށުގެ ބޭރުމައްޗަށް ނުކުމެ އުޅުނު 4 މީހުން ކަމަށް ބުނެފައި ވެއެވެ.

މި މާވަހަރުގެ ބޮޑު މިން އާދައިގެ ބޮނބި ކާއްޓެއް ވަރު ވާނެކަމަށް ހުސައިން ބުނެއެވެ. މި މާވަހަރު ވިއްކުމަށްޓަކައި މިއަދު ހެނދުނު މާލެ ގެނެވޭނެ ކަމަށާއި މާވަހަރު ވިއްކާނެ އަގު އަދި ކަނޑަނޭޅޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މިއީ ފަހުގެ ތާރީހެއްގައި އެރަށަށް މާވަހަރެއް ހޮވި ފުރަތަމަ ފަހަރެވެ.

4/06/2008

ޗައިނާއެހީގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިމާރާތް ކުރެވުނު ގެތަށް ހުރިސަރަހައްދު ސާފްކޮށްފި

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

ޗައިނާއެހީގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިމާރާތް ކުރެވުނު ގެތަށް ހުރިސަރަހައްދު ސާފްކޮށްފި. ފުނަދޫގެ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒިފުން ކުރިއަށް ގެންދިޔަ މިހަރަކާތުން އެސަރަހައްދުގެ ބޮޑުބައެއް ސާފްކުރެވިފައިވާ ކަމަށް ފުނަދޫ އޮފީހުން މައުލުމާތުދޭ. މިސަރަހައްދު ސާފް ކުރުމުގެ ހަރަކާތެއް ކުރިއަށް މިގެންދެވުނީ މިމަހުގެ ދިހަވަނަދުވަހު މިގެތައް ސަރުކާރު ހަވާލުކުރުމުގެ ރަސްމިއްޔާތަށް ތައްޔާރު ވުމުގެ ގޮތުން. މިގެތަކަކީ ސްނާމީގައި ގެއްލުން ލިބުނު ށ. އަތޮޅުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ އާއި ޗައިނާ ޗެރިޓީ ފެޑްރޭޝަން ގެ އެހީގައި ޢިމާރާތް ކުރެވުނުގެތަކެއް. މިސަރަހައްދު ސާފް ކުރުމުގެ އިތުރު ބުރެއް އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ފުނަދޫ އޮފީހުން ބުނޭ.

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުތައުލީމީ މަރުކަޒުގައި ޗައިލްޑް ފުރެންޑްލީ އެކުޓިވް ލާނިން ވޯކްޝޮޕެއް ފައްޓައިފި.

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުތައުލީމީ މަރުކަޒުގައި ޗައިލްޑް ފުރެންޑްލީ އެކުޓިވް ލާނިން ވޯކްޝޮޕެއް ފައްޓައިފި. މިކަމަކީ އީޑީސީން މިހާރު ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ޗައިލްޑް ފުރެންޑްލީ ސްކޫލުތަކުގައި ކިޔަވައިދެއްވާނެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސްރޫޢުގެ ދަށުން ކުރިއަށް ދާކަމެއް ކަމަށް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން މައުލޫމާތުދޭ. ރޭ އެމަރުކަޒުގައި ފެށުނު މި ވޯކްޝޮޕްގައި ށ. އަތޮޅުގެ އެގާރަ ރަށަކުން އެކާވީސް ޓީޗަރުން ބައިވެރިވެފައިވޭ. ސާދަދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިވޯކްޝޮޕްގައި މައިގަނޑުގޮތެއްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ، ޗައިލްޑް ފުރެންޑްލީ ސްކޫލެއްގައި ހުންނަންޖެހޭނެ ސިފަތަކާ އެފަދަ ކުލާސްރޫމެއްގައި ކިޔަވައިދޭއިރު ކުދިންނަށް ތަފާތު ހަރަކާތްތައް ރާވާނީ ކިހިނެއްކަމާ، އަދި ކުދިން ގިނަވަގުތު އުނގެނުމުގެ ހަރަކާތްތަކުގައި ދެމިތިބޭނެގޮތަކަށް ދުވަހުގެ ފިލާވަޅުތައް ރާވާލާނެ ގޮތްތައް ކަމަށް އެމަރުކަޒުން މައުލޫމާތުދޭ. މީ ޔުނިސެފުގެ އެހީގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕެއް.

ކޮމަންޑޫގައި ޗައިލްޑް ފްރެންޑްލީ ސްކޫލް ގާއިމް ކުރެވުނީ ބެލެނިވެރިންގެ ސީދާ އިސްނެގުމުގެ ދަށުން 2005 ވަނަ އަހަރުއެވެ. މި ޕްރޮގޮރާމްގެ ދަށުން ކިޔަވައިދިނުމުގެ ފައިދާތަކުގެ ތެރޭގައި ދަރިވަރުންގެ ބަހުގެ ހުނަރު އެހެން ކުލާސްތަކާ އަޅާ ބަލާއިރު މާ ބޮޑަށްވެސް ރަނގަޅުކަމަށް ފާހަކުރެވުން ހިމެނެއެވެ. އެހެންނަމަވެސް މި ޕްރޮގްރާމްގެ ދަށުން ތަމްރީންވާ ދަރިވަރުންގެ ކިބައިގައި ޓީޗަރުންނަށާއި ވެރިނަށް ކިޔަމަންވުމުގެ ސިފަ ކުޑަކަމަށް އެ މަދަރުސާއިން ވޭތުވެ ދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވުނު ބައްދަލުވުމެއްގައި ހާމަ ކުރައްވާފައި ވެއެވެ.

4/05/2008

ފެނުގައި ގަސް ހެއްދުން ތަރައްޤީ ކުރުމަށް ދަނޑުވެރިންނަށް ލުއި ލޯނު ދޫރަނީ

Hydrophonics_047_300x300

ފެނުގައި ގަސް ހެއްދުން ތަރއްޤީ ކުރުމަށް ދަނޑުވެރިންނަށް ލުއި ލޯނު ދޫކުރުމަށް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރައްވައިފި އެވެ.

ލުއި ލޯނުގެ ގޮތުގައި އެކި ފަރާތްތަކަށް -/1025000 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެންނެވެ. މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައި ވެއެވެ. 4 އަހަރުން ހަލާސް ކުރާގޮތަށް ދޫކުރާ މިލޯނުގައި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހަމަޖައްސާފައި ވެއެވެ. މި ލޯނު ބޭންކް އޮފް މޮލްޑިވްސް ގެ ކޮންމެ ގޮތްޕަކުންވެސް ލިބޭނެއެވެ.

 

4/04/2008

ދޫނި ދެނެގަނެވޭ ޖީޕީއެސް އެއް ތައާރަފްކުރަނީ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު

whatsnewGseries

ދޫނި ފަދަތަކެތި ދެނެގަނެވޭނެ ފަދަ ޖީޕީއެސްއެއް މެރިން އިކުއިޕްމަންޓް ސާރވިސްގެ ފަރާތުން ރާއްޖެއަށް ތަޢާރަފް ކުރަން ނިންމައިފި.

މިޖީޕީއެސް ތަޢާރަފް ކުރާގޮތަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލްމަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ބޯޓް ޝޯވގައި ކަމަށް މެރިން އިކުއިޕްމަންޓް ސާރވިސްއިން ބުނޭ. މިއީ މިހާރު މިކުންފުނީގެ ފަރާތުން ރާއްޖެއަށް ތަޢާރަފް ކުރަމުންދާ ރޭ މެރިންގެ އުފެއްދުމެއް. މީގެ ސަބަބުން މަސްވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އެކުންފުނިން ހާމަކުރޭ. އޭގެތެރޭގައި މަސްވެރިންނަށް ދޫނީގެ ސަބަބުން މަސްއައިން ހޯދަން ފަސޭހަވުމާ އަދި މަސްއައިން ހޯދަން ނުދުއްވާ މަސްއައިން އުޅޭ ސަރަޙައްދު ދެނެގަނެވި، ބޭނުންކުރަންޖެހޭ ތެޔޮ މަދުވުން ހިމެނޭ ކަމަށް އެކުންފުނިން ބުނޭ. މި ޖީޕީއެސްއިން ސައުވީސް މޭލުން ފެށިގެން އަށްޑިހަ ނުވަ މޭލާ ދޭތެރޭގެ ސަރަޙައްދެއް ބަލާލެވޭނެ ކަމަށްވޭ.

4/01/2008

ސިވިލް ސާވިސް ގާނޫނަށް ރައީސް ހުށަހެޅުއްވި އިސްލާހުތައް ތަޅުމުން ބޭރުކޮށްލައިފި

ޚަބަރު: ޖަޒީރާ

ސިވިލް ސާވިސް ގާނޫނަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް ހުށަހެޅުއްވި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.

ސިވިލް ސާވިސް ގާނޫނުގެ ދަށުން ހިމާޔަތް ލިބިފައިވާ ގިނަ ބަޔަކު ރައީސް އޮފީހުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ބަލައިގަތުމަށް ފެންނަ ކަމަށް ލިބުނީ 24 ވޯޓެވެ. އިދިކޮޅަށް 13ވޯޓް ލިބުނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވަނީ 4 މެމްބަރުންނެވެ. އަދި ވޯޓްގައި ބައިވެރި ނުވަނީ 2 މެމްބަރުން ނެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ވަޒީރުންގެ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންނާއި ރައިސްގެ އެޑްވައިޒަރުންނާއި ކަތީބުންނާއި ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރުގެ މުވައްޒަފުންނާއި ސިވިލް ސާވިސްގެ ގާނޫނުގައި ނުހިމެނޭ ބައެއްގެގޮތުގައި ހެދުމަށެވެ. އަދި އަދުލު އިންސާފުގާއިމުކުރުމުގެ ބާރުގެ މުވައްޒަފުންނާއި ގާނޫނު ހެދުމުގެ ބާރުގެ މުވައްޒަފުންނާއި ދިވެހި ފުލުހުން ވެސް ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ބޭރުކުރުން ވެސް ރައީސް ފޮނުއްވި އިސްލާހުގައި ހިމެނެ އެވެ.